Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނަށް ފޯރުކޮށްދޭ އެހީ

ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެހީގެ ޓްރަކްތައް ޣައްޒާއަށް ފޯރާނެ ކަމަށް ބެލެވޭ: ބައިޑަން

21 އޮކްޓޯބަރު 2023 | ހޮނިހިރު 02:05

އެހީއިން ބަރާކޮށްފައިވާ ފުރަތަމަ 20 ޓްރަކް ލަސްވެގެން ދެ ދުވަސްތެރޭ ކާމިޔާބުކަމާ އެކު މަންޒިލަށް ދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ބައިޑަން ވިދާޅުވި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 21 އޮކްޓޯބަރު 2023 | ހޮނިހިރު 02:05
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވައިޓް ހައުސްގައި ވާހަކަ ދައްކަވަނީ --

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވައިޓް ހައުސްގައި ވާހަކަ ދައްކަވަނީ --

ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ޣައްޒާއަށް ވަރަށް ބޮޑަށް ބޭނުންވާ އިންސާނީ އެހީ ހިފައިގެން ޓްރަކްތައް ވަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޖޯބައިޑަން ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ލީޑަރުންނާ އެކު ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ކުރިއަށް އޮތް 24ގަޑިއިރާ 48 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ޣައްޒާއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އެހީ ތަކެތި ހިފައިގެން ޓްރަކްތައް އެތަނަށް ފޯރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޣައްޒާއަށް އެހީފޯރުވުމުގެ ފުރުޞަތު އޮތްތޯ ސުވާލުކުރުމުން ރައީސް ބައިޑަން ވިދާޅުވީ އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކާއި މިޞްރުގެ ރައީސް އެކަމަށް އެއްބަސް ކުރުވާފައިވާނެ ކަމަށެވެ.

ރައީސް ބައިޑަން ވަނީ އެހީ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ސިފަކުރެއްވުމަށް "ހައިވޭ ރީޕޭވިންގ" ގެ ލަފްޒީ ބަހުރުވަ ބޭނުންކުރައްވާފައެވެ. އަދި ކުރިއަށް އޮތް 24-48 ގަޑިއިރުގެ ތެރޭގައި ޒަރޫރީ އެހީއިން ބަރާކޮށްފައިވާ ފުރަތަމަ 20 ޓްރަކް ކާމިޔާބުކަމާ އެކު މަންޒިލަށް ދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ސަމާލުކަން ދީފައިވަނީ ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށެވެ. ހާއްސަކޮށް އިސްރާއީލުން ކޮންޓްރޯލް ނުކުރާ އެއް އެކްސެސް ޕޮއިންޓް ކަމަށްވާ މިސްރަށް ދަތުރުކުރާ ރަފާހް ކްރޮސިންގ މެދުވެރިކޮށެވެ. ނަމަވެސް ހަމާސް އިން އިސްރާއީލަށް ދިން ހަމަލާއަށް ފަހު ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަސް ވަންދެން މި ކްރޮސިންގ އޮޕަރޭޓް ނުކުރެވި އޮތުމުން ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ވަނީ އިތުރުވެފަ އެވެ.

އެހީ ފޯރުކޮށްދިނުމާ މެދު ރައީސް ބައިޑަންގެ އުއްމީދަކީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ޣައްޒާގެ ހުރިހާ ރައްޔިތުންނަށްވެސް މިއެހީގެ ކޮންމެވެސް މިންވަރެއް ލިބުން ކަމުގައި ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
11 މާރިޗު 2017

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

11 މާރިޗު 2017
ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް