Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޑިޓަރޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް

އޮޑިޓަރޖެނެރަލްގެ އޮފީހުގެ ބޭފުޅުންނަށް ރައްކާތެރިކަން ނެތުން - ބައެއް މެމްބަރުން އެކަން ސިފަކުރެއްވީ ބަހަނާގެ ގޮތުގައި!

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމުގެ މައްސަލަ ދިމާވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 ޖުލައި 2024 | އަންގާރަ 13:23
އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ

އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ

އޮޑިޓަރޖެނެރަލްގެ އޮފީހުގެ ބޭފުޅުންނަށް ރައްކާތެރިކަން ނެތުމުން އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރުމުން އެއީ އޮޑިޓަރ ޖެނެރަލްފެ ޒިންމާ އަދާނުކުރެވުމުން ބަހަނާދެއްކުމުގެ ގޮތުގައި ބައެއް މެމްބަރުން ސިފަކުރައްވައިފިއެވެ.

ހޯމަ ދުވަހު މާލިއްޔަތު ކޮމިޓީ އަށް އޮޑިޓަރޖެނެރަލްގެ އޮފީސް ހާޒިރުކުރުމުން އޮޑިޓަރ ޖެނރަލްގެ އޮފީހުން ވަނީ އެ އޮފީހަށް ދިމާވާ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން އެ އޮފީހުން އަންގާ އެންގުންތަކަށް ބޯ ނުލެނބުމާއި އޮފީހުން ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުން އަދި ވަކި ގޮތަކަށް މައްސަލަ ބަލާ ނަމަ ވަޒީފާގެ ބިރުވެރިކަން މެދުވެރިވާ ގޮތަށް ދިމާވާ ކަންކަން ހުރިކަމަށް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އަދި މުވައްޒަފުންގެ އަދަދު މަދުވުމާއި، މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރައެއް ނުލިބުމުގެ ސަބަބުން ވަޒީފާއިން ކެނޑިގެންދާ މުވައްޒަފުންގެ އަދަދު ގިނަވުން ފަދަ މައްސަލަތައް ފާހަގަކުރެވޭ ކަމަށް އޮޑިޓަރޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އޮޑިޓަރޖެނެރަލްގެ އޮފީސް މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކުރުމުގެ މަޤްސަދު ހާސިލްނުވާކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ގިނަ މެމްބަރުން ވަނީ އަންގާރަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އެގޮތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޒާން މަރުޒޫގު ވަނީ އޮޑިޓަރޖެނެރަލްގެ އޮފީހުގެ ބޭފުޅުންނަށް ލިބެންވާ ރައްކާތެރިކަން ނެތްކަމަށް ބުނެ ދައްކަވާ ވާހަކަތަކަކީ ބަހަނާ ކަމަށް ސިފަކުރައްވާފައެވެ.

މީގެ އިތުރުން ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބުވެސް ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރި މަޤްސަދު ހާސިލްނުވާކަމަށް ވިދާޅުވެފައެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް މަސައްކަތް ނުކުރެވި ނިޒާމް ފެއިލްވަމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މުވައްޒަފުން މަދުވެގެން ނުވަތަ މުސާރަކުޑަވެގެން އެކަނި އޮޑިޓަރޖެނެރަލްގެ އޮފީހަށް މަސައްކަތް ނުކުރެވޭ ކަމަށް ޤަބޫލު ނުކުރައްވާކަމަށް ފާހަގަކުރައްވާ އޭނާ ވަނީ އޮޑިޓަރޖެނެރަލްގެ އޮފީސް ފެއިލްވެފައިވާ ކަމަށް ސިފަކުރައްވާފައެވެ.

މީގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އާއި މާލިއްޔަތު ކޮމިޓީގެ މުގައްރިރު ޤާސިމް އިބްރާހިމް ވަނީ އޮޑިޓަރޖެނެރަލްގެ އޮފީހަށް ދިމާވެފައިވާ މައްސަލަތައް ކޮމިޓީ އިން ދެނެގަންނަން ޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން މުވައްޒަފުން މަޤާމުގައި ދެމި ތިބޭނީ ކިހާވަރެއްގެ މުސާރައެއް ލިބިގެންތޯ ބަލަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ޤާނޫނީ ރައްކާތެރިކަން ލިބުމުގައި ވެސް ގޮންޖެހުންތައް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. ޤާސިމް ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް ބައެއް މައުލޫމާތުތައް ހޯދުމަށް މާލިއްޔަތު ކޮމިޓީން މިހާރު ވާނީ އެދިފައި ކަމަށެވެ. އަދި އެ މައުލޫމާތުތައް ލިބުމުން އެ އޮފީހަށް ދިމާވާ މައްސަލަތައް އިތުރަށް ދިރާސާކުރެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

އެ ކޮމިޓީ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ ކޮމިޓީގައި އޮޑިޓަރޖެނެރަލްގެ އޮފީހުގެ ބޭފުޅުން ދެއްކި ބައެއް ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ އޮފީހުގެ މުސާރަ ކުޑަވެގެން އެސްއޯއީތަކަށް މުވައްޒަފުން ދާ ކަމަށް އެ އޮފީހުން ބުނި ނަމަވެސް އެސްއޯއީތައް ހުރީ މާ ހާލުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެސްއޯއީތަކުގެ އިންޓަރނަލް އޮޑިޓްތައް ވެސް ރަނގަޅު ނޫން ކަމަށާއި އެފަދަ ކަންކަމާއި މެދު ޖަވާބުދާރީކުރުވުމަކީ މުހިންމުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކޮމިޓީގައި ނިންމާފައި ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނީ އޮޑިޓަރޖެނެރަލްގެ އޮފީހުން ހޯދުމަށް މަޖިލީހުން އެދިފައިވާ މައުލޫމާތުތައް ލިބުމުން ކަމަށެވެ. އަދި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ މައުލޫމާތު ލިބޭނެ ކަމަށް ކޮމިޓީން ވަނީ ލަފާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
26 ފެބުރުއަރީ 2017

ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި

26 ފެބުރުއަރީ 2017
ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު