Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް، 10 ބިލިއަން ޑޮލަރުގެ މައްސަލައެއް ޓްރަމްޕް ހުށަހަޅުއްވައިފި

ޖާނަލްގެ ރިޕޯޓުގައި ބުނެފައި ވަނީ 2003 ވަނަ އަހަރު އެޕްސްޓީންގެ އުފަންދުވަހު ފޮނުވި މެސެޖެއްގައި ޖިންސީ ގޮތުން އިޝާރާތް ކޮށްފައިވާ ކުރެހުމަކާ އެކު، ޑޮނަލްޑް ޓްރަމްޕްގެ ސޮއި ހިމަނާފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖުލައި 2025 | ހޮނިހިރު 07:40
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް 10 ބިލިއަން އެމެރިކާ ޑޮލަރުގެ މައްސަލައެއް ހުށަހަޅުއްވައިިފި އެވެ. 

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ ޓްރަމްޕް ވަނީ، ވޯލް ސްްޓްރީޓް ޖާނަލް، ރޫޕާޓް މަރްޑޯކް ހިމެނޭ ގޮތަށް، އެ ޖާނަލްގެ ވެރިންނާ ދެކޮޅަށް މަދު ވެގެން 10 ބިލިއަން އެމެރިކާ ޑޮލަރުގެ ދައުވާ އެއް ކޮށްފަ އެވެ. އެ މައްސަލަ އަކީ 2003 ވަނަ އަހަރު ޖެފްރީ އެޕްސްޓީންގެ އުފަން ދުވަހުގެ ތަހުނިޔާ މެސެޖެއް ފޮނުވިއިރު ޓްރަމްޕްގެ ނަން އަދި ސޮއި ހިމަނާފައިވާ ކަމަށް ބުނެ ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ހުށަހަޅާފައިވާ ދައުވާ އެކެވެ. 

އެމެރިކާގެ މިއާމީގެ ފެޑަރަލް ކޯޓަށް ހުށަހަޅާގައިވާ ދައުވާގައި މަރްޑޯކް، ޑައު ޖޯންސް، ނިއުސް ކޯޕަރޭޝަން އަދި އެ ކުންފުނީގެ އެކްޒެކްޓިކް ރޮބާޓް ތޯމްސަންގެ އިތުރުން، ވޯލް ސްޓްރީޓް ޖާނަލްގެ ދެ ރިޕޯޓަރުންނަކީ ދައުވާ ލިބޭ ބައެއްގެ ގޮތުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އެ އެ މީހުން ޓްރަމްޕްގެ އަބުުރު ކަތިލައި، އަބުރު ގެއްލޭ ގޮތަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ އިތުރުން، މާލީ ގޮތުން ގެއްލުން ތަކެއް ކުރިމަތި ކޮށްފައިވާ ބައެއް ކަމަށް ވަނީ ބުނެފަ އެވެ. 

ޖާނަލްގެ ރިޕޯޓުގައި ބުނެފައި ވަނީ 2003 ވަނަ އަހަރު އެޕްސްޓީންގެ އުފަންދުވަހު ފޮނުވި މެސެޖެއްގައި ޖިންސީ ގޮތުން އިޝާރާތް ކޮށްފައިވާ ކުރެހުމަކާ އެކު، ޑޮނަލްޑް ޓްރަމްޕްގެ ސޮއި ހިމަނާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ މެސެޖު ވަނީ ނުރަނގަޅު ގޮތެއްގައި ބޭނުން ކޮށްފައި ކަމަށެވެ. 

ޑައު ޖޯންސްގެ ފަރާތުން ބުނެފައި ވަނީ، އެ ރިޕޯޓުގެ ޞައްޙަކަމާ މެދު ފުރިހަމަ ޔަގީންކަން އޮތް ކަމަށާއި، އެ މައްސަލައިގައި ވަރުގަދަ އަށް ދިފާއު ވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ކާމިޔާބު ހޯދުމަށްޓަކައި، ޖާނަލްގެ ފަރާތުން އެ ރިޕޯޓަކީ ދޮގެއްކަން އެނގި ތިބެ، ނުވަތަ އެ ރިޕޯޓުގެ ޞައްޙަކަން ޔަގީން ނުކޮށް ޝާއިއު ކުރިކަމަށް ޓްރަމްޕްގެ ފަރާތުން ސާބިތު ކޮށްދޭން ޖެހޭނެ އެވެ. 

ޖިންސީ ކުށްތަކާ ގުޅިގެން އޭނާ ނިއު ޔޯކް ޖަލެއްގައި ހުއްޓައި، 2019 ވަނަ އަހަރު ވަނީ އަމިއްލަ އަށް މަރުވެފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، 2006 ވަނަ އަހަރު އެޕްސްޓީންގެ ޤާނޫނީ މައްސަލަތައް ފެންމަތިވެ، އޭނާ ކުށްވެރިވުމުގެ ކުރިން އޭނާއާ އޮތް ގުޅުން ނިމުމަކަށް ގެނެސް، ގުޅުން ކަނޑާލާފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު