Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އިސްރާއީލް

ޓްރަމްޕްއާ ބައްދަލު ކުރައްވާކަން އިއުލާން ކުރެއްވުމާ އެކު، ނަތަންޔާހޫ ޤަތަރަށް ފާޑު ކިޔައިފި

ނަތަންޔާހޫ ވިދާޅުވީ ޤަތަރަކީ ހަމާސްއާ ގުޅިފައިވާ ޤައުމެއް ކަމަށާއި، ހަމާސް އަށް ހިޔާވަހިކަން ދީ، ޤަތަރުން އަންނަނީ ހަމާސް އަށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދެމުން ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ އދ ގައި ވާހަކަފުޅު ދެއްކެވުމަށްފަހު އެމެރިކާގެ ރައީސް ޓްރަމްޕާ ބައްދަލުކުރައްވާނެކަމަށް ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2025 | ބުދަ 06:20
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

މި މަހުގެ ފަހު ކޮޅު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާކަން އިއުލާން ކުރެއްވުމާ އެކު، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ޤަތަރަށް ފާޑު ކިޔައިފި އެވެ.

އަންގާރަ ދުވަހު ނަތަންޔާހޫ ވިދާޅުވެފައި ވަނީ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި ވާހަކަ ދެއްްކެވުމަށް ފަހު އެމެރިކާގެ ރައީސް ޓްރަމްޕްއާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އަށް ވަޑައިގަތުމަށް ޓްރަމްޕް އޭނާ އަށް ދައުވަތު ދީފައިވާ ކަމަށެވެ. އެހެންކަމުން، އދ ގައި ވާހަކަ ދެއްކުމަށް ފަހު، ޓްރަމްޕްއާ ބައްދަލު ކުރައްވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

އެއާއެކު ނަތަންޔާހޫ ވަނީ، މިދިޔަ ހަފުތާގެ ތެރޭގައި އިސްރާއީލް އިން ޤަތަރަށް އަމާޒުކޮށް ދީފައިވާ ހަމަލާ ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ، ޤަތަރުގެ ވެރި ރަށް ދޯހާގައި ތިބި ހަމާސްގެ އިސްވެރިންނާ ދެކޮޅަށް އިސްރާއީލް ދިން ދިން ހަމަލާ އަކީ، އެކަށީގެންވާ އަމަލެއް ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވީ ޤަތަރަކީ ހަމާސްއާ ގުޅިފައިވާ ޤައުމެއް ކަމަށާއި، ހަމާސް އަށް ހިޔާވަހިކަން ދީ، ޤަތަރުން އަންނަނީ ހަމާސް އަށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދެމުން ކަމަށެވެ. ޤަތަރަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އޮތް ކަަމަށާއި، ނަމަވެސް އެކަން ނުކުރަން ނިންމީ ކަމުގައި ފާހަގަ ކުރައްވައި ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލްގެ އަމަލަކީ އެންމެ އެކަށީގެންވާ އަމަލު ކަމަށެވެ.

ޣައްޒާ ހަނގުރާމައިގެ މައްސަލައިގައި ޤަތަރަކީ މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޤައުމެވެ. އެކަމާ ގުޅޭ ގޮތުން ހަމާސްގެ އިސްވެރިންގެ ބައްދަލުވުމެއް ދޯހާގައި ކުރިއަށް ދަނިކޮށް އިސްރާއީލް އިން ހަމަލާ ދީފައިވާއިރު، މިއީ އެމެރިކާގެ ރަޙުމަތްތެރި ޤައުމަކަށް އަމާޒުކޮށް އިސްރާއީލް ދިން ހަމަލާ ދިން ފުރަތަމަ ފަހަރެވެ.

އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާގައި ހަ މީހަކު ޝަހީދުވެފައިވާއިރު، އިސްރާއީލް އިން އަމާޒު ކުރީ ހަމާސްގެ އިސް އޮފިޝަލުން ތަކެއް މަރާލުމަަށެވެ. ނަމަވެސް، އެ ހަމަލާގައި ހަމާސްގެ އެއްވެސް އިސްވެރިޔަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

ހަނގުރާމަ ނިންމުމަށް މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޤަތަރަށް، އިސްރާއީލް ދިން ހަމަލާ ދިނުމުން އެމެރިކާ އިން ވެސް ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ ހަމަލާ ދިނުމުގެ ކުރިން އެކަމުގެ އެއްވެސް މައުލޫމާތެއް އޭނާ އަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ޓްރަމްޕް ވަނީ، އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުން ވެސް ކުށްވެރި ކުރައްވައިފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ނަތަންޔާހޫޑޮނަލްޑް ޓްރަމްޕްއިސްރާއީލް-ހަމާސްގަތަރުއދއެމެރިކާ-އިޒްރާއީލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު