Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޤަތަރު-އެމެރިކާ

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

އަމުރުގައި ބަޔާން ކޮށްފައިވާ ގޮތުން، މީގެ ފަހުން ޤަތަރުގެ ސަރަހައްދަށާއި، ސިޔާދަތާއި އަދި މުހިންމު އަސާސީ ވަސީލަތްތަލަށް ދެވޭ ކޮންމެ ހަމަލާ އަކީ އެމެރިކާގެ ސުލްޙަ އާއި، ސަލާމަތަށް ކުރިމަތިވާ ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުން ދެކޭނެ އެވެ.

ޤަތަރަށް ކުރިމަތިވާ ހަމަލާތަކަށް ޑިޕްލޮމެޓިކް، އިގްތިސާދީ އަދި އަސްކަރީ ފިޔަވަޅު އަޅާނެކަމަށް އެމެރިކާ ރައީސް ޓްރަމްޕް އިއުލާންކުރައްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 07:38
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ޤަތަރަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ޑިޕްލޮމެޓިކް، އިޤްތިޞާދީ އަދި އަސްކަރީ ފިޔަވަޅު ތަކެއް އަޅަން ޖެހިއްޖެ ޙާލަތެއްގައި، އެކަން ކުރުމުގެ ރިޔާސީ އަމުރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއި ކުރައްވައިފި އެވެ.

މި އަމުރުގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއި ކުރައްވާފައި ވަނީ، ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. މިއީ ޤަތަރުގައި ތިބި ހަމާސް ޖަމާއަތުގެ ސިޔާސީ އޮފިޝަލުންނަށް އަމާޒުކޮށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ދީފައިވާ ހަމަލާއާ ގުޅިގެން ޓްރަމްޕް ސޮއި ކުރެއްވި އަމުރެކެވެ.

ޓްރަމްޕްގެ އަމުރުގައި ބަޔާން ކޮށްފައިވާ ގޮތުގައި ޤަތަރަކީ އެމެރިކާގެ އެންމެ ގާތް، އަދި އެންމެ ވަފާވެރި އެކުވެރިޔާ އެވެ. އެހެންކަމުން އެމެރިކާ އާއި ޤަތަރާ ދެމެދު އޮތް ތާރީޚީ ގުޅުމަށް ރިއާޔަތްކޮށް، އަދި ޤަތަރަށް ބޭރުގެ އަދުއްވުންގެ ފަރާތުން ކުރިމަތި ވަމުންދާ ނުރައްކާތަކަށް ބަލާއިރު، ޤަތަރުގެ ސަލާމަތާއި އަދި ސަރަހައްދުގެ ސަލާމަތް ކަށަވަރު ކުރުމަކީ އެމެރިކާގެ ސިޔާސަތެއް ކަމަށް ވަނީ ބުނެފަ އެވެ.

އަމުރުގައި ބަޔާން ކޮށްފައިވާ ގޮތުން، މީގެ ފަހުން ޤަތަރުގެ ސަރަހައްދަށާއި، ސިޔާދަތާއި އަދި މުހިންމު އަސާސީ ވަސީލަތްތަލަށް ދެވޭ ކޮންމެ ހަމަލާ އަކީ އެމެރިކާގެ ސުލްޙަ އާއި، ސަލާމަތަށް ކުރިމަތިވާ ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުން ދެކޭނެ އެވެ.

އެހެންކަމުން އެފަދަ ހަމަލާއެއް ދެވިއްޖެ ނަމަ، އެމެރިކާގެ އަދި ޤަތަރުގެ މަސްލަހަތު ހިމާޔަތްކޮށް، ސުލްހަ އާއި ހަމަޖެހުން އަނބުރާ ގެނައުމަށްޓަކައި ޑިޕްލޮމެޓިކް، އިޤްތިޞާދީ އަދި ބޭނުންވެއްޖެ ނަމަ އަސްކަރީ ފިޔަވަޅުތައް އެޅުމަށް އެމެރިކާ އިން ފަސް ނުޖެހޭނެ ކަމަށް އަމުރުގައި ބަޔާން ކޮށްފައިވެ އެވެ.

ޓްރަމްޕް ސޮއި ކުރައްވާފައިވާ އަމުރުގައި ވަނީ އެމެރިކާގެ ޕެންޓަގަން، ސްޓޭޓް ޑިޕާޓްމަންޓް އަދި ނެޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރަށް ވަނީ، ޤަތަރާ އެކު ގުޅިގެން ކުއްލި ޙާލަތްތަތަކަށް ރޭވުންތައް އެކުލަވާލުމަށް ވެސް އަމުރު ކުރައްވައިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ ޤަތަރުގެ ވެރި ރަށް ދޯހާ އަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ. އެއީ ޤަތަރުގައި ތިބި ހަމާސް ޖަމާއަތުގެ އޮފިޝަލުންނާއި، ޤަތަރުގެ އޮފިޝަލުންނާ ދެމެދު ޣައްޒާ ހަނގުރާމައާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަނިކޮށެވެ. ހަމާސްގެ އިސްވެރިން ތަކެއް މަރާލުމަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާގައި، ޤަތަރުގެ ސިފައިންގެ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

އިސްރާއީލްގެ ހަމަލާއާ ގުޅުގެން ޤަތަރާއި، ގަލްފް އަދި އަރަބި ޤައުމު ތަކުން ވަނީ އެ ހަމަލާ ކުށްވެރި ކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން ކުއްލި ބައްދަލުވުމެއް ބާއްވައި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅު އެޅުމަށް ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން ޕެންޓަގަންގައި އިސް ލަފާދޭ ފަރާތެއްގެ ގޮތުގައި ހުންނެވި ބިލާލް ސަޢާބް ވިދާޅުވެފައިވާ ގޮތުގައި، ޓްރަމްޕް ސޮއި ކުރެއްވި އެ އަމުރަކީ ވަރަށް މުހިންމު އަމުރެެކެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޤަތަރު-އެމެރިކާޑޮނަލްޑް ޓްރަމްޕްހަމާސް-އިސްރާއީލްޕެންޓަގަންގަތަރުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު