Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، މިވަގުތު އިންތިޒާރު ކުރަމުން އަންނަނީ ހަމާސް ޖަމާއަތުގެ ޖަވާބަކަށް ކަމަށެވެ. ޚާއްސަކޮށް ހަމާސް އިން އެއްބަސްވުން ޤަބޫލު ކުރޭތޯ، ނުވަތަ ނުކުރޭތޯ ބަލަން ބޭނުންވާކަން ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ހަމާސް އިން އެއްބަސްވުން ޤަބޫލު ނުކޮށްފި ނަމަ، އެއީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށެވެ.

ޓްރަމްޕް ވަނީ ހަމާސްއަށް ޣައްޒާގެ އެއްބަސްވުމަށް ޖަވާބު ދިނުމަށް ތިން ނުވަތަ ހަތަރު ދުވަހުގެ މުއްދަތެއް ދެއްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އޮކްޓޯބަރު 2025 | ބުދަ 08:28
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް ޖަމާއަތަށް ވަކި މުއްދަތެއް ދީފި އެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ، އެއްބަސްވުން ހަމާސް ޖަމާއަތަށް ފޮނުވާފައިވާ ކަަމަށާއި، އެ ޖަމާއަތުން އެއްބަސްވުން ދިރާސާ ކުރަމުން އަންނަ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުމާ ގުޅޭ ޖަވާބު ދިނުމަށް، ތިން ދުވަސް، ނުވަތަ ހަތަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ ފަރާތުން ހުށަހަޅުއްވާފައިވާ އެ ހުށަހެޅުމަކީ އިސްރާއީލް އިން ވެސް ޤަބޫލު ކޮށްފައިވާ ހުށަހެޅުމެކެވެ. އެކަން ހާމަ ކުރައްވާފައި ވަނީ މި ހަފުތާގެ ތެރޭގައި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

އަރަބި އަދި އިސްލާމީ ޤައުމު ތަކުން ވެސް މަރުޙަބާ ކިޔާފައިވާ އެ ހުށަހެޅުމުގައި ވަނީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމާއި، ހަމާސް ޖަމާއަތުން ހަތިޔާރު ބެހެއްޓުމާއި، އިސްރާއީލްގެ ސިފައިން މަޑު މަޑުން ޣައްޒާ އިން ފޭބުމަށް ވެސް ހުށަހެޅުމުގައި ވަނީ ހިމަނައިފަ އެވެ. ހަމަ އެހެންމެ، ޓްރަމްޕްގެ ބެއްލެވުމުގެ ދަށުން ޣައްޒާ ހިންގުމަށް ވަގުތީ އިދާރާއެއް ވެސް އެކުލަވާލެވޭނެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، މިވަގުތު އިންތިޒާރު ކުރަމުން އަންނަނީ ހަމާސް ޖަމާއަތުގެ ޖަވާބަކަށް ކަމަށެވެ. ޚާއްސަކޮށް ހަމާސް އިން އެއްބަސްވުން ޤަބޫލު ކުރޭތޯ، ނުވަތަ ނުކުރޭތޯ ބަލަން ބޭނުންވާކަން ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ހަމާސް އިން އެއްބަސްވުން ޤަބޫލު ނުކޮށްފި ނަމަ، އެއީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށެވެ.

އެކަމާ ގުޅިގެން ފަލަސްޠީނުގެ އިސް އޮފިޝަލު ވިދާޅުވެފައި ވަނީ، ހަމާސް އިން މިހާރު އެ ޕްލޭނާ މެދު އެތެރޭ ސިޔާސީ އަދި އަސްކަރީ އިސްވެރިންގެ މެދުގައި މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު އެހެން އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވެ އެވެ.

މީގެ އިތުރުން ޤަތަރުން ބުނެފައި ވަނީ، ހަމާސް އިން ހުށަހެޅުން ޒިންމާދާރު ކަމާ އެކު ދިރާސާ ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ހަމާސް އާއި ތުރުކީ އާއެކު ބައްދަލުވުމެއް ބޭއްވުމަށް ވެސް ހަަމަޖެހިފައިވާ ކަމަށް ޤަތަރުން ވަނީ ބުނެފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޑޮނަލްޑް ޓްރަމްޕްހަމާސް-އިސްރާއީލްޣައްޒާގަތަރުހަމާސްޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު