Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޤުރުބާން ކުރި ކުއްޖެއްގެ ތަސްވީރު

500 އެތައް އަހަރެއް ކުރިން 'ޤުރުބާން' ކުރި ކުއްޖާގެ އާދަޔާ ޚިލާފު ތަސްވީރެއް ދައްކާލައިފި

އެ ކުއްޖަކީ އެމެރިކާ ސަރަޙައްދުގައި އަދާ ޖެހެންދެންވެސް އުފެދުނު އެންމެ ވަރުގަދަ އެމްޕަޔަރ އަދި އިންސާނީ ހަޟާރާތު ކަމަށް ވާ އިންކާގެ ވެރިކަމުގެ ދުވަސްވަރު އުޅުނު ކުއްޖެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 09:44
ތުރީ-ޑީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން، ދާއިރާގެ ތަޖުރިބާކާރުން ފަރުމާކޮށްފައި ވާ ތަސްވީރުން ފެންނަނީ 14 އަހަރާއި 15 އަހަރާ ދެމެދު ޢުމުރެއްގެ ކުއްޖެއްގެ މޫނު

ތުރީ-ޑީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން، ދާއިރާގެ ތަޖުރިބާކާރުން ފަރުމާކޮށްފައި ވާ ތަސްވީރުން ފެންނަނީ 14 އަހަރާއި 15 އަހަރާ ދެމެދު ޢުމުރެއްގެ ކުއްޖެއްގެ މޫނު

މާޒީގައި އާންމުކޮށް ހިނގާފައި ވާ ބައެއް ކަމަކީ މިއަދު އާދަޔާ ޚިލާފު ކަންކަމެވެ. އެފަދަ ކަންކަން ބަލާ، ހޯދާ، ދިރާސާ ކުރުމަކީ ބައެއް މީހުންގެ މުޅި ދިރިއުޅުން އެކަމަށް ހުސްކޮށްލާފައި ވާ ކަންކަމެވެ. މާޒީގައި ހިނގި ކަމެއްގެ ޙަޤީޤަތް ހޯދުމަށް، ނުވަތަ އެކަމުގެ ތަފްޞީލުތައް ހޯދުމަށް، އެތައް އަހަރެއް ވަންދެން މަސައްކަތް ކުރާ މީހުންވެސް މަދެއް ނޫނެވެ. ސެހެރިގަނޑު މާ ބޮޑަށް ދިގު ނުކޮށް، ސީދާ މައުޟޫއަށް ޖެހިލަމާ ހިނގާށެވެ.

ދައްކަން މި އުޅެނީ، ޕެރޫއާއި ޕޯލަންޑްގެ ސައެންސްވެރިން، އޮކްޓޯބަރ 24 ވަނަ ދުވަހު ދައްކާލި އަންހެން ކުއްޖެއްގެ ތަސްވީރެއްގެ ވާހަކައެވެ. އެ ކުއްޖަކީ އެމެރިކާ ސަރަޙައްދުގައި އަދާ ޖެހުން ދެކަށްވެސް އުފެދުނު އެންމެ ވަރުގަދަ އެމްޕަޔަރ އަދި އިންސާނީ ހަޟާރާތު ކަމަށް ވާ އިންކާގެ ވެރިކަމުގެ ދުވަސްވަރު އުޅުނު ކުއްޖެކެވެ. އެކުއްޖަކީ މީގެ 500 އެތައް އަހަރެއް ކުރިން 'ޤުރުބާން' ކޮށްފައި ވާ ކުއްޖެކެވެ. ޕެރޫވިއަން އެންޑީޒްގެ އަލިފާން ފަރުބަދައެއްގެ ކައިރިން އެ ކުއްޖާގެ ޤަބުރު ފެނުނީ މީގެ 30 އަކަށް އަހަރު ކުރިންނެވެ.

ތުރީ-ޑީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން، ދާއިރާގެ ތަޖުރިބާކާރުން ފަރުމާކޮށްފައި ވާ ތަސްވީރުން ފެންނަނީ 14 އަހަރާއި 15 އަހަރާ ދެމެދު ޢުމުރެއްގެ ކުއްޖެއްގެ މޫނެވެ. ގަނޑުވެފައި އޮތް ޤަބުރު އެންމެ ފުރަތަމަ ފެނުނީ 1995 އަހަރު، ކޭލޯމާ ޕްރޮވިންސްއިންނެވެ. ޤަބުރު އޮތީ ގަނޑުގެ މަތީ ސަތަހައިން ބަލާ ކަމުގައި ވާނަމަ، 6400 މީޓަރު އުހުގައެވެ. ޤަބުރު އޮތީ ޕެރޫގެ ވެރިކަން ކުރާ ލީމާގެ ދެކުނުން 1000 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަޙައްދެއްގައެވެ.

ސެންޓާ މަރީއާގެ ކެތޮލިކް ޔުނިވަރސިޓީއާއި ޕޯލަންޑްގެ ވޯސޯ ޔުނިވަރސިޓީގެ ސައެންސްވެރިން ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއިން، އަންހެން ކުއްޖާގެ މޫނު ފެންނަ ތަސްވީރު ފަރުމާ ކޮށްފައި ވަނީ، އެ ޤަބުރުގެ ބޮލުގެ ނާށިގަނޑާއި، ހަށިގަނޑުގެ ދިރާސާތައް ކުރަމުންދާތާ 20 އަހަރު ދުވަސް ފަހުންނެވެ. އަންހެން ކުއްޖާގެ ޤަބުރު މަޝްހޫރު ވެފައި ވަނީ ލޭޑީ އެމްޕާޓޯ ނުވަތަ ހުއަނީތާގެ ނަމުންނެވެ. 'އައިސް މެއިޑަން' ނުވަތަ  ގަނޑުވެފައިވާ ބިކްރުވެރި އަންހެން ކުއްޖާގެ ނަމުންވެސް ހުއަނީތާ ވަނީ މަޝްހޫރުވެފައެވެ.

މިހާތަނަށް ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ހުއާނީތާއަކީ އިންކާ އެމްޕަޔަރގެ ދުވަސްވަރު، އެ އެއްޗެހިތަކަކަށް އެމީހުން އަޅުކަން ކުރަމުންދިޔަ އެއްޗެހިތަކަށް 'ޤުރުބާން' ކޮށްފައި ވާ ކުއްޖެކެވެ. އެ ކަން ކޮށްފައި ވަނީ، އިންތިހާ ހަނަފަސްކަމާއި، ފެންބޮޑުވުމާއި، އަލިފާންފަރުބަދަ ގޮވުމާއި ބޮޑެތި ބަލިމަޑުކަން ފަދަ ކާރިޘާތަކުން ސަލާމަތް ހޯދުމުގެ ނިޔަތުގައި ކަމަށް ބުނެވެއެވެ.

ހުއަނީތާގެ ބޮލުގެ ނާށިގަނޑުގައި 5 ސެންޓިމީޓަރުގެ ތަނެއް ހަލާކުވެފައި ހުއްޓެވެ. ދާއިރާގެ ތަޖުރިބާކާރުން ޤަބޫލު ކުރާ ގޮތުގައި ހުއަނީތާ މަރުވެފައި ވަނީ އޭނާގެ ބޮލަށް ލިބުނު ބޮޑު އަނިޔާ ނުވަތަ ޒަޚަމެއްގެ ސަބަބުންނެވެ. އެ އަނިޔާ އޭނާއަށް ދީފައި ވަނީ އިންކާ ހަޟާރާތުން ބޭނުން ކުރަމުން ދިޔަ މުގުރުގަނޑެއް ޒާތު އެއްޗަކުން ކަމަށް ތަޖުރިބާކާރުން ޤަބޫލު ކުރެއެވެ. ހުއަނީތާގެ ބޮލުގައި އެ އެއްޗަކުން ޖެހި އިރު، އޭނާ އިނީ ކުޑަކަކޫ ޖައްސާފައި ކަމަށާ، ނަތީޖާއެއްގެ ގޮތުން އެތެރެ ހައްޓަށް ލޭ އެޅުނީ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ޤަބޫލު ކުރެއެވެ.

1995 ވަނަ އަހަރު، ޓައިމް މެގަޒިންއިން ވަނީ، މުޅި ދުނިޔެއިން ފެންނު އެންމެ ވަރުގަދަ 10 ހޯދުންތަކުގެ ލިސްޓުގައި ހުއަނީތާ ހިމަނާފައެވެ. ހުއަނީތާގެ ޑީއެންއޭ ސާމްޕަލްތައް ހެދުމުގެ ތެރޭގައި ފާހަގަވި ކަންކަމުގެ ތެރޭގައި، އޭނާ ކައި އުޅުނީ އެއްގަމު ޖަނަވާރުގެ މަހާއި ޒުވާރި ފަދަ ތަކެތިކަން ވަނީ ދެނެގަނެވިފައެވެ. އެއީ ހުއަނީތާ 'ޤުރުބާން' ކުރި ދުވަސްވަރަށް ބަލާނަމަ، އެންމެ އަތްމަތި ތަނަވަސް ޢާއިލާތަކުގެ ކޭމެވެ. އިންކާ ހަޟާރާތުގެ އާންމު ކެއުންތައް މުޅިންހެންވެސް ބަރޯސާ ވެފައި އޮތީ ތަރުކާރީގެ މައްޗަށެވެ.

ޕެރޫސައިންސްވެރިންއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު