Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަނު ޤައުމީ ޓީމު

ފަހަތުން އަރައި ޖަރުމަނުން އެމެރިކާ ބަލިކޮށްފި

އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗު ޖަރުމަނުން ކާމިޔާބު ކުރީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2023 | ހޯމަ 00:21
ޖަރުމަނުން އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނުން އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނު މޮޅުވެއްޖެ އެވެ.

އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗު ޖަރުމަނުން ކާމިޔާބު ކުރީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. މެޗު ފަށައިގެން 27 ވަނަ މިނެޓުގައި އެމެރިކާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ. އޭނާ އެ ލަނޑު ޖެހީ ފޮލަރިން ބަލޯން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަރުމަނުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިލްކާއީ ގުންޑޮގާން އެވެ. ޖަރުމަނުން އެ ޓީމުގެ ފަހު ދެ ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ނިކްލަސް ފުލްކްރަގް އެވެ. އޭނާ އެ ލަނޑު ޖެހީ ރޮބިން ގޮސެންސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ޖަރުމަނުގެ ތިން ވަނަ ލަނޑު 61 ވަނަ މިނެޓުގައި ޖަމާލް މުސިއާލާ ޖެހީ ފުލްކްރަގް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ޖަރުމަނުން އަންނަނީ އަންނަ އަހަރު އެ ޤައުމުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން މިއީ އެ ޓީމުގެ ކޯޗުކަމާ ހޫލިއަން ނާގަލްސްމަން ހަވާލުވި ފަހުން ޖަރުމަނު ކުޅުނު ފުރަތަމަ މެޗެވެ. ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުގައި އެ ޓީމުން މި މަހުގެ 18 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށް ވެސް ނިކުންނާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޭވިސްކަޕް: އެމެރިކާ ބަލިކޮށް އޮސްޓްރެލިއާ ސެމީއަށް

ޑޭވިސްކަޕް: އެމެރިކާ ބަލިކޮށް އޮސްޓްރެލިއާ ސެމީއަށް

09 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު