Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޣައްޒާގެ ހާލަތު

ޣައްޒާގައި މިހާރު އަޅަނީ ބަލިމަޑުކަމުގެ އިންޒާރުގެ ރަނގަބީލެއް ނޫނެވެ... ބަލިމަޑުކަން ފެތުރިއްޖެއެވެ. އަދިވެސް ތިބެންވީ ހެއްޔެވެ.

ޛަރޫރީ ކާބޯތަކެއްޗާއި ބޯފެނާއި، ބޭސްފަރުވާގެ ޚިދުމަތްވެސް މިއަދު ޣައްޒާގައި ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2023 | ހުކުރު 14:14
ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި، ޣައްޒާގެ ކުޑަކުދިންގެ މެދުގައި ބަލިތައް ފެތުރިދާނެ ކަމުގެ އިންޒާރު ޑޮކްޓަރުންވަނީ ދީފައި

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި، ޣައްޒާގެ ކުޑަކުދިންގެ މެދުގައި ބަލިތައް ފެތުރިދާނެ ކަމުގެ އިންޒާރު ޑޮކްޓަރުންވަނީ ދީފައި

ޣައްޒާގެ ދެކުނުގެ އަވަށެއް ކަމަށްވާ ޚާން ޔޫނިސްގައި ހުންނަ ނާޞިރު މެޑިކަލް ކޮމްޕްލެކްސްގެ ކުޑަކުދިންގެ ވޯޑުގައި ހުރި ޑރ އަޙްމަދު އަލް-ފައްރާ ވަށާލާފައި ވަނީ އެކިއެކި ބަލިތައް ތަހައްމަލު ކުރަމުންދާ ކުޑަކުދިންނާއި، ކަންބޮޑުވެ، ހާސްވެ، މާޔޫސްކަމުގައި ތިބި މައިންބަފައިންނާއި ބެލެނިވެރިންނެވެ. މުޅި ތަނަށް ވެރިވެފައި އޮތީ ނުތަނަވަސްކަމާއި ހިތްދަތިކަމެވެ. ޔަހޫދީންގެ ޤަތުލުޢާންމު 2 މަހަށް ވުރެ ގިނަ ދުވަހަށް ދިގުލައި ގޮސްފައި ވާ އިރު، ޣައްޒާގެ ރަށްވެހިންނަށް މިއަދު ދިރިއުޅެން މަޖުބޫރުވެފައި ވަނީ މީހަކަށް ޚިޔާލަށްވެސް ނުގެނެވޭހާ ދަތި ގޮތަކަށެވެ. އިޒްރޭލުގެ ޢުދުވާންތަކުގެ އިތުރަށް، ދެންވެސް އަޅަމުންދާ ދަތިކުރުމުގެ އެތައް ފިޔަވަޅަކާ ހެދި، ޣައްޒާގެ ޢާންމު ޙާލަތު މިއަދު އޮތީ ދުލާއި ގަލަމުން ބަޔާންކޮށްދެވޭ ވަރަށް ނިކަމެތި ފައްތަރެއްގައެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގައި މިއަދު ގިނައީ ގެދޮރު ގެއްލިފައި ވާ މީހުންނެވެ. ވަގުތީ ހިޔާތައް ފުރި ބާރުވެފައެވެ. ސާފު ތާޚިރުކަން ބެލެހެއްޓޭނެ އިންތިޒާމެއް، ނުވަތަ ގޮތެއްވެސް ނެތެވެ. ޛަރޫރީ ކާބޯތަކެއްޗާއި ބޯފެނާއި، ބޭސްފަރުވާގެ ޚިދުމަތްވެސް މިއަދު ޣައްޒާގައި ނެތެވެ. މި ހުރިހާ ކަމެއްގައި އެންމެ ތަކުލީފެއް އުފުލަމުން ދަނީ ޣައްޒާގެ ކުޑަކުދިންނެވެ. ޢުދުވާންތަކުގައި ފުރާނަ ގެއްލިދިއުމާއި، ޒަޚަމްވުމުގެ އިތުރަށް، ނުސީދާ ގޮތުންވެސް އެންމެ ބޮޑު އަސަރެއް ކުރަމުން ދަނީ ޣައްޒާގެ ކުޑަކުދިންނަށެވެ. ނަފުސާނީ ބަލިމަޑުކަމާއި، ޖިސްމާނީ އެތައް ބައްޔެއްގެ ޝިކާރައަކަށް ވާ ކުޑަކުދިންގެ ޢަދަދު އިންތިހާއެވެ. އަދުގެ ޙާލަތު އަދިވެސް އިތުރަށް ދިގުލައި ދާން ވެއްޖެ ނަމަ، އަދިވެސް އިތުރު ކުދިން ބަލިވަމުން ދާނެ ކަމުގެ އިންޒާރު، ޑރ ފައްރާ ވަނީ ދެއްވާފައެވެ.

ނާޞިރު ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑު މިހާރުވެސް އޮތީ ފުރިފައެވެ. އެކަށީގެންވާ ވަރަށް ވުރެ މާ ގިނަ ޢަދަދެއްގެ ޕޭޝަންޓުން އެބަ ތިއްބެވެ. ކުޑަކުދިންގެ މެދުގައި ކުއްލިއަކަށް އާންމުވާން ފެށި ބައެއް ބަލިތަކަށް ބަލާއިރު ބަނޑުގެ ބަލިތަކާއި އިންފެކްޝަންތައް ހިމެނެއެވެ. އެއީ އެކަށީގެންވާ ކާބޯތަކެތި ނުލިބުމާއި، ތަޣައްޔަރު ވެފައި ވާ ފެން ބުއިމާ، ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެން މަޖުބޫރުވުމާއި، ޞިއްޙީ ގޮތުން ރައްކާތެރި މިންގަނޑުތަކަށް ފެތޭ ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން ކުރިމަތިލާން ޖެހިފައި ވާ ކަމެއް ކަމަށް ޑރ ފައްރާ ތަފްސީލު ކޮށްދެއްވިއެވެ.

ކިރިއާ ދެކަމު ހާޖަތަށް ގޮސްލެވޭ ފަދަ ފެންވަރުގައި ހުރި ތަންތަނުގައި އެތައް ސަތޭކަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެމުން ދާއިރު، ނުރައްކާތެރި ބަލިތަކެއް ފެތުރިގެން ހިނގައިދާނެ ކަމަށްވެސް ޑރ ފައްރާ ވަނީ އިންޒާރު ކުރައްވާފައެވެ. މިހާރުވެސް ކުޑަކުދިންގެ ވޯޑުގައި ތިބި ޕޭޝަންޓުންނަށް ބަލާއިރު، ހެޕަޓައިޓިސް-އޭގެ ކޭސްތައް އުޅޭކަން ޑރ ފައްރާ ފާހަގަ ކުރެއްވިއެވެ.

އޭނާގެ 3 އަހަރުން ދަށުގެ 3 ދަރިންނާއެކު ދިރިއުޅެމުންދާ ވަގުތީ ޓެންޓުގެ ބޭރުގައި ހުރި މުޙައްމަދު އަބޫ ޝަރްޚްގެ ވާހަކަތަކުންވެސް އިވުނީ ހަމަ އެ އަޑެވެ. ދިރިއުޅެން ޖެހިފައި އޮތް ޙާލަތުގެ ސަބަބުން، އޭނާގެ ޢާއިލާ ބަލިވަމުން ދާ ވާހަކައެވެ. އެކަށީގެންވާ ގޮތެއްގައި ދަރިންނަށް ފަރުވާ ދެވެން ނެތް ވާހަކައެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމު ހުއްޓުވުމަށް މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢު ނުކުޅެދިފައި ވާ އިރު، މުޅި ޣައްޒާގެ އެއްކޮޅުން އަނެއްކޮޅަށް ނިރުބަވެރިންގެ ޚުދުމުޚުތާރުކަން އޮތީ ފަތުރާލާފައެވެ. ޣައްޒާގެ ރަށްވެހިން، ޙިމާޔަތަށް އެދި ވަންނާނެ ހަމަ އެންމެ ފަންފުރާޅެއްވެސް މިއަދު އެ ރަށުގައި ނެތެވެ.

އަސްކަރީ ޢުދުވާންތަކާ ގުޅިގެން ޞިއްޙީ ބޭސްފަރުވާގެ އަވަސް ޚިދުމަތަށް ބޭނުން ޖެހޭ މިންވަރު އިތުރު ވަމުން ދާ ފަދައިން، ޣައްޒާ މިއަދު އޮތް ކާރިޘީ ޙާލަތުގެ ސަބަބުން އުފެދެމުންދާ އެކިއެކި ބަލިމަޑުކަމާ ގުޅިގެން ޞިއްޙީ ފަރުމާ ބޭނުންވާ މިންވަރުވެސް ދަނީ އިތުރު ވަމުންނެވެ. ޣައްޒާގެ ޞިއްޙީ ނިޒާމަށް މިއަދު ކުރިމަތިވެފައި އޮތް ކާރިޘީ ޙާލަތު ހެޔޮ ފާލަކަށް އެޅުވޭނެ ގޮތެއް މިވަގުތު ނެތް ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ އިންޒާރު ކޮށްފައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ އިދާރާތަކުން ޢާންމު ކޮށްފައި ވާ މަޢުލޫމާތަށް ބަލާއިރު، އިޒްރޭލުގެ ޢުދުވާންތަކުގައި މަރުވި މީހުންގެ ޢަދަދު 18000 އަށް ވުރެ މައްޗަށް އަރައެވެ. ޒަޚަމްވި މީހުންގެ ޢަދަދު ބައި ލައްކައަށް އަރައެވެ. މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ. ވީ ނުވީއެއް ނޭނގި ގެއްލިފައި ވާ މީހުންނާއި، މަރުވި ކަމަށް ނިންމާފައި ވާ މީހުންގެ ލިސްޓުގައި ވާ ނަންތައް، ހާހުން ގުނާލެވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިހާރު އެންމެ "ހިޓު" ވާހަކައަކީ ފައްތާހާއި ނަހުލާގެ ކޯޅުންގަނޑު!

މިހާރު އެންމެ "ހިޓު" ވާހަކައަކީ ފައްތާހާއި ނަހުލާގެ ކޯޅުންގަނޑު!

12 އޮކްޓޯބަރު 2017
ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

02 ސެޕްޓެމްބަރު 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު