Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަސްތީންގެ މައްސަލަ

އިސްރާއީލުގެ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާއެއް - ރާއްޖެ

ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާއި ހޮސްޕިޓާތަކާއި ޢާއްމުން ދިރިއުޅޭ ޢިމާރާތްތަކަށް ދެމުންދާ ހަމަލާތައް ވަނީ ކުށްވެރިކޮށްފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2023 | ބުރާސްފަތި 04:10
އިސްރާއީލުން ދިން ހަމަލާއެއްގައި، ޒަހަމްވެފައިވާ މީހަކު ގޮވައިގެން މީހަކު ދަނީ

އިސްރާއީލުން ދިން ހަމަލާއެއްގައި، ޒަހަމްވެފައިވާ މީހަކު ގޮވައިގެން މީހަކު ދަނީ

ޔަހޫދީ ދައުލަތް، އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުގައި ރާއްޖެއިން ބުނެފިއެވެ.

ދިވެހި ރާއްޖެއިން މިގޮތަށް ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅޭގޮތުން ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ މައި މަރުކަޒުގައި ބޭއްވި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ޚާއްސަ ބައްދަލުވުމުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، އަހުމަދު ޚަލީލެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ ޚަލީލް ވިދާޅުވީ ކުޑަކުދިން ހިމެނޭހެން މަޢުސޫމު ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާއި ހޮސްޕިޓާތަކާއި ޢާއްމުން ދިރިއުޅޭ ޢިމާރާތްތަކަށް ދެމުންދާ ހަމަލާތައް ވަނީ ކުށްވެރިކޮށްފައެވެ.

އަދި އިސްރާއީލުގެ ޙަމަލާތަކަކީ ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާބެހޭ އެންމެހައި ޤާނޫނުތަކާ ޚިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއްކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން އިސްރާއީލުގެ ލާއިސްސާނީ އަމަލުތަކުގެ ސަބަބުން މެދު އިރުމަތީ ސަރައްހަދުގެ ސުލްހައާއި ހަމަޖެހުމަށް ނޭދެވޭ އަސަރުކޮށްފާނެކަމުގެ ބިރު އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައި ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ޚަލީލް ވިދާޅުވީ އޯ.އައި.ސީ. އުފެއްދި މައިގަނޑު މަޤްސަދަކީ ފަލަސްޠީނާ އެއްކޮޅަށް ވަކާލާތުކުރުންކަމުން މި ދަނޑިވަޅުގައި އޯ.އައި.ސީގެ މަޤުސަދު ފުރިހަމައަށް ހާސިލު ކުރުމަށް މަސައްކަތްކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި އަދި އެނޫންވެސް އަސާސީ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުމަށް ބާރުއެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ގޮވާލެއްވިއެވެ.

ދިވެހިރާއްޖެއާ ފަލަސްޠީނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލައްވައި ބައިނަލްއަޤްވާމީ ޤާނޫނީ އިމުގެ ތެރެއިން ފަލަސްޠީނަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖެއިން ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ސްޓޭޓް މިނިސްޓަރ ޚަލީލް ދެއްވިއެވެ. އަދި ފަލަސްޠީނު ރައްޔިތުން ތަހައްމަލުކުރަމުންދާ ކަންތައްތަކާމެދު އެންމެހައި ދިވެހި ރައްޔިތުން ހިތާމަކުރަމުންދާ ކަމަށާއި، ފަލަސްޠީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުން މިންޖުވެ، މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދުޢާކޮށް ވަކާލާތުކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުމެ ދެމި ތިބޭނެކަމުގައި ވިދާޅުވިއެވެ.

ފަލަސްޠީނާއި އިޒްރޭލުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ ފަލަސްޠީނަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މަތީގައި އިރުމަތީ ގުދުސް އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، މުސްތަޤިއްލު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެގެންކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު