Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލޮންޑީއޯ އެވޯޑް

ހާލަންޑަށް ބެލޮންޑޯ ލިބެންވާނެ، މެސީ އަކީ ވަކި ކެޓަގަރީއެއް: ގާޑިއޯލާ

21 އޮކްޓޯބަރު 2023 | ހޮނިހިރު 03:51

މި އެވޯޑަށް ގިނަ ބައެއްގެ ފެވަރިޓަކީ މެސީ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 21 އޮކްޓޯބަރު 2023 | ހޮނިހިރު 03:51
މެސީ އާއި ގާޑިއޯލާ (ވ) އަދި ހާލަންޑް އާއި ގާޑިއޯލާ

މެސީ އާއި ގާޑިއޯލާ (ވ) އަދި ހާލަންޑް އާއި ގާޑިއޯލާ

ޔޫރަޕުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވައި އިނާމަކަށް ދޭ ބެލޮންޑީއޯ އެވޯޑް މި އަހަރު ހައްގުވާ ކުޅުންތެރިއަކީ އޭނާގެ ކޯޗުކަމުގައި ކުޅުނު މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑް ކަމަށް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީ އަށް ހަތަރު ތަށި މިދިޔަ ސީޒަނުގައި ހޯދައިދިން ކޯޗު ބުނީ މި ތަށިތައް ހޯދައިދިނުމުގައި ހާލަންޑް ކިތަންމެ ޒުވާނަސް އޭނާގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

ހާލަންޑް ވަނީ އިނގިރޭސި ޕްރެމިއާ ލީގާއި އެފްއޭކަޕް އަދި ކާލިންކަޕާއި ސިޓީ މުޅިން އަލަށް ކާމިޔާބުކުރި ޗެމްޕިއަންސް ލީގު ތަށި ހޯދައިދިނުމަށް 53 މެޗުން 52 ގޯލު ޖަހައިފަ އެވެ.

މި އެވޯޑަށް ހާލަންޑާ އެންމެ ބޮޑަށް ވާދަކުރާނީ ފްރާންސްގެ ޕީއެސްޖީ ދޫކޮށް، އެމެރިކާގެ އިންޓަމިއާމީ އަށް ބަދަލުވި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެވެ. އޭނާ އަކި މިހާތަނަށް ރެކޯޑް އަދަދެއް ކަމަށްވާ ހަތް ފަހަރު ބެލޮންޑީއޯ އެވޯޑް ހޯދައިފައިވާ ކުޅުންތެރިޔާ އެވެ. މިދިޔަ ޑިސެމްބަރު މަހު ގަތަރުގައި ކުޅުނު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާތީވެ ގިނަ ބައެއްގެ ފެވަރިޓަކީ ވެސް މެސީ އެވެ.

ސްޕޭނުގެ ބާސެލޯނާގައި މެސީ، އޭނާގެ މޮޅު ކުޅުން ދެއްކިއިރު ކޯޗަކަށް ހުރި ގާޑިއޯލާ އަކީ އަބަދުވެސް މެސީ އަށް ތައުރީފް އޮއްސާލާ ކޯޗެކެވެ. ހާލަންޑަށް އެވޯޑް ހައްގުކަން ފާހަގަ ކުރަމުން ވެސް ގާޑިއޯލާ ބުނީ އެވޯޑަކީ މެސީގެ ވެސް އެއްޗެއް ކަމަށެވެ.

ފްރާންސްގެ މަޖައްލާއަކާއި ފީފާ ގުޅިގެން ހޮވާ މި އެވޯޑް ދިނުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
09 މާރިޗު 2017

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް
08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
25 ފެބުރުއަރީ 2017

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް