Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރީ ޓޮޕްގެ މައްސަލަތަކެއް

ޓްރީ ޓޮޕް ހޮސްޕިޓަލުން ބަލި މީހުންނާއި މެދު އިހުމާލުވި ކަމަށް ބުނާ މައްސަލަތަކެއް ބަލަން ފަށައިފި

އެ ހޮސްޕިޓަލްގެ ޚިދުމަތް ދޭން ފެށިފަހުން މިހާތަނަށް ކޮލިޓީ ކެއަރ އޮޑިޓް ހަދާފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 އޮކްޓޯބަރު 2023 | ބުރާސްފަތި 04:07
ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން ބަލި މީހުންނާއި މެދު އިހުމާލުވި ކަމަށް ބުނާ މައްސަލަތަކެއް ބަލަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

މިފަހުން ވަނީ ޓްރީ ޓޮޕާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ސޯޝަލް މީޑިއާގައި ފެންމަތިވެފައެވެ. އޭގެ ތެރޭގައި ކެންސަރު ސްޓޭޖް 4 ގައި ހުރި މީހަކަށް ފަރުވާ ދިނުމުގައި އިހުމާލުވެ، މީހަކު މަރުވި މައްސަލައަކާއި، ބަނޑުގެ އޮޕަރޭޝަނެއްގައި ގޮހަރު ބުރިވެ މީހަކު ހާލުބޮޑުވި މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން ވެސް ގިނަ މައްސަލަތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިކޮށްފައެވެ.

މިމައްސަލަތަކާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީން ބުނީ މިކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ފާހަގަވާ ބައެއް މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި ރަސްމީކޮށް މިމަހުގެ 17 ވީ އަންގާރަ ދުވަހު އެއް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އެމައްސަލަ ވެސް ބަލަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިމަހުގެ 15ވީ އާދިއްތަ ދުވަހު ހެލްތް މިނިސްޓްރީން ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކޮށް މި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި މައްސަލަތަކާއި ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި މުޒާހަރާ ކުރަމުންދާ އާއިލާއާއި ބުދަ ދުވަހު ހެލްތް މިނިސްޓްރީން ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އަދި މިފަދަ ބޮޑެތި މައްސަލަތައް ބެލުމުގައި ދުވަސް ނަގާނެ ކަމަށާއި، އެމައްސަލަތައް ބަލާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތަކާއި އިންޓާނަލް ރިވިއުތައް ވެސް ބަލަމުންގެންދާއިރު، އެ ހޮސްޕިޓަލްގެ ޚިދުމަތް ދޭން ފެށިފަހުން މިހާތަނަށް ކޮލިޓީ ކެއަރ އޮޑިޓް ހަދާފައިނުވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގެ ޚިދުމަތް ދޭ ހޮސްޕިޓަލަކަށްވާއިރު، ޚިދުމަތް ލަސްވުމުގެ ޝަކުވާއާއި، އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭ މައްސަލަ އަދި ބަލި މީހުންނަށް އިހުމާލުވާ މައްސަލަ ވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ. ޚިދުމަތުގެ އަގު ވަރަށް ބޮޑު ނަމަވެސް އެއީ ފަރުވާ ހޯދަން އެކަށީގެންވާ ފެންވަރުގެ ހޮސްޕިޓަލެއް ނޫން ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ނުރުހުންފާޅު ކޮށް މުޒާހަރާކުރަމުންދާއިރު، އެ ހޮސްޕިޓަލުން މިދިޔަ ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި، ބުނެފައިވަނީ ރަސްމީކޮށް މައްސަލަ ހުށަހެޅުމުން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ޓްރީ ޓޮޕްގެ އިހުމާލުން އެތައް ބަޔަކަށް އަނިޔާވެ، ދުނިޔެ ދޫކޮށްފައިވާ ކަމަށާއި، ރަސްމީކޮށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ޓްރީ ޓޮޕުން މައްސަލަތައް ބެލި ނަމަވެސް އިންސާފު ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި، ހޮސްޕިޓަލްގެ މައްސަލަތައް ހެލްތް މިނިސްޓްރީއަށް ހުށަހަޅާފައިވާކަން މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ. އަދި އިންސާފު ލިބެން އަޑު އުފުލާނެ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު