Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގަތަރު

ދޯހާ އަށް ވަޑައިގަންނަވާ އަރަބި އަދި އިސްލާމީ ގައުމުތަކުގެ މުހިންމު ވެރިންގެ ތެރޭގައި މުއިއްޒުގެ ނަން ބައިނަލް އަގްވާމީ މީޑިއާގައި ފާހަގަ އެއް ނުކުރޭ

ގަތަރަށް އިސްރާއީލުން ދިން އުދުވާނީ ހަމަލާއާ ގުޅިގެން، އަރަބި އަދި އިސްލާމީ ގައުމުތަކުގެ އިސްވެރިން ދޯހާގައި ބާއްވާ ކުއްލި ސަމިޓަށް ވަނީ ވަޑައިގެންފައެވެ. މި ސަމިޓުގައި އިސްރާއީލުގެ ޢަމަލުތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެއެވެ.

ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2025 | ހޯމަ 08:34
ގަތަރުގެ ދޯހާގައި ހުންނަ އަމީރީ ދިވާން އިމާރާތުގެ މަންޒަރެއް - ސެޕްޓެމްބަރު 15، 2025.

ގަތަރުގެ ދޯހާގައި ހުންނަ އަމީރީ ދިވާން އިމާރާތުގެ މަންޒަރެއް - ސެޕްޓެމްބަރު 15، 2025.

އިސްރާއީލުން ދޯހާ އަށް ދިން އުދުވާނީ ހަމަލާ އާ ގުޅިގެން އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިން ދޯހާ އަށް ވަޑައިގަންނަވަމުން ގެންދަވާ ކަމަށް ބައިނަލް އަގްވާމީ މީޑިއާ ގައި ކަވަރު ކުރަމުންދާއިރު އޭގެ ތެރޭގައި ރައީސް މުއިއްޒުގެ ނަން ހިމަނާފައި ނުހުންނަކަން ފާހަގަ ފާހަގަ ވެއްޖެއެވެ.

މެދުއިރުމަތީގެ އެންމެ މަގުބޫލު އެއް މީޑިއާ ކަމަށްވާ ސައުދީ ސަރުކާރުން ފަންޑު ކުރާ އަލް-އަރަބިއްޔާ އިން މި ސަމިޓުގެ ޚަބަރުތައް ގެނެސްދެމުންދާއިރު، ސަމިޓަށް ވަޑައިގަންނަވާ މުހިންމު ލީޑަރުގެ ގޮތުގައި ތަކުރާރުކޮށް ފާހަގަ ކޮށްފައިވަނީ، އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން، ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާ އަލް-ސުދާނީ އަދި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ފަދަ ފަރާތްތަކެވެ.

އޭގެ އިތުރުން ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ އާދިއްތަ ދުވަހު ދޯހާ އަށް ވަޑައިގެންފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައި ވެއެވެ.

ރައީސް މުއިއްޒު ވެސް ވަނީ އާދިއްތަ ދުވަހު މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ގަތަރަށް ވަޑައިގެންފައެވެ.

ދޯހާގައި ހޯމަ ދުވަހު ކުއްލި އަރަބި-އިސްލާމީ ސަމިޓެއް ބޭއްވުމަށް ބޭއްވުމަށް ނިންމާފައިވަނީ ފާއިތުވި ހަފުތާގައި ގަތަރުގައި ތިބި ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެންނެވެ.

އެމެރިކާގެ ގާތް އެކުވެރިއެއްގެ ގޮތުގައި ބެލެވެމުން އައި ގަތަރަށް އެމެރިކާގެ އެންމެ ގާގް އެކުވެރިޔާ އިސްރާއިލުން ދިން މި ނުރައްކާތެރި މަރުގެ ހަމަލާއާ ގުޅިގެން އިސްރާއީލަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. މީގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޑުވިދާޅުވުން ވެސް ހިމެނެއެވެ.

އެހެން ނަމަވެސް މިހާރު އިސްރާއީލުގައި ހުންނެވި އެމެރިކާގެ ޚާރިޖީ ވަޒީރު، ދަތުރުފުޅު ފެއްޓެވުމުގެ ކުރިން މީޑިއާ އަށް ވިދާޅުވީ، މިހަމަލާގެ ސަބަބުން އެމެރިކާ އިން އިސްރާއީލާ އެކު އޮންނަ ގާތް ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ހޯމަ ދުވަހުގެ މި ކުއްލި ބައްދަލުވުމަކީ ގަލްފު ޤައުމުތަކުގެ އެއްބައިވަންތަކަން ދައްކުވައިދޭ މުހިންމު ބައްދަލުވުމަކަށްވާނެއެވެ. އަދި މި ބައްދަލުވުމުން އިސްރާއީލަށް ބައިނަލްއަގްވާމީ އިތުރު ޕްރެޝަރތައް ކުރިމަތިވާނެ ކަމަށް ވަނީ ބެލެވިފައެވެ. މިހާރުވެސް ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ ހަނގުރާމައާއި، ޣާއްޒާގެ ރައްޔިތުންނަށް އެ ގައުމުން ކުރިމަތި ކޮށްފައިވާ މުސީބާތްތަކުގެ ސަބަބުން، އިންސާނީ ކާރިސާ ނިމުމަކަށް ގެނައުމަށް އިސްރާއީލަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒު ވެފައެވެ.

މި ސަމިޓުގައި ބައިވެރިވާ ގައުމުތަކުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެނީ އާދިއްތަ ދުވަހު ސަމިޓަށް ތައްޔާރު ވުމުގެ ގޮތުން ބޭއްވުނު މިނިސްޓީރިއަލް ބައްދަލުވުމުގައި އެކުލަވާލެވުނު ޑްރާފްޓް ގަރާރާ ގުޅޭގޮތުންނެވެ.

މި ޑްރާފްޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ފާއިތުވި ހަފުތާގައި ދޯހާގައި އިސްރާއީލުން ދިން ހަމަލާ އާއި އިސްރާއީލުގެ އެހެނިހެން ޢަމަލުތަކުން އަރަބި ޤައުމުތަކާއެކު އިސްރާއީލުން ގުޅުން ޢާއްމު ހާލަތަކަށް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ވަނީ ނުރައްކާވެފައެވެ.

ގަތަރަށް އިސްރާއީލުން ދިން ހަމަލާ އާއި "އިސްރާއީލުގެ އަދާވާތްތެރި ޢަމަލުތައް ކަމުގައިވާ ނަސްލު ނައްތާލުމާއި، ބަނޑަށްޖެއްސުމާއި، ހިޞާރުކުރުމާއި، ފަލަސްތީނުގެ ބިމުގައި ޔަހޫދީން އާބާދު ކުރުން ފަދަ ސިޔާސަތުތަކުން ސަރަޙައްދުގައި ސުލްޙަވެރިކަމާއި އެކުއެކީގައި ދިރިއުޅުމުގެ ފުރުޞަތުތަކަށް ނުރައްކާވެއެވެ. އަދި އިސްރާއީލާއެކު ގުޅުން ޢާއްމު ހާލަތަކަށް ގެނައުމުގެ މަގުގައި ހާސިލުކުރެވިފައިވާ ހުރިހާ ކަމަކަށް ނުރައްކާވެއެވެ. މީގެ ތގެ ތެރޭގައި މިހާރު ވެފައިވާ އެއްބަސްވުންތަކާއި ކުރިމަގުގައި ވެވޭނެ އެއްބަސްވުންތައް ހިމެނެއެވެ." ޑްރާފްޓުގައި ބަޔާން ކޮށްފައި ވެއެވެ.

އާދިއްތަ ދުވަހު ބޭއްވުނު މިނިސްޓީރިއަލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގަތަރުގެ ބޮޑުވަޒީރު ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލެއްވީ "ދެފުށް ދޮގޮތް ސިޔާސަތު" ދޫކޮށްލައި އިސްރާއީލުގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށެވެ.

"ބައިނަލްއަޤްވާމީ މުޖުތަމަޢު އިން ދެފުށް ދެގޮތް ސިޔާސަތު ގެންގުޅުން ހުއްޓާލައި، އިސްރާއީލުން ހިންގާފައިވާ ހުރިހާ ކުށްތަކަކަށް އަދަބު ދިނުމުގެ ވަގުތު އައިސްޖެހިއްޖެ،" ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލް ޘާނީ މި ބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ ޣައްޒާ ގައި އިސްރާއީލުން ހިންގަމުންދާ "ފަނާ ކޮށްލުމުގެ ހަނގުރާމަ" ކާމިޔާބު ނުވާނެ ކަމަށެވެ.

"އިސްރާއީލަށް މިކަން ކުރިއަށް ގެންދިއުމަށް ހިތްވަރު ލިބެނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަނު ތިބުމާއި، އިސްރާއީލު ޖަވާބުދާރީ ކުރުވުމުގެ ގާބިލުކަން ނެތުމުން،" ކަމަށް ގަތަރުގެ ބޮޑު ވަޒީރު ވިދާޅުވިއެވެ.

މަސްދަރު: އަލް-އަރަބިއްޔާ

އަރަބި-އިސްލާމީ ސަމިޓްދޯހާގަތަރުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ސައުދީ އާއި ޤަތަރު ހައި ސްޕީޑު ރޭލުން ގުޅާލަނީ

ސައުދީ އާއި ޤަތަރު ހައި ސްޕީޑު ރޭލުން ގުޅާލަނީ

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު