Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ: 13 ދުވަހުގެ ތެރޭގައި 1500 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފި

20 އޮކްޓޯބަރު 2023 | ހުކުރު 02:59

އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 3،785 މީހުންގެ ތެރޭގައި 1،524 ކުޑަކުދިން ހިމެނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 20 އޮކްޓޯބަރު 2023 | ހުކުރު 02:59
އިސްރާއީލުން ފަލަސްތީނަށް މެދުނުކެނޑި ހަމަލާތައް ދެމުންދާ 13 ދުވަސް

އިސްރާއީލުން ފަލަސްތީނަށް މެދުނުކެނޑި ހަމަލާތައް ދެމުންދާ 13 ދުވަސް

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 13 ދުވަހުގެ ތެރޭގައި 1500 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން ވަށާލާފައިވާ ޣައްޒާއަށް ޖެހިޖެހިގެން ވައިގެމަގުން ވަރުގަދަ ހަމަލާތައް މެދުނުކެނޑި ދެމުންދާތާ 13 ދުވަސް ވެފައިވާއިރު، އެ ހަމަލާތަކުގައި ފަލަސްތީނުން އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އަންގާރަ ދުވަހުގެ ރޭ އެންކްލޭވްގެ އަލް އަހްލީ އަލް އަރަބް ހޮސްޕިޓަލަށް އަމާޒުކޮށް ދިން ހަމަލާގައިވެސް 500 އަށްވުރެގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ އެންކްލޭވްއަށް ދިން ވަރުގަދަ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 3،785 މީހުންގެ ތެރޭގައި 1،524 ކުޑަކުދިން ހިމެނޭ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި 1،000 އަންހެނުން ވެސް ހިމެނޭ ކަމަށެވެ.

ފަލަސްތީނުގެ ވަފާ ނޫސް އެޖެންސީން ބުނި ގޮތުގައި އިސްރާއީލުން ޣައްޒާގެ މީހުން ދިރިއުޅޭ އެކި ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ފަތިހު ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ވަނީ ޝަހީދުވެފަ އެވެ.

ރަފާއަށް މިސައިލް ހަމަލާދީ އެތައް އާއިލާއެއްގެ 30 އަށް ވުރެ ގިނަ މީހުން މަރުވެ، އަބޫ ޔޫސުފް އަލް ނައްޖާރު ހޮސްޕިޓަލަށް ބަދަލުކުރި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެ އެވެ.

އިޒްރޭލުގެ މަތިންދާ ބޯޓުތަކުން ވަނީ ރަފާގެ އަލް މަސްރީ ޓަވަރުގެ މަތީ ފަންގިފިލާއަށް ވެސް ބޮން އަޅާފަ އެވެ.

ޚާން ޔުނިސްގެ ހުޅަނގުން މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ފަލަސްތީނުގެ އެކަކު ޝަހީދުވެ، 21 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެއެވެ.

އިޒްރޭލުން މި ހަމަލާ ދީފައި މިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ގާހިރާ އާއި ތެލްއަވީވްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު، މިސްރުން ފަޅިން އަންނަ އެހީގެ އިންތިޒާރުގައި އެތައް ހާސް ބަޔަކު ތިބި ދަނޑިވަޅެއްގައެވެ.

ބައިޑަން ބުދަ ދުވަހު ވިދާޅުވީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އެއްބަސްވެވަޑައިގަތީ ހުކުރު ދުވަހުން ފެށިގެން ޣައްޒާއަށް "20 ޓްރަކް ގެ އެހީގެ ސާމާނު ގެނައުމަށް" ކަމަށެވެ.

އިސްރާއީލުން މިދިޔަ ހަފުތާގައި ވަނީ ޣައްޒާ މުޅިން ވަށާލައި ތެލާއި ކާބޯތަކެއްޗާއި ފެން ކަނޑާލާފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް