Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު

ގަތަރަށް އިސްރާއީލުން ދިން ހަމަލާ އާ އެކު ވެސް އެމެރިކާ އިން އިސްރާއީލާ އެކު ބާއްވާ ގާތް ގުޅުމަކަށް ބަދަލެއް ނާންނާނެ: އެމެރިކާގެ ޚާރިޖީ ވަޒީރު

ގަތަރުގައި އިސްރާއީލުން ދިން ހަމަލާއާ މެދު ހިތްހަމަނުޖެހޭ ކަމަށް އެމެރިކާ އިން ބުނެފައިވީ ނަމަވެސް، އިސްރާއީލާއެކު އޮތް ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެކަން އެމެރިކާއިން ކަށަވަރުކޮށްދިން. މި ހަމަލާގެ ސަބަބުން ޣައްޒާގެ ހަމަޖެހުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ކޮށްފާނެ އަސަރާމެދު މަޝްވަރާކުރަން ޖެހޭކަމަށް މާކޯ ރުބިއޯ ވިދާޅުވި.

ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2025 | އާދީއްތަ 02:07
އެމެރިކާގެ މެރީލޭންޑްގެ ޖޮއިންޓް ބޭސް އެންޑްރޫސްގައި ސެޕްޓެމްބަރު 13، 2025 ގައި އިސްރާއީލަށް ފުރާވަޑައިގަތުމުގެ ކުރިން، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެމެރިކާގެ މެރީލޭންޑްގެ ޖޮއިންޓް ބޭސް އެންޑްރޫސްގައި ސެޕްޓެމްބަރު 13، 2025 ގައި އިސްރާއީލަށް ފުރާވަޑައިގަތުމުގެ ކުރިން، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ގަތަރަށް އިސްރާއީލުން ދިން ހަމަލާ އާ އެކު ވެސް އެމެރިކާ އިން އިސްރާއީލާ އެކު ބާއްވާ ގާތް ގުޅުމަކަށް ބަދަލެއް ނާންނާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

ރޫބިއޯ ވިދާޅުވެފައި ވަނީ ދޯހާ ގައި ތިބި ހާމަސްގެ ލީޑަރުންނަށް އަމާޒު ކޮށް އިސްރާއީލުން ދޯހާ އަށް ދިން ހަމަލާތަކަކީ "ހިތްހަމަޖެހޭ ކަމެއް ނޫން" ކަމަށެވެ.

ނަމަވެސް މި ހަމަލާގެ ސަބަބުން އިސްރާއީލާ އެކު އެމެރިކާ އިން ބާއްވާ ގާތް ރަހުމަތްތެރި ގުޅުމުގެ ހާލަތައް ބަދަލެއް ނާންނާނެ ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ހޮނިހިރު ދުވަހު ގަލްފް ސަރަހައްދަށް ފުރާވަޑައިގަންނަވަމުން ވިދާޅުވިއެވެ.

"ހަގީގަތުގައި އަޅުގަނޑުމެން މިކަމާމެދު ހިތްހަމައެއް ނުޖެހޭ، ރައީސް ވެސް މިކަމާމެދު ހިތްހަމައެއް ނުޖެހޭ،" އިސްރާއީލުގެ އިސްވެރިންނާއެކު މަޝްވަރާ ކުރެއްވުމަށް ވޮޝިންގްޓަނުން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން އިސްރާއީލާއެކު އަޅުގަނޑުމެންގެ ގުޅުމުގެ ބާވަތަށް ބަދަލެއް ނާންނާނެ، އެކަމަކު އަޅުގަނޑުމެން މިކަމާ ބެހޭގޮތުން ވާހަކަދައްކަން ޖެހޭނެ - ޚާއްޞަކޮށް ހަނގުރާމައިގެ ވޭންތަކުން ބިކަވެފައިވާ ޣައްޒާގައި ހަމަޖެހުމެއް ގެނައުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކަށް މިކަމުން ކުރާނީ ކޮން އަސަރެއްތޯ،" ބަލަން ޖެހޭ ކަމަށް ރޫބިއޯ އިތުރުކުރެއްވިއެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާ-އިސްރާއީލްމާކޯ ރޫބިއޯ ގަތަރު

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި

29 ނޮވެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި
13 ނޮވެމްބަރު 2025

ޣައްޒާ އަށް ބައިނަލް އަގްވާމީ ފައުޖެއް ފޮނުވުމަށް އެމެރިކާ އިން ސަލާމަތީ މަޖިލިހަށް ހުށަހެޅި ގަރާރު ފާސް ވާނެ ކަމަށް ޚާރިޖީ ވަޒީރު ރޫބިއޯ ވިދާޅުވެއްޖެ

13 ނޮވެމްބަރު 2025
ޣައްޒާ އަށް ބައިނަލް އަގްވާމީ ފައުޖެއް ފޮނުވުމަށް އެމެރިކާ އިން ސަލާމަތީ މަޖިލިހަށް ހުށަހެޅި ގަރާރު ފާސް ވާނެ ކަމަށް ޚާރިޖީ ވަޒީރު ރޫބިއޯ ވިދާޅުވެއްޖެ
01 ނޮވެމްބަރު 2025

ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުން ކެންސަލް ކުރީ، ރަޝިޔާ އިން ފޮނުވި މެމޯއެއްގެ ސަބަބުން

01 ނޮވެމްބަރު 2025
ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުން ކެންސަލް ކުރީ، ރަޝިޔާ އިން ފޮނުވި މެމޯއެއްގެ ސަބަބުން
26 އޮކްޓޯބަރު 2025

ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

26 އޮކްޓޯބަރު 2025
ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ
25 އޮކްޓޯބަރު 2025

ވެސްޓް ބޭންކަކީ އިސްރާއީލްގެ ބިމަކަށް ހަދާނެ ކަމަކަށް ނުދެކެން؛ ރޫބިއޯ

25 އޮކްޓޯބަރު 2025
ވެސްޓް ބޭންކަކީ އިސްރާއީލްގެ ބިމަކަށް ހަދާނެ ކަމަކަށް ނުދެކެން؛ ރޫބިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު