Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓް އަދި ގޯތީގެ މައްސަލަ

އާއްމުން ގޮވާލީ ކަންކަން ކުރަން ނޭނގޭ ނަމަ ކުރީ ސަރުކާރުގައި ތިބި މީހުން ގެނެސްގެން ނަމަވެސް ފްލެޓާއި ގޯތި ދިނުން އަވަސްކުރުމަށް

ލޮނުޒިޔާރަތްކޮޅުގައި އޮތް އެ މުޒާހަރާގައި ބައިވެރިވި އާއްމުން ވަނީ އާއްމުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 އޯގަސްޓު 2024 | އާދީއްތަ 14:08
މުޒާހަރާގެ ބައިވެރިން ރާއްޖެޓީވީ އާއި ވާހަކަދައްކަނީ

މުޒާހަރާގެ ބައިވެރިން ރާއްޖެޓީވީ އާއި ވާހަކަދައްކަނީ

ކަންކަން ކުރަން ނޭނގޭ ނަމަ ކުރީ ސަރުކާރުގައި ތިބި މީހުން ގެނެސްގެން ނަމަވެސް ފްލެޓާއި ގޯތި ދިނުން އަވަސްކުރުމަށް, ނިމިދިޔަ ސަރުކާރުން ދޫކުރި ފްލެޓާއި ގޯތި ދިނުން ލަސްވާތީ މުޒާހަރާ ކުރަމުންދާ އާއްމުން ގޮވާލައިފިއެވެ.

އާއްމުގޮތެއްގައި މި މުޒާހަތާތައް ކުރަމުން ދަނީ ކޮންމެ ހުކުރު ދުވަހެއްގައެވެ. ހޮނިހިރު ދުވަހުގެ ރޭ އެ މުޒާހަރާކޮށްފައި ވަނީ ލޯޔަރަކާއި އެކު މުޒާހަރާކުރަން ނިންމާފައިވާތީ ކަމަށާއި ކަންދިމާކުރި ގޮތުން ފަހު ވަގުތު އޭނާ އަށް މުޒާހަރާގައި ބައިވެރި ނުވެވުނީ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. ލޮނުޒިޔާރަތްކޮޅުގައި އޮތް އެ މުޒާހަރާގައި ބައިވެރިވި އާއްމުން ވަނީ އާއްމުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މުޒާހަރާތައް މެދު ނުކެނޑި ކުރަމުންދާއިރު ސަރުކާރުން އާއްމުންނަށް އިޖާބަ ނުދިނުމަކީ އާއްމުންނަށް ކުރާ މަލާމާތެއް ކަމަށް އާއްމުން ވަނީ ބުނެފައެވެ. މުޒާހަރާގައި ބައިވެރިވި އާއްމު މީހަކު ވަނީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދަތި ހާލުގައި އުޅޭ މީހުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވަނީ ބީރު ކަންފަތެއް ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ދެމުންދާ އަނިޔާއެއް ކަމަށާއި ކުޑަ ކުޑަ ކޮޓަރިތަކުގައި އާއްމުން ދިރިއުޅެނީ ވަރަށް ނިކަމެތި ހާލުގައި ކަމަށް އާއްމުން ވަނީ ބުނެފައެވެ. މި ސަރުކާރުން ގުޅީފަޅުން ގޯތި ދޭނެ ކަމަށް ވައުދުވި ނަމަވެސް 9 މަސް ދުވަސްވީ އިރު ވެސް އެކަމުގެ އަޕްޑޭޓެއް ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އާއި ވާހަކަދެއްކި އިތުރު މީހަކު ބުނެފައި ވަނީ ސަރުކާރުން މި މަސައްކަތް ލަސްކުރަނީ ގަސްތުގައި ކަމަށް ޤަބޫލުކުރެވޭކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުގައި ނެތް ކަމަށް ބުނެ މި މަޝަރޫޢުތައް ކުރިއަށް ނުގެންގޮސް ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދިއުމަކީ އާއްމުން އެދޭ ގޮތެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުުރުން ހައުސިން މިނިސްޓްރީން އާއްމުންނަށް ފިލައިގެން އުޅޭ ކަމަށް ބައެއް އާއްމުން ވަނީ ސިފަކޮށްފައެވެ. އާއްމުން މުޒާހަރާކުރުމަކީ މާބޮޑު ކަމެއް ނޫން ކަމަށް ސަރުކާރުން ދެކެމުންދާ ކަމަށާއި އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. މުޒާހަރާގެ ބައިވެރިން ދުވަހެއް ދުވަހަކަށް ވާނީ އިތުރުކަމަށާއި އާއްމުންގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފްލެޓާއި ގޯތީގެ މައްސަލައިގައި ސަރުކާރުން ޢަމަލުކުރާ ގޮތް ސާފު ނުވާ ކަމަށާއި ސަރުކާރުން އެ މައުލޫމާތު ނުދޭކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ހައުސިން މިނިސްޓަރ އަލީ ހައިދަރުގެ އިސްތިއުފާއަށް ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު