Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު-އިސްރާއީލް

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025 | އާދީއްތަ 07:36

ވިކްޓޮފް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ދޯހާ އަށް އަމާޒުކޮށް އިސްރާއީލް އިން ހަމަލާ ދީފައިވާއިރު، އެކަމުގެ މައުލޫމާތު އޭނާ އަށް އެނގުނީ އޭގެ އަނެއް ދުވަހު ކަމަށެވެ. އަދި އެ ހަމަލާ އިން އިޙުސާސް ކުރެވުނީ އިސްރާއީލް އިން ވަރަށް ބޮޑު "ދޯކާ" އެއް ދިނުން ކަމަށް ވެސް ވިކްޓޮފް ވަނީ ވިދާޅުވެފަ އެވެ.

ޔޫއެސް ރައީސް ޓްރަމްޕްގެ މެދުއިރުމަތީގެ އިސް ވަކީލު ސްޓީވް ވިޓްކޮފް ވިދާޅުވެފައިވަނީ އިސްރާއީލުން ޤަތަރަށް ދިން ހަމަލާއިން އޭނާއަށް ޚިޔާނާތްތެރިވި ކަމުގެ އިހުސާސް ކުރެވުނު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޮކްޓޯބަރު 2025 | އާދީއްތަ 07:36
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު، ސްޓީވް ވިކްޓޮފް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު، ސްޓީވް ވިކްޓޮފް

ހަމާސް ޖަމާއަތުގެ އިސްވެރިންނަށް އަމާޒުކޮށް، ޤަތަރުގެ ވެރި ރަށް ދޯހާ އަށް އިސްރާއީލް އިން ހަމަލާ ދިނުމަކީ ވަރަށް ބޮޑު "ދޯކާ"އެއްގެ ގޮތުގައި ދެކޭ ކަމަށް، ސްޓީވް ވިކްޓޮފް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން މެދު އިރު މައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ވިކްޓޮފް މިހެން ވިދާޅުވެފައި ވަނީ، ސީބީއެސް އަށް ދެއްވި އިންޓަވިޔުގަ އެވެ. ޤަތަރަށް އަމާޒުކޮށް އިސްރާއީލް އިން މިދިޔަ މަހު ހަމަލާ ދިންއިރު، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެ މައްސަލައިގައި އިސްރާއީލް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ވިކްޓޮފް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ދޯހާ އަށް އަމާޒުކޮށް އިސްރާއީލް އިން ހަމަލާ ދީފައިވާއިރު، އެކަމުގެ މައުލޫމާތު އޭނާ އަށް އެނގުނީ އޭގެ އަނެއް ދުވަހު ކަމަށެވެ. އަދި އެ ހަމަލާ އިން އިޙުސާސް ކުރެވުނީ އިސްރާއީލް އިން ވަރަށް ބޮޑު "ދޯކާ" އެއް ދިނުން ކަމަށް ވެސް ވިކްޓޮފް ވަނީ ވިދާޅުވެފަ އެވެ.

ޤަތަރަކީ އެމެރިކާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމަކަށް ވާއިރު، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ޤަތަރުން ވަނީ މެދުވެރިއެއްގެ ދައުރު ވެސް އަދާ ކޮށްފަ އެވެ. އިސްރާއީލް އިން ދިން ހަމަލާއާ ގުޅިގެން އެމެރިކާގެ އިތުރުން، މުޅި ދުނިޔޭގެ ނުރުހުން ވަނީ އެ ޤައުމަށް އަމާޒުވެފަ އެވެ.

ވިކްޓޮފް ވިދާޅުވީ އެ ހަމަލާގެ ސަބަބުން ވަރަށް ބޮޑު ނޭދެވޭ އަސަރު ތަކެއް ކުރި ކަމަށެވެ. ސަބަބަކީ ޤަތަރާއި، މިޞްރު އަދި ތުރުކީ އަކީ މަޝްވަރާ ތަކުގައި މުހިންމު ދައުރެއް އަދާ ކޮށްފައިވާ ޤައުމު ތަކަކަށްވުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ހަމަލާގެ ސަބަބުން ޤަތަރުގެ އިތުބާރު ވަރަށް ބޮޑަށް ގެއްލުނު ކަމަށާއި، އެކަމުގެ ސަބަބުން ހަމާސް ޖަމާއަތާ ހަމައަށް ވާސިލްވުމަށް ވެސް އުނދަގޫ ތަކެއް ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.

ހަމަލާއާ ގުޅިގެން އޭރު ޓްރަމްޕް ވިދާޅުވެފައި ވަނީ، ޤަތަރަށް ހަމަލާ ދިނުމަށް ނިންމީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށާއި، އެކަމުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ. އަދި އެ ހަމަލާ ދިނުމުގެ ކުރިން އެ ފަދަ އެއްވެސް މައުލޫމާތެއް ވެސް ލިބިވަޑައިގެންފައި ނުވާ ކަމަށް އޭރު ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އިސްރާއީލް އިން ޣައްޒާ ގައި ހިންގަމުން އައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކޮށްފައި ވަނީ ޓްރަމްޕް އެވެ. އެގޮތުން ޓްރަމްޕްގެ ފަރާތުން ވަނީ 29 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނެއް ހުށަހަޅައިފަ އެވެ. މިޞްރުގެ ޝަރަމް އަލް ޝައިޚުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު، ސުލްޙައިގެ އެއްބަސްވުމެއް ވެސް ވަނީ އެކުލަވާލައިފަ އެވެ. އަދި ފުރަތަމަ ފިޔަވަހި މިހާރު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ.

އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާގެ ސަބަބުން ޓްރަމްޕް އާއި ދުނިޔޭގެ ނުރުހުން އެ ޤައުމަށް އަމާޒުވެފައި ވަނިކޮށް، ނަތަންޔާހޫ ވަނީ ޤަތަރުގެ ބޮޑު ވަޒީރުގެ އަރިހުން މައާފަށް ވެސް އެދިވަޑައިގެންފަ އެވެ. އެހެން އެދިވަޑައިގެންފައި ވަނީ މި މަހު އޭނާ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އަށް ވަޑައިގެން، ޓްރަމްޕްއާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ޤަތަރުގެ ބޮޑު ވަޒީރަށް ފޯނުން ގުޅުއްވައިގެންނެވެ.

މަސްދަރު: އޭއެފްޕީ

ސްޓީވް ވިޓްކޮފްއިސްރާއީލް-ހަމާސްބެންޖަމިން ނަތަންޔާހޫޣައްޒާ ހަނގުރާމަގަތަރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
02 ޑިސެމްބަރު 2025

ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

02 ޑިސެމްބަރު 2025
ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް