Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ 8 އޮފިސަރަކަށް މަރުގެ އަދަބު

ޖާސޫސް ކުރުމުގެ ތުހުމަތުގައި، އިންޑިއާ ނޭވީގެ ކުރީގެ 8 އޮފިސަރަކަށް ގަތަރުގައި މަރުގެ ހުކުމް އިއްވައިފި

އިންޑިއާއިން ބުނީ މި ހުކުމާމެދު ގާނޫނީގޮތުން އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 12:41
އިންޑިއާއާއި ގަތަރުގެ ޑިޕްލޮމެޓިކް ގުޅުމަށް ވަނީ ބުރޫއަރާފައި

އިންޑިއާއާއި ގަތަރުގެ ޑިޕްލޮމެޓިކް ގުޅުމަށް ވަނީ ބުރޫއަރާފައި

ޖާސޫސް ކުރުމުގެ ތުހުމަތުގައި، އިންޑިއާގެ ނޭވީގެ ކުރީގެ 8 އޮފިސަރަކަށް ގަތަރުގައި މަރުގެ ހުކުމް އިއްވައިފިއެވެ. މި ހުކުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުމަށްވަނީ ބުރޫއަރާފައެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އެ ގައުމުގެ ސަރުކާރުން ވަނީ މައްސަލައިގެ ސީރިއަސްކަމަށް ބަލައި، އެ އަމުރާ ދެކޮޅުކަން އަންގާފައެވެ.

އިންޑިއާގެ މުހިންމު ހަނގުރާމަމަތީ އުޅަނދުތަކަށް ކޮމާންޑްކުރުމުގެ ތާރީޚެއް އޮތް ވަރަށް ޝަރަފްވެރި އޮފިސަރުންވެސް މީގެތެރޭގައި ހިމެނޭއިރު، މިއީ ގަތަރުގެ ސިފައިންނަށްވެސް ތަމްރީނާއި އެއާ ގުޅުންހުރި ޚިދުމަތްތަކަށް ޚާއްސަ އަމިއްލަ ކުންފުންޏެއް ކަމަށްވާ ދަހްރާ ގްލޯބަލް ޓެކްނޮލޮޖީސް އެންޑް ކޮންސަލްޓެންސީ ސަރވިސަސްގައި ވަޒީފާ އަދާކުރާ މީހުންނެވެ.

މި 8 އޮފިސަރުންގެ މައްޗަށް މަރުގެ އަދަބު އިއްވިކަން މީޑިއާތަކަށް ތިލަވެފައި ވީނަމަވެސް، އެ ހުކުމްގެ މާބޮޑު ތަފްސީލެއް އަދި ހާމަވެފައެއް ނުވެއެވެ.

އެ މީހުން ބަންދުގައި ބޭތިއްބުމަކީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވާ ކަމެއް ކަމަށްވާއިރު، އެ މީހުންގެ ކަފާލާތުގެ އެދުމަށް ތަކުރާރުކޮށް ގަތަރުން އިންކާރުކޮށް، ގަތަރުގެ ކަމާބެހޭ ފަރާތްތަކުން އެ މީހުންގެ ބަންދުގެ މުއްދަތު ވަނީ އެތައް ފަހަރެއްގެ މަތިން އިތުރުވެސް ކޮށްފައެވެ.

މިއަދު ގަތަރުގެ ކޯޓް އޮފް ފަސްޓް އިންސްޓަންސްއިން ނެރުނު ހުކުމަކީ އޮބްޒާވަރުންނާއި އޮފިޝަލުން ހައިރާންކޮށްލި ހުކުމެކެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ، މަރުގެ އަދަބުގެ ހުކުމާމެދު ވަރަށް ބޮޑަށް ހިތާމަ ފާޅުކޮށް، އެ މައްސަލާގައި ވަކާލާތު ކުރާނެކަމުގެ ޔަގީންކަން ދީފައެވެ. އަދި މިކަމަށް ވަރަށް ބޮޑަށް ފާރަވެރިވާނެ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، މަރުގެ ހުކުމް އިއްވި މީހުންގެ އާއިލާގެ މެންބަރުންނާއި ގާނޫނީ މަންދޫބުންނާ ވާހަކަދައްކަމުން އަންނަ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ފުރިހަމަ ކޮންސިއުލަރ އަދި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރަމުން ދާނެކަމަށާއި، މިމައްސަލަ ގަތަރުގެ ކަމާބެހޭ ފަރާތްތަކާވެސް ހިއްސާކުރާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

މަރުއިންޑިއަން ނޭވީގަތަރު

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
02 އޮކްޓޯބަރު 2025

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
01 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ
01 އޮކްޓޯބަރު 2025

އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

01 އޮކްޓޯބަރު 2025
އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު