Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

މެގުއާގެ ކުޅުމާމެދު ޓެން ހާގް ހިތްހަމަ ޖެހޭ

23 އޮކްޓޯބަރު 2023 | ހޯމަ 00:23

މެޗުގައި މެގުއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޮކްޓޯބަރު 2023 | ހޯމަ 00:23
މެންޗެސްޓަރ ޔުނައިޓެޑުން ކުޅުނު މެޗުގައި މެގުއާ

މެންޗެސްޓަރ ޔުނައިޓެޑުން ކުޅުނު މެޗުގައި މެގުއާ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއާ ދައްކަމުން އަންނަ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޓެން ހާގް މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. އެ މެޗުގެ ފުރަތަމަ 11 އިން ޓެން ހާގް ވަނީ މެގުއާ އަށް ފުރުސަތު ދީފަ އެވެ. އެ މެޗުގައި މެގުއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، މެގުއާ މިހާރު ކުޅެމުން އަންނަނީ އޭނާގެ ފަރާތުން ޓެން ހާގް ބޭނުންވާ ކަހަލަ ކުޅުމެއް ކަމަށެވެ. ޚާއްސަކޮށް އިދިކޮޅު ކުޅުންތެރިންނަށް ފުރުސަތު ނުދީ، ޓީމުގައި ފަހަތުގައި މެގުއާ ދައްކަމުން އަންނަނީ މޮޅު ކުޅުމެއް ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ. އިތުރަށް ޓެން ހާގް ބުނީ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހައްގުވާ ކުޅުންތެރިޔަކީ ވެސް މެގުއާ ކަމަށެވެ. ސަބަބަކީ މެޗުގައި މެގުއާ މޮޅަށް ކުޅުމާއި، ޔުނައިޓެޑުގެ ގޭމް ޕްލޭން އެނގި ހުރެ އޭނާ ދެއްކި ކުޅުމުގެ ސަބަބުން ކަމަށް ޓެން ހާގް ބުންޏެވެ. ދުވަސް ކޮޅަކަށްފަހު ނަމަވެސް، މެގުއާގެ ފަރާތުން ފެންނަމުން އަންނަ ރަނގަޅު ކަންތައްތަކާމެދު ހިތްހަމަ ޖެހޭކަން ފާހަގަކޮށް ޓެން ހާގް ބުނީ، އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް މެގުއާގެ ފަރާތުން އެ ކުޅުން ފެނުން ކަމަށެވެ.

ޔުނައިޓެޑުން މި ސީޒަނަށް ކުރިމަތިލީއިރު، ޓެން ހާގް ވަނީ މެގުއާ އަތުން ކެޕްޓަން ބޭންޑު އަތުލަން ނިންމައިފަ އެވެ. އެއާއެކު މެގުއާ އެ ކުލަބު ދޫކޮށް، ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ވެސް ފެތުރުނެވެ. މެގުއާ ހޯދުމަށް ވެސްޓް ހޭމުން މަސައްކަތް ކުރި ނަމަވެސް، ފަހުން މެގުއާ ނިންމީ އެ ކުލަބަށް ބަދަލު ނުވާށެވެ. އެއަށްފަހު އޭނާ ބުނީ ބޭނުންވަނީ ޔުނައިޓެޑުގައި ހުރެ، އެ ކުލަބުގައި އޭނާގެ މަގާމު އަލުން ހޯދަން ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

20 ފެބުރުއަރީ 2017
އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް