Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯފަން މީހުން ވޯޓުލުން

ލޯފަން މީހުންނަށް ވޯޓުލެވޭ އިސްލާހު ފާސްކޮށްފި

މިފަދަ މުހިއްމު ބިލުތަކުގެ މަސައްކަތް އަވަސްވާން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖޫން 2023 | ހޯމަ 09:08
އެހެން މީހެއްގެ އެހީތެރިކަމާނުލައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްޓަކައި ބޭނުންކުރާނީ ވޯޓު ކަރުދާސް ޓެމްޕްލޭޓް

އެހެން މީހެއްގެ އެހީތެރިކަމާނުލައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްޓަކައި ބޭނުންކުރާނީ ވޯޓު ކަރުދާސް ޓެމްޕްލޭޓް

ލޯފަން މީހުންނަށް އެކަނި ވޯޓުލެވޭގޮތަށް އާންމު އިންތިހާބުތަކާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.

އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ރިޔާސަތުން ވަނީ ތަޅުމަށް ހުށައަޅައި، ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލާފައެވެ.

Advertisement - newsAdvertisement

އާންމު އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.

މި ބިލަށް ތާއީދު ކުރައްވައި ބަހުސް ކުރެއްވި ގިނަ މެމްބަރުންވެސް ވަނީ މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށްދަނީ ޤަވާއިދާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.

މެމްބަރުން ވަނީ މިފަދަ މުހިއްމު ބިލުތަކުގެ މަސައްކަތް އަވަސްވާން ޖެހޭކަމަށް ވިދާޅުވެފައެވެ.

ބިލުގެ ތިންވަނަ ކިއުން އިއްވާފައިވާއިރު، މި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުން ފާސްކުރުމަށް ވޯޓު ދީފައިވަނީ 51 މެމްބަރުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، އިންތިހާބުތަކުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ހަމަޖައްސައިދިނުމަށްޓަކައި، އެ ފަރާތްތަކުން ވޯޓުލާއިރު އެކަމަށް ހާއްސަކޮށްފައިވާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް ވޯޓުކަރުދާހުގައި ފާހަގަޖެހޭނެ އިންތިޒާމް، އެފަދަ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ އުސޫލަކުން ހަމަޖައްސައިދިނުމަށްޓަކައި ގެންނަ އިސްލާހުތަކެކެވެ.

މި ގާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް އެ އަކުރަކީ (ނ) ގެ ގޮތުގައި ހަމަޖައްސާ މި އަކުރުގައި ބުނެފައިވަނީ ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހއްގެ އެހީތެރިކަމާ ނުލާ ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖަހަން އެދޭނަމަ، މި ގާނޫނުގެ 1-45 ވަނަ މާއްދާގައި ބަޔާންކުރާ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުކަރުދާހުގައި ފާހަގަޖެހިދާނެ ކަމަށެވެ.

މި ގާނޫނުގެ 45 ވަނަ މާއްދާގެ ފަހަތަށް 1-45 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް ވަނީ އިތުރުކޮށްފައެވެ.

މި މާއްދާގައި ބުނެފައިވަނީ މި ގާނޫނުގެ 45 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްޓަކައި ބޭނުންކުރާނީ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ވޯޓު ކަރުދާސް ޓެމްޕްލޭޓެވެ.

މި މާއްދާގެ (ށ) ގައި ބުނެފައިވަނީ ވޯޓު ކަރުދާސް ޓެމްޕްލޭޓަކީ، ވޯޓު ކަރުދާސް އޭގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސްއެއް ކަމަށެެވެ.

އެ ޓެމްޕްލޭޓް އޮންނަންވާނި ވޯޓު ކަރުދާހާ އެއްވަރަށް، އަދި އެ ޓެމްޕްލޭޓުގެ ތެރެއަށް ވޯޓު ކަރުދާސްލުމުން، އެ ނުގުޑާފަދައަކުން، ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރު ޓެކްޓައިލްކޮށްފައި، އަދި އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްޓަކައި ފާހަގަޖަހަންޖެހޭ ގޮޅިއާއި ދިމާލުގައި ފާހަގަޖެހޭގޮތަށް އެ ޓެމްޕްލޭޓުގައި ކެނޑުމެއް ހިމެނޭ ގޮތަށެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު