Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ޑޮކްޓަރުންގެ މުސާރަ

ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރާއްޖޭގައި މަސައްކަތް ކުރާ ފެންވަރު ރަނގަޅު ޑޮކްޓަރުން ރާއްޖެ ދޫކޮށް ދިއުމުގެ ބިރު ބޮޑުވެއްޖެ

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލު ކަމުގައިވާ ޓްރީޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބޭރުގެ ޑޮކްޓަރުންނަށް ޑޮލަރުން މުސާރަ ދިނުން ނިމުމަކަށް ގެނައި ކަމަށް އެފަރާތްތަކަށް ވަނީ އަންގާފައި

ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2024 | ހޯމަ 14:25
ހޮސްޕިޓަލެއްގެ ކޮރިޑޯގައި މެޑިކަލް ސްޓާފަކު ހަރަކާތްތެރިވަނީ

ހޮސްޕިޓަލެއްގެ ކޮރިޑޯގައި މެޑިކަލް ސްޓާފަކު ހަރަކާތްތެރިވަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފް ކުރި ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ފެންވަރު ރަނގަޅު ޑޮކްޓަރުން ރާއްޖެ ދޫކޮށް ދިއުމުގެ ބިރު ބޮޑުވެއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލު ކަމުގައިވާ ޓްރީޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބޭރުގެ ޑޮކްޓަރުންނަށް ޑޮލަރުން މުސާރަ ދިނުން ނިމުމަކަށް ގެނައި ކަމަށް އެފަރާތްތަކަށް ވަނީ އަންގާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ބޭރުގެ ޑޮކްޓަރުންނާ އެކު ހޮސްޕިޓަލުން ހަދާފައިވާ ކޮންޓްރެކްޓްގައި މުސާރަ ދޭނީ ޑޮލަރުން ކަމަށް ވަނީ ކަނޑައަޅާފައެވެ.

"ސަރުކާރުން ތައާރުފް ކުރި ޑޮލަރު މާރު ކުރުމުގެ ގަވައިދުގެ ސަބަބުން، ހޮސްޕިޓަލު ހިންގާ ފަރާތްތަކުން މިހާރު ބުނެފައިވަނީ މުސާރަ ދޭން ޑޮލަރު ނުލިބޭނެ ކަމަށް، އެއީ އެމްއެމްއޭ އިން އަންގާފައިވާ އުސޫލުން ޑޮލަރު މާރު ކުރީމާ ޑޮލަރު ނުހުންނާނެ ކަމަށް ބުނަނީ،" ނަން ނުޖެހުމަށް ޝަރުތު ކޮށް ހޮސްޕިޓަލުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރުފިޔާ އިން މުސާރަ ދޭ އިރު މުސާރަ ހިސާބު ކުރަން ޖެހެނީ އެމްއެމްއޭ ރޭޓުން ކަމަށް ވުމާއެކު އެއީ ވެސް ޑޮލަރުން މުސާރަ ދޭ މުވައްޒަފުންގެ ޝަކުވާ އެއް ކަމަށެވެ.

"ޕްރެފެޝަނަލް ބޭފުޅުން ބޭނުމެއް ނުވާނެ ކަޅު ބާޒާރުން ޑޮލަރު ގަންނަން ތަންތަނަށް ދާކަށް، އެހެން ނަމަވެސް ރަސްމީ ރޭޓެއް އޮއްވާ އަޅުގަނޑުމެންނަކަށް އެނޫން ރޭޓަކުން މުސާރަ ކަލްކިއުލޭޓެއްވެސް ނުކުރެވޭނެ؛" އޭނާ ވިދާޅުވިއެވެ.

މައްސަލަ ހައްލު ކުރުމަށް އެމްއެމްއޭ އަށް ހޮސްޕިޓަލުގެ ފަރާތުން ސިޓީ އަކުން ދެންނެވި ކަމަށާއި އެހެން ނަމަވެސް އެދެވޭ ޖަވާބެއް އެމްއެމްއޭ އިން ދީފައި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮލަރުން މުސާރަ ދޭ ޕްރޮފެޝަނަލުންނަށް މުސާރަ ދިނުމުގެ ސިޔާސަތައް މިއައި ބަދަލު މިހާރު ވަނީ ސިޓީ އަކުން އަންގާފައެވެ.

"ވަރަށް ގިނަ ޑޮކްޓަރުންގެ ހިތްހަމަ ނުޖެހުން އެބައޮތް، ޝަކުވާވެސް އެބަ ކުރޭ؛" ޓްރީޓޮޕްގެ އޮފިޝަލް ވިދާޅުވިއެވެ.

ޑޮލަރުން މުސާރަ ކަނޑައަޅާފައިވާ ފަރާތްތަކަށް އެމްއެމްއޭ ރޭޓުން ރުފިޔާ އަށް ބަދަލު ކުރުމުން، ކަޅު ބާޒާރުން ޑޮލަރު ގަންނަ ނަމަ، ދެތިން ހާސް ރުފިޔާގެ ގެއްލުމެއް އެފަރާތްތަކަށް ވާނެ ކަން ފާހަގަ ކުރެވެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ސަރަހައްދީ ޑޮކްޓަރުންގެ އިތުރުން ޔޫރަޕް އަށް ނިސްބަތްވާ ޑޮކްޓަރުންވެސް މަސައްކަތް ކުރާ ހޮސްޕިޓަލެކެވެ.

މުސާރައިގެ ޕޮލިސީ އަށް މިއައި ބަދަލާ ގުޅިގެން ފެންވަރު ރަނގަޅު ޑޮކްޓަރުން ރާއްޖެ ދޫކޮށް ހިނގައިދާނެތޯ ދެންނެވުމުން، ޓްރީޓޮޕް ގެ އޮފިޝަލް ވިދާޅުވީ، މިކަމަށް ހައްލެއް ނުހޯދިއްޖެ ނަމަ މިއަށްވުރެ ފަހިކޮށް ކަންކަން ހަމަ ޖެހިފައިވާ އެހެން ގައުމުތަކަށް އެމީހުން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްރީޓޮޕް ހިންގާ ކުންފުނީގެ ހިއްސާދާރުންނަކީ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނެވެ. އެމްއެމްއޭ އިން ޑޮލަރު މާރު ކުރުމުގެ ގަވައިދު އާންމު ކުރުމާއެކު ކުރިން އެފަރާތްތަކުން ހޮސްޕިޓަލް ހިންގުމަށް ޑޮލަރުން ވަމުން އައި ހިއްސާ އެގޮތައް ކުރިއަށް ގެންދެވެން ނެތް ކަން މިހާރު ވަނީ ހޮސްޕިޓަލުގެ މެނޭޖްމަންޓަށް އަންގާފައެވެ.

އެނެއްކޮޅުން ރާޢްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިންނަށް އެމީހުންގެ މުސާރަ ގައުމަށް ފޮނުވުމަށް ބޭނުންވާ ޑޮލަރު ގަންނަން ނުލިބޭ މައްސަލަ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އެމްއެމްއޭ އަށް ވަނީ ހުށަހަޅާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ހައިކޮމިޝަނުން އެދިފައިވަނީ މަސައްކަތްތެރިންނަށް ބޭނުންވާ ޑޮލަރު ގަތުމަށް ބޭނުންވާ މިންވަރު ބޭންކު ތަކަށް ޑޮލަރު ދޫކުރުމުގައި އެމްއެމްއޭ އިން އިތުރު ކޮށްދިނުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައު ބާވަތުގެ ކޮރޯނާ ވައިރަސް އާ އެކު މުޅި ދުނިޔެއަށް އިތުރު ހާސްކަން

އައު ބާވަތުގެ ކޮރޯނާ ވައިރަސް އާ އެކު މުޅި ދުނިޔެއަށް އިތުރު ހާސްކަން

22 ޑިސެމްބަރު 2020
ވައިރަހުގެ އައު ބާވަތެއްގެ ނުރައްކަލާއެކު ސައުދީގެ ބޯޑަރު ބަންދުކޮށްފި

ވައިރަހުގެ އައު ބާވަތެއްގެ ނުރައްކަލާއެކު ސައުދީގެ ބޯޑަރު ބަންދުކޮށްފި

21 ޑިސެމްބަރު 2020
ކޮވިޑް-19 ވެކްސިން ގަތުމުގެ އެއްބަސްވުންތައް ގައުމުތަކުން މޮޑާނާ އާއެކު ހަދަން ފަށައިފި

ކޮވިޑް-19 ވެކްސިން ގަތުމުގެ އެއްބަސްވުންތައް ގައުމުތަކުން މޮޑާނާ އާއެކު ހަދަން ފަށައިފި

05 އޯގަސްޓު 2020
ދެ ވޮލިންޓިއަރުންނާއެކު އޮކްސްފޯޑް ޔުނިވަރސިޓީގެ ކޮވިޑް-19 ވެކްސިން ޓްރައަލް ފަށައިފި

ދެ ވޮލިންޓިއަރުންނާއެކު އޮކްސްފޯޑް ޔުނިވަރސިޓީގެ ކޮވިޑް-19 ވެކްސިން ޓްރައަލް ފަށައިފި

23 އެޕްރީލު 2020
ކޮވިޑް-19 ގެ ނުރައްކަލާ އެކު ޖަރުމަނުގައި ދިރިއުޅޭ ދިވެއްސެއްގެ ވާހަކަ

ކޮވިޑް-19 ގެ ނުރައްކަލާ އެކު ޖަރުމަނުގައި ދިރިއުޅޭ ދިވެއްސެއްގެ ވާހަކަ

18 މާރިޗު 2020

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު