Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ ޝަހީމް ތައުބާވުމަށް ގޮވާލެއްވުން

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ތައުބާވުމަށް ދީނީ އިލްމްވެރިޔާ ޑރ. އިޔާޒް ގޮވާލައްވައިފި

ޝަހީމް ގެންދަވަނީ ކަށު ނަމާދުގެ ކަންކަން މަތިޖައްސަވަން ސިލްސިލާ މަސައްކަތްތަކެއް ކުރައްވަމުން

ރާއްޖެ އެމްވީ | 4 އޯގަސްޓު 2024 | އާދީއްތަ 08:54
ޑރ މުހައްމަދު އިޔާޒް

ޑރ މުހައްމަދު އިޔާޒް

އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ތައުބާވުމަށް ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ގޮވާލައްވައިފިއެވެ.

ޑރ. އިޔާޒް މިނިސްޓަރ ޝަހީމް ތައުބާވުމަށް ގޮވާލެއްވީ، ޑރ އިޔާޒް އާ ބެހޭ ގޮތުން ދޮގު ޚަބަރު ފަތުރަމުން ގެންދަވާތީ ކަމަށް ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ޝަހީމް ތައުބާވުމަށް ގޮވާލެއްވީ އިސްލާމީ މަރުކަޒުގައި ޑރ އިޔާޒް ކުރިއަށް ގެންދެވި ތަފްސީރު ކްލާސްތައް ހުއްޓާލެއްވީ މީގެ މަހެއްހާ ދުވަސް ކުރިން ޑރ. އިޔާޒް އަމިއްލައަށް ކަމަށް ޑރ ޝަހީމް ވިދާޅުވެ އެކްސް ގައި ކުރައްވާފައިވާ ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

މިނިސްޓަރ ގެ މި ވާހަކަ އަކީ ދޮގެއް ކަމަށް ވިދާޅުވެ ޑރ އިޔާޒް އެކްސް ގައި އާދިއްތަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ކަންހިނގައި ދިޔަ ގޮތް ސާފުކޮށްދެއްވަމުން ވިދާޅުވެފައިވަނީ، އޭނާ 2018 އިން ފެށިގެން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ މަޣްރިބް ނަމާދުގެ ފަހުން އިސްލާމީ މަރްކަޒުގައި ނަންގަވަމުން ގެންދެވި ޤުރްއާން ތަފްސީރު ކުލާސް މަސްދުވަހަށް މެދުކަނޑާލީ އެނާގެ ދަރިކަލަކު ބަލިވެގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިގެން ކަމުގައެވެ.

ޑރ އިޔާޒް ވިދާޅުވީ، އޭނާ ބޭރަށް ފުރާ ވަޑައިގަތުމުގެ ކުރިން މިނިސްޓްރީގެ ކަމާއި ބެހޭ މުވައްޒަފަށް އެކަން އަންގަވާފައިވާނެ ކަމަށެވެ. އަދި އެނބުރި މާލެ ވަޑައިގެން އެމުވައްޒަފަށް އެކަން އެންގެވި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އިސްލާމީ މަރްކަޒާއި ސަލްމާން މިސްކިތް ފިޔަވާ އެހެން މިސްކިތެއްގައި ކުލާސްތައް ކުރިޔަށް ގެންދިޔުމަށް" ޑރ. އިޔާޒް އަށް މިނިސްޓްރީގެ މުވައްޒަފު ދެންނެވި ކަމަށް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

އަދި އެކަން އެގޮތައް ހަމަޖެއްސެވީ ކޮން ފަރާތަކުންތޯ ޑރ އިޔާޒް އެއްސެވެމުން އެއީ ޑެޕިޔުޓީ މިނިސްޓަރ މުޠީޢު ކަމަށް މިނިސްޓްރީގެ މުވައްޒަފު ދެންނެވި ކަމަށް ޑރ އިޔާޒް ވިދާޅުވިއެވެ.

ފަހުން އެއީ މިނިސްޓަރ ނުވަތަ މިނިސްޓްރީގެ ނިންމުމެއްތޯ ސާފުކޮށްދެއްވުމަށް އެދި މިނިސްޓްރީ އަށް ފޮނުއްވި ސިޓީ އަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

"އިސްލާމްދީނަށް ޙުރުމަތްކޮށް ހިއްތެވުމަށް މާތް ﷲ ގަންދީ ހުވާކުރައްވައިގެން ހުންނަވާ މިފަދަ ދަށުދަރަޖައިގެ އަމަލެއް މިނިސްޓަރ ހިންގަވާތީ އެކަމާ ނުހަނު ހިތާމަ ކުރަމެވެ." ކްލާސް ހުއްޓާލެއްވީ ޑރ. އިޔާޒް އަމިއްލަ އަށް ކަމަށް ދޭހަވާ ގޮތައް މިނިސްޓަރ ޝަހީމް ދޮގު ޚަބަރު ފަތުރާފައިވާ މައްސަލައިގައި ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް ވަނީ ޑރ. ޝަހީމް އަށް ތައުބާވުމަށް ގޮވާލައްވާފައެވެ.

ޑރ އިޔާޒް ވިދާޅުވީ، މީގެ ކުރިންވެސް ކަމެއް ދިމާވެއްޖެނަމަ، ނުވަތަ ރަށުން ބޭރަށް ދާންޖެހިއްޖެނަމަ ދަރުސް މެދުކަނޑާލާފައި، އެނބުރި ވަޑައިގެން އަލުން ފަށައިގެން ކުރިޔަށް ގެންދަވާ ކަމަށެވެ.

"މިފަހަރު ޙުކުމް ބަދަލުވެގެން މިއުޅެނީ ޙަމާސް ޖަމާޢަތުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލުމާއި ގުޅިގެން އެމަނިކްފާނުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކޮށްދިނުމަށް އެދުމުން، ބަޔަކު މީހުންގެ ފިއްތުމާއި ހުރެ އެކަން ކުރައްވަން ކެރިވަޑައިނުގެން، އެކަމުގެ މަތިޖެއްސެވުމަށް ކުރައްވާ ސިލްސިލާ ކަންތައްތަކެއް،" ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު