Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފްސާނީ ދުޅަހެޔޮކަން

ނަފްސާނީ ދުޅަހެޔޮކަމަކީ ފަރުދީ ދުޅަހެޔޮކަމުގެ މައިގަނޑު އަސާސް - ފަޒްނާ

15 އޮކްޓޯބަރު 2023 | އާދީއްތަ 10:09

ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ސިޔާސީ ވިސްނުމުގެ ސަބަބުން، ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ގައުމީ މަރުކަޒު އުފެދިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 އޮކްޓޯބަރު 2023 | އާދީއްތަ 10:09
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު

ނަފްސާނީ ދުޅަހެޔޮކަމަކީ ސެކަންޑަރީ ކަންބޮޑުވުމެއްނޫން ކަމަށާއި، އެއީ ފަރުދީ ދުޅަހެޔޮކަމުގެ މައިގަނޑު އެއް އަސާސްކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ވިލާ ނޯޓިކާގައި ބޭއްވި އޮއިވަރު މެންޓަލް ހެލްތު ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޮންފަރެންސް ފެށުމުގެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަން ގަބޫލުކުރުމަކީ، ހުޅުވާލެވިފައިވާ މަޝްވަރާތަކަށް މަގުފަހިކޮށްދޭ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭ ފަރާތްތަކާއި، ސިއްހީ ޚިދުމަތްތެރިންނާއި، އަމިއްލަ ފަރުދުންވެސް ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް މުޖުތަމައަށް ބާރުއެޅޭނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި މި ކޮންފަރެންސްގެ ޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަނާ ވިދާޅުވީ "ޗޭންޖިންގ ކަރަންޓްސް: ފޯމިންގ ކަނެކްޝަންސް"އަކީ، އަބަދުވެސް ބަދަލުވަމުންދާ ދުނިޔޭގައި ވަރަށް މުހިންމު ޝިއާރެއް ކަމަށެވެ. އެކަމަނާ ވިދާޅުވީ ހުރިހާ ބަދަލެއް ކޮންޓްރޯލް ނުކުރެވޭއިރު، ސިޔާސީ ވިސްނުމާއި ޑޭޓާ ލިބުމާއި ކެޕޭސިޓީއާ ގުޅިގެން، ނުފޫޒު ފޯރުވައި، އަޅުގަނޑުމެންގެ ޖަވާބުތައް ބައްޓަން ކުރެވިދާނެ ކަމަށެވެ.

މި ކޮންފަރެންސްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެކަމަނާ ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ސިޔާސީ ވިސްނުމުގެ ސަބަބުން، ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ގައުމީ މަރުކަޒު އުފެދިފައިވާކަމަށެވެ.

އަދި މިކަމުގެ ސަބަބުން އިން ޕޭޝަންޓް ސައިކޭޓްރީގެ ޚިދުމަތްފުޅާވެ، ތެރަޕިއުޓިކް ޚިދުމަތްތަކަށް އާސަންދަ ކަވަރޭޖް އިތުރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއްގެ ތެރެއިން ފިޒިކަލް ފިޓްނަސްއާއި ކުޅިވަރު ކުރިއެރުވުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ޖީއޭޕީ ތަމްރީނު އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މަތީ ތަޢުލީމުގެ ސްކޮލާރޝިޕްތައް ފޯރުކޮށްދިނުމާއި، މާލޭ ސަރަހައްދުން ބޭރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފުޅާކުރުން ހިމެނޭކަމުގައެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން މިހާރު ލިބެންހުރި ތަފާސް ހިސާބުތަކަކީ ނިސްބަތުން މަދު، އަދި ގިނަ ދުވަސްވެފައިވާ ތަފާސް ހިސާބުތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ، ނަފްސާނީ ބަލިތަކުން ރައްކާތެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޓަވެންޝަންތައް އެންމެ ބޭނުންވާނެ ހާލަތާއި އެ ވަގުތުތައް ދެނެގަތުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ފަހުގެ ތަފާސް ހިސާބުތައް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމުގެ ގާބިލުކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން އަވަހަށް ދެނެގަނެ، ބަލިން ރައްކާތެރިވެ، ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ހޯދުމުގެ ގާބިލުކަން އިތުރުކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި މުޖުތަމައުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ނަފްސާނީ ދުޅަހެޔޮކަމަށް އެއްބާރުލުން ދިނުމަށް ބާރުއަޅުއްވަމުން އެކަމަނާ ވިދާޅުވީ، އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކުރުމަކީ ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށާއި، ޑުޕްލިކޭޓްވުމުން ދުރުހެލިވުމަށް ވަރަށް މުހިންމުކަމެއްކަމުގައެވެ.

ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުން ފަށާފައިވާ، ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އޮއިވަރު މެންޓަލް ހެލްތު ކޮންފަރެންސް"ގެ މަގުސަދަކީ، ނަފްސާނީ ބަލިތަކާއި އެފަދަ އެހެން ކަންކަމަށް ހައްލެއް ހޯދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2018

ނަފްސާނީ ބައްޔަށް ފަރުވާދިނުމުގެ ގައުމީ އޮނިގަނޑާ އެކު އިބޫގެ ސިއްޚީ ސިޔާސަތު ހާމަކުރައްވައިފި

11 ސެޕްޓެމްބަރު 2018
ނަފްސާނީ ބައްޔަށް ފަރުވާދިނުމުގެ ގައުމީ އޮނިގަނޑާ އެކު އިބޫގެ ސިއްޚީ ސިޔާސަތު ހާމަކުރައްވައިފި
08 ސެޕްޓެމްބަރު 2018

ފަރުދީ މިނިވަންކަން ހޯދަން ލިބޭ ފުރުސަތަކީ އިބޫ: އިވާ

08 ސެޕްޓެމްބަރު 2018
ފަރުދީ މިނިވަންކަން ހޯދަން ލިބޭ ފުރުސަތަކީ އިބޫ: އިވާ
03 އޯގަސްޓު 2018

ނަފްސާނީ ބަލިތައް ފެތުރިފައިވާ މިވެށި ބަދަލު ކުރުމަށް ޙައްޖުން ލިބޭ ފިލާވަޅު ލިބިގަނެ އަމަލުތައް އިސްލާހު ކުރަންޖެހޭ: ޚުތުބާ

03 އޯގަސްޓު 2018
ނަފްސާނީ ބަލިތައް ފެތުރިފައިވާ މިވެށި ބަދަލު ކުރުމަށް ޙައްޖުން ލިބޭ ފިލާވަޅު ލިބިގަނެ އަމަލުތައް އިސްލާހު ކުރަންޖެހޭ: ޚުތުބާ
14 މެއި 2018

ނަފްސާނީ ބައްޔަށް އަލީ ހަމީދު ފަރުވާ ހޯއްދަވަން ފައްޓަވައިފި

14 މެއި 2018
ނަފްސާނީ ބައްޔަށް އަލީ ހަމީދު ފަރުވާ ހޯއްދަވަން ފައްޓަވައިފި
24 އެޕްރީލު 2018

މުހުތާޒް ބާއްވާފައި އޮންނަނީ ޑެތު ރޯގައި، ބޭނުމަކީ ވަކި ބައެއްގެ ހިތްހަމަޖެހުމަށް ނަފްސާނީ ގޮތުން ބަލިކަށިކޮށްލުން: އާއިލާ

24 އެޕްރީލު 2018
މުހުތާޒް ބާއްވާފައި އޮންނަނީ ޑެތު ރޯގައި، ބޭނުމަކީ ވަކި ބައެއްގެ ހިތްހަމަޖެހުމަށް ނަފްސާނީ ގޮތުން ބަލިކަށިކޮށްލުން: އާއިލާ
19 ޑިސެމްބަރު 2017

ވަކި މެމްބަރެއްގެ ފަރުދީ ބަހަކީ ޕާޓީގެ ރަސްމީ ބަސްކަމުގައި ބަލާނަމަ ޕާޓީތަކުގެ ގުޅުމަށް ބުރޫ އަރާނެ: ޑރ. މައުސޫމު

19 ޑިސެމްބަރު 2017
ވަކި މެމްބަރެއްގެ ފަރުދީ ބަހަކީ ޕާޓީގެ ރަސްމީ ބަސްކަމުގައި ބަލާނަމަ ޕާޓީތަކުގެ ގުޅުމަށް ބުރޫ އަރާނެ: ޑރ. މައުސޫމު
23 އޮކްޓޯބަރު 2017

ސަޕްލިމެޓްރީ ބަޖެޓް: ފޮނުވާފައިވަނީ 493 މިލިއަން ރުފިޔާ، މައިގަނޑު ގޮތެއްގައި ކަނޑައަޅާފައިވަނީ އެންސްޕާއަށާއި ބައި-އިލެކްޝަން ތަކަށް!

23 އޮކްޓޯބަރު 2017
ސަޕްލިމެޓްރީ ބަޖެޓް: ފޮނުވާފައިވަނީ 493 މިލިއަން ރުފިޔާ، މައިގަނޑު ގޮތެއްގައި ކަނޑައަޅާފައިވަނީ އެންސްޕާއަށާއި ބައި-އިލެކްޝަން ތަކަށް!
23 އޮކްޓޯބަރު 2017

އިބްތިހާލް މަރާލީ އާފިޔާގެ އަމިއްލަ އިޚްތިޔާރުގައި، ސައިކޯޓިކް ޑިސްއޯޑާއެއް ނެތް: ނަފްސާނީ ބަލިތަކުގެ ތަޖުރިބާކާރު

23 އޮކްޓޯބަރު 2017
އިބްތިހާލް މަރާލީ އާފިޔާގެ އަމިއްލަ އިޚްތިޔާރުގައި، ސައިކޯޓިކް ޑިސްއޯޑާއެއް ނެތް: ނަފްސާނީ ބަލިތަކުގެ ތަޖުރިބާކާރު
27 ސެޕްޓެމްބަރު 2017

އަނިޔާ ހުއްޓުވުމަކީ ފަރުދީ ޒިންމާއެއް، އަޑުއުފުލަން ނުކުންނަވާ:ޔުމްނާ

27 ސެޕްޓެމްބަރު 2017
އަނިޔާ ހުއްޓުވުމަކީ ފަރުދީ ޒިންމާއެއް، އަޑުއުފުލަން ނުކުންނަވާ:ޔުމްނާ
02 އޯގަސްޓު 2017

ރިޔާޒުގެ ޝަރީއަތް: މައިގަނޑު ދެ ނުކުތާއަކާ އެކު، ސާބިތުނުވާ ކަމަށް ކުރި ހުކުމް ބާތިލް ކުރަން ހުށަހަޅައިފި

02 އޯގަސްޓު 2017
ރިޔާޒުގެ ޝަރީއަތް: މައިގަނޑު ދެ ނުކުތާއަކާ އެކު، ސާބިތުނުވާ ކަމަށް ކުރި ހުކުމް ބާތިލް ކުރަން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް