Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެފައި ވަނީ އެ ޕްލޭންގައި އަމަލީ އަދި ތަންފީޒު ކުރުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެންމެ އަވަސް އިސްކަމެއް ދޭން ޖެހޭ ކަމެއް ކަމުގައިވާ ޣައްޒާގައި ލޭއޮހޮރުވަން ހުއްޓުމަށް މަގު ފަހި ކޮށްދޭ ކަމަށެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހެޅުއްވި ޕްލޭނަށް ޤަތަރުގެ ބޮޑުވަޒީރު ތާއީދު ކުރައްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އޮކްޓޯބަރު 2025 | ބުދަ 11:21
ޤަތަރުގެ ބޮޑު ވަޒީރު މުހައްމަދު ބިން އަބްދުއް ރަހްމާން

ޤަތަރުގެ ބޮޑު ވަޒީރު މުހައްމަދު ބިން އަބްދުއް ރަހްމާން

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިފައިވާ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއް ރަޙުމާން ބިން ޖާސިލް އަލް ޘާނީ ވިދާޅުވެއްޖެ އެވެ.

ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭނަކީ މެދުވެރިންގެ މައިގަނޑު މަޤުސަދުތައް ކަމަށްވާ، ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވުމާއި، ނަސްލު ނައްތާލުން ހުއްޓުވުމަށް މަގު ފަހު ކޮށްދޭ ޕްލޭނެއް ކަމަށެވެ.

ބުދަ ދުވަހު އަލް ޖަޒީރާ އަށް ދެއްވި އިންޓަވިޔުއެއްގައި ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވީ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ތާއީދު ކުރައްވާފައިވާ އެ ޕްލޭން ހަމާސްގެ ޓީމާ ހިއްސާ ކޮށްފައިވާ ކަމަށާއި، މައިގަނޑު ކަންތައްތަކާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެފައި ވަނީ އެ ޕްލޭންގައި އަމަލީ އަދި ތަންފީޒު ކުރުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެންމެ އަވަސް އިސްކަމެއް ދޭން ޖެހޭ ކަމެއް ކަމުގައިވާ ޣައްޒާގައި ލޭއޮހޮރުވަން ހުއްޓުމަށް މަގު ފަހި ކޮށްދޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ 20 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ޕްލޭނަށް ސައުދީ އަރަބިއްޔާ އާއި، ޔޫއޭއީ، މިޞްރު، ތުރުކީ އަދި އިންޑޮނޭޝިއާ ފަދަ ޤައުމު ތަކުން ވަނީ ތާއީދު ކޮށްފަ އެވެ. އަދި އެ ހުށަހެޅުމަށް ޤައުމު ތަކުން ވަނީ މަރުޙަބާ ވެސް ކިޔައިފަ އެވެ. އެ ޕްލޭންގެ ދަށުން އެއްބަސްވުމަކަށް އާދެވުމުން، ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓި، ފުރިހަމަ އެހީތެރިކަން ޣައްޒާ އަށް ލިބިގެން ދާނެ އެވެ.

އެމެރިކާ އިން ހުށަހަޅާފައިވާ މި ޕްލޭން މިހާރު ވަނީ ހަމާސް ޖަމާއަތާ ވެސް ހިއްސާ ކޮށްފަ އެވެ. ނަމަވެސް، މިހާތަނަށް ހަމާސް އިން އެކަމަށް ޖަވާބެއް ދީފައި ނުވާއިރު، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ހަމާސް އަށް ވަކި ވަގުތެއް ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިތުރަށް ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެފައިވާ ގޮތުގައި، އިސްރާއީލްގެ އަސްކަރިއްޔާ ފަހަތަށް ޖެހުމާއި، ކުރި މަގުގައި ފަލަސްޠީނުގެ އިދާރީ ހިންގުން އޮންނާނެ ގޮތުގެ ތަފްސީލުތައް އިތުރަށް ސާފުކޮށް، އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ޖެހޭނެ އެވެ.

ޤަތަރަކީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޤައުމެވެ. ދާދި ފަހުން އިސްރާއީލް އިން ވަނީ ޤަތަރުގައި ތިބި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސްވެރިންނަށް އަމާޒުކޮށް ހަމަލާ ވެސް ދީފަ އެވެ. ނަމަވެސް، ފަހުން ޓްރަމްޕްއާއެކު އޮތް ބަައްދަލުވުމުގައި ނަތަންޔާހޫ ވަނީ ޤަތަރުގެ ބޮޑު ވަޒީރު ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޣައްޒާ ހަނގުރާމަ ޝެއިޚް މުހައްމަދުގަތަރުޑޮނަލްޑް ޓްރަމްޕްނަތަންޔާހޫޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު