Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް

އައްމާރުގެ އާއިލާއިން ވަކިވެދިޔަ މީހުންގެ އަދަދު 50ން މައްޗަށް: އަދިވެސް ގަތުލުއާންމެކޭ ބުނާވަރު ނުވަނީތޯ؟

އެ އާއިލާއިން މި ދުނިޔެއާ ވަކިވި މީހުން ވަޅުލުމަށްޓަކައި ނާސިރު ހޮސްޕިޓަލުގެ މޯގްއިން ގަބުރުތައް ގެންދިޔައިރު، އެ މަންޒަރު ބެލުމަށް އެތައް ބަޔަކު ޖަމާވެފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 11:54
ސަގައްލާ އާއިލާއިން މިދުނިޔެއާ ވަކިވެދިޔަ މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ

ސަގައްލާ އާއިލާއިން މިދުނިޔެއާ ވަކިވެދިޔަ މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ

އެއީ ރަހުމަތްތެރިއެއް ކަމުގައި ވިޔަސް، އާއިލާގެ މެންބަރެއް ކަމުގައި ވިޔަސް، މި ދުނިޔެއާ އެމީހަކު ވަކިވެ ދިއުމުން އެ ކުރެވޭ ހިތްދަތި އިހުސާސްތަކަކީ ހަގީގަތުގައިވެސް ދުލަކުން ނުވަތަ ގަލަމަކުން ބަޔާންކޮށްދެވޭނެ އިޙްސާސްތަކެއް ނޫނެވެ. ވަކިން ޚާއްސަކޮށް، އެމީހަކު މި ދުނިޔެއާ ވަކިވެދިޔަކީ ކުއްލި ގޮތަކަށް، ނުވަތަ ވަކި ހާދިސާއެއްގެ ސަބަބުން ކަމަށް ވާނަމަ، އެ ވޭން ވަކިން ގަދަވެއެވެ. ދުވަސްތައް ހަފުތާތަކަށް، ހަފުތާތައް މަސްތަކަށް، މަސްތައް އަހަރުތަކަށް ބަދަލުވެ، އުމުރު ދުވަހަށްވެސް އެ ހިތްދަތިކަމުގައި އުޅެންޖެހޭ ފަހަރު އާދެއެވެ.

ޔަހޫދީ އިޒްރޭލުން ޣައްޒާއަށް މިހާރު ދެމުންދާ އުދުވާނީ ހަމަލާތަކުގައި މި ދުނިޔެއާ ވަކިވެދިޔަ މީހުންގެ އަދަދު 7000ށްވުރެ މައްޗަށް އަރާފައިވާއިރު، އެއީ ހަމަ ގައިމުވެސް ކޮންމެވެސް މީހެއްގެ ރަހުމަތްތެރިއެކެވެ. ނުވަތަ އާއިލާގެ މެންބަރެކެވެ. އެ ބަޔަކު މި ދުނިޔޭގައި ނެތުމުގެ ފަޅުކަމާއި، އެކަނިވެރިކަން ތަހައްމަލުކުރަން ޖެހިފައި އޮތީ، ގަތުލުއާންމެއްގެ ތެރޭގައެވެ. އެއްވެސް ކޮޅަކުން ހަމަޖެހުމެއް ލިބެން ނެތް ހާލަތެއްގައެވެ. އިޒްރޭލުގެ އުދުވާންތަކަށް 3 ހަފުތާއާ ގާތްވެފައި ވާއިރު، މި ދެންނެވިފަދަ އިންތިހާ ހިތްދަތިކަމާ ކުރިމަތިލާން ޖެހިފައިވާ އެއް އާއިލާއަކީ ސަގައްލާ އާއިލާއެވެ.

ސަގައްލާ އާއިލާއަކީ ޣައްޒާގެ އުތުރަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރާއެކު އެ ސަރަހައްދު ދޫކޮށް، ޚާން ޔޫނިސްއަށް ބަދަލުވި އާއިލާއެކެވެ. ނަމަވެސް، ޚާން ޔޫނިސްގައިވެސް ސަގައްލާ އާއިލާއަށް ސަލާމަތާއި ރައްކާތެރިކަމެއް ނުލިބުނެވެ. އެ އާއިލާއިން ހިޔާވަހިކަން ހޯދަމުންދިޔަ ތަނަށް އިޒްރޭލުން ދިން ހަމަލާގައި، ސަގައްލާ އާއިލާއިން 50ށްވުރެ ގިނަ މެންބަރުން ވަނީ މި ދުނިޔެއާ ވަކިވެފައެވެ. ފުރާނަ ސަލާމަތްވި ބައެއްގެ ހިތަށް ކުރާނެ އަސަރު، ވަޒަންކޮށްލަންވެސް ނޭނގެއެވެ.

ސަގައްލާ އާއިލާއިން މި ދުނިޔެއާ ވަކިވި މީހުން ވަޅުލުމަށްޓަކައި ނާސިރު ހޮސްޕިޓަލުގެ މޯގްއިން ގަބުރުތައް ގެންދިޔައިރު، އެ މަންޒަރު ބެލުމަށް އެތައް ބަޔަކު ޖަމާވެފައި ތިއްބެވެ. ސަގައްލާ އާއިލާއިން މިދުނިޔެއާ ވަކިވެ ދިޔަ މީހުންގެ ތެރޭގައި ފިރިހެނުންގެ އިތުރުން، އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

ސަގައްލާ އާއިލާއިން މިދުނިޔެއާ ވަކިވެދިޔަ މީހުންގެ ތިމާގެ މީހެއް ކަމަށްވާ އަމްރު އަލް-ބަތަތީ ބުނީ، ހިނގައިދިޔަ ގަތުލުއާންމަކީ ލަފުޒުތަކަކުން ބަޔާންކޮށްދެވޭ ވަރުގެ ކަމެއް ނޫންކަމަށެވެ.

21 ވަނަ ގަރުނުގެ ކުރިއަރާފައިވާ މި ޒަމާނުގައި، އިންސާނަކު ދިރިއުޅެން މަޖުބޫރުވެދާނެ ކަމަށް ހީވެސް ނުކުރާފަދަ އިންތިހާ ނިކަމެތި ހާލުގައި ދިރިއުޅެމުންދާ ރަށްވެހިންތަކެއްގެ ތިބި ޣައްޒާއަށް އަމާޒުކޮށް، ޔަހޫދީން ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް ނާދެއެވެ. އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތަކުގެ އަޑުފަށްގަނޑުން މުޅި ޣައްޒާ ގުގުމަމުން ދާއިރު، މިއިން ދުވަހަކު އެ ހަމަލާތައް ހުއްޓިދާނެކަމުގެ ކޮޅުމަތިވެސް ފެންނާކަށް ނެތެވެ.

އުތުރުގެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އިންޒާރުދީ، އެތައް ސަތޭކަ ހާސް ބަޔަކު ޣައްޒާގެ ދެކުނަށް ޖަމާކުރުވުމަށްފަހު، ޔަހޫދީން މިހާރު އެންމެ ގަދައަށް ބޮން އަޅަމުން ދަނީ ދެކުނުގެ ސަރަހައްދުތަކަށެވެ. އަމިއްލަ ފަސްގަނޑުގެ މިނިވަންކަމުގެ ހައްގުގައި ތެދުވި ހަމާސް ޖަމާއަތާ ދެކޮޅަށް ކަމަށް ބުނެ، ޔަހޫދީ އިޒްރޭލުން، އެޔެއް މިޔެއް ބެލުމެއް ނެތި ޣައްޒާއަށް ހަމަލާތައް ދެމުންދަނީ ރަސްމީ ސިފައެއްގައި "ހަނގުރާމަ" އިއުލާން ކުރުމަށްފަހުއެވެ. ނަމަވެސް އިޒްރޭލުން ކުރަމުން އެ ދަނީ ހަނގުރާމައެއްތޯއެވެ؟ ހިންގަމުން އެދަނީ ނަސްލެއް ދޮވެލައި، މި ދުނިޔެއިން އެބައެއްގެ ވަސްވެސް ފޮހެލުމުގެ ލާއިންސާނީ ގަތުލުއާންމުގެ ޖަރީމާއެއް ނޫންތޯއެވެ!

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު