Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނާސިސިސްޓެއްގެ ޝިކާރައަކަށް ވުން

ނާސިސިސްޓެއްގެ ޝިކާރައަކަަށްވާ މީހުންގެ ހައްގުގައި ދުވަހެއް ފާހަގަކުރާކަން އެނގޭތަ؟

ނާސިސިސްޓުންނަކީ ޕަރސަނަލިޓީ ޑިސްއޯޑާ ނުވަތަ ނަފްސާނީ ހާލަތެއް ހުންނަ ބައެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 ޖޫން 2024 | ހޮނިހިރު 12:38
ނާސިސިސްޓުންގެ ޝިކާރައަކަށް ވާ މީހުން ދައްކުވާދޭ އިލަސްޓްރޭޝަނެއް

ނާސިސިސްޓުންގެ ޝިކާރައަކަށް ވާ މީހުން ދައްކުވާދޭ އިލަސްޓްރޭޝަނެއް

ބަވަނަވަމުން، ހޭލުންތެރިވަމުން އަންނަ ދުނިޔޭގައި އެންމެ އާއްމުކޮށް ގިނަ ބަޔަކު ދައްކާ ވާހަކަ އަކީ މެންޓަލް ހެލްތް ނުވަތަ ނަފްސާނީ ސިއްހަތުގެ ވާހަކައެވެ. ނަފްސާނީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި ނަފްސާނީ ބަލީގެ ވޭނުގެ ވާހަކަ ދެއްކުން އާއްމުވި ނަމަވެސް އަދިވެސް ނަފްސާނީ ބަލިތަކާއި މެދު ގިނަ މީހުންނަށް އިނގެނީ ވަރަށް މަދު މައުލޫމާތުތަކެކެވެ. އެއީ ވަރަށް ތިލަ މައުލޫމާތުތަކެއްވެސް މެއެވެ. ނަފްސާނީ ބަލިތައް ތަހައްމަލްކުރަމުންދާ މީހުންގެ ތެރެއިން ބައެއް ކަހަލަ އަނިޔާތައް ތަހައްމަލްކުރާ މީހުންނަކީ އެހެންމީހެއްގެ އަމަލުތަކުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަން ދީލާލާފައިވާ މީހުންނެވެ. އޭގެ ތެރެއިން އެއް ބަޔަކީ ނާސިސިސްޓުންގެ ޝިކާރަކަށް ވާ މީހުންނެވެ.

ނާސިސިސްޓުންނަކީ ޕަރސަނަލިޓީ ޑިސްއޯޑާ ނުވަތަ ނަފްސާނީ ހާލަތެއް ހުންނަ ބައެކެވެ. އެފަދަ މީހުންނަކީ ބަލައިގަނެވޭ މިންވަރަށް ވުރެ ބޮޑަށް އަމިއްލަ ނަފްސު މުހިންމު ކަމަށް އިހުސާސްކުރެވޭ ބައެކެވެ. އެފަދަ މީހުންނަކީ އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަން ދަތި، އެހެން މީހުންނަށް އިޚުތިރާމްކުޑުން ކުޑަ ބައެކެވެ. ނާސިސިސްޓިކް އެބިއުޒް އަކީ ނާސިސިސްޓިކް ނުވަތަ ނާސިސިޒްމްގެ ސިފަތައް ހުންނަ މީހުންގެ ފަރާތުން އެހެން މީހުންނަށް ލިބޭ ގޯނާ ނުވަތަ އަނިޔާއެވެ. އެފަދަ މީހުންގެ ފަރާތުން އެެހެން މީހުންނަށް އަނިޔާ ލިބެނީ ކިހިނެތްބާ އޭ ސުވާލު އުފެދިދާނެއެވެ. މިއީ ޖިސްމާނީ ގޮތުން ފެންނަން ހުންނަ ފަދަ އަނިޔާތަކަކަށް ނުވެދާނެއެވެ. ނަފްސާނީ ސިއްހަތާއި މެދު ނޭޝަނަލް ޓުޑޭ އިން ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ވާ ގޮތުން ނާސިސިޓުންގެ ޝިކާރައަކަށްވާ މީހުންނަށް، ޖަޒުބާތީ، ފިކުރީ އަދި ޖިސްމާނީ އަނިޔާތައް ވެސް ލިބިދާނެއެވެ. އޭގެ ތެރޭގައި އަނިޔާވެރި ސިފަތައް ހުރުމާއި، ބުނެވޭ ބަހެއްގެ ޒާތުން ކުއްލިއަކަށް ރުޅިއައިސް ބަވާލުން، ނޫނީ ރުޅި އަންނަ ވަގުތު އެހެން މީހުން ކުރިމަތީގައި ލަދުގަންނަވާލާ ގޮތަށް ބަސްބުނުން ހިމެނެއެވެ. އަދި ކޮންޓްރޯލްކުރުމާއި އެކަހެރިކޮށްލުމުގެ ސިފަ އެ މީހުންގެ ކިބައިން ފެެނެއެވެ. ނާސިސްޓުންގެ ސިފަތަކަށް ބަލާނަމަ އެ މީހުންނަކީ އެހެން މީހުންނާއި މެދު ހަމްދަރުދީވުން ވަރަށް ކުޑަ ނުވަތަ އެހެން މީހުންނާއި މެދު އެއްވެސް ވަރަކަށް ހަމްދަރްދީ ނުވާ ބައެކެވެ.

އެހެންކަމުން އެފަދަ މީހުންގެ ކިބައިން އެންމެ އާއްމުކޮށް ފެންނާނެ ސިފައަކީ ލަދުގަންނަވާލުމާއި ދަށްކޮށްލުމެވެ. ނަފްސާނީ ބަލިތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މެތިއު ޑރ.ބޮލޭންޑް އޭނާގެ ލިޔުމެއްގައި ބުނެފައި ވަނީ، އެއްކަމެއްގައި ވެސް ތަކުރާރުކޮށް ނާސިސްޓުންގެ ޝިކާރައަކަށްވާ މީހާއާއި ދަށުދަރަޖައިގެ ގޮތަކަށް ތަކުރާރުކޮށް ވާހަކަދެއްކުމަކީ ނާސިސިސްޓުންގެ ކިބައިން އެންމެ އާއްމުކޮށް ފެންނާނެ އެއް ސިފަ ކަމަށެވެ. އަދި ކަންކަމުގައި ކުށް ހޯދުމާއި، އަބަދުވެސް ނުކުރެވި ހުންނަ ކަންކަން ހޯދަން މަސައްކަތް ކުރުމަކީ އެފަދަ މީހުންގެ ކިބައިން ފެންނާނެ ސިފައެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެންމެ ހައިރާންކުރުވާ ކަމަކީ ނާސިސްޓުންގެ ސިފަ ހުންނަ މައިންބަފައިންގެ ކިބައިން ދަރިންނަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާކަމެވެ. ނާސިސިސްޓުން އަދި ނާސިސްޓުންގެ ޝިކާރައަކަށް ވާ މީހުންގެ ވާހަކަ އަކީ ވަރަށް ފުޅާ މައުޟޫއެކެވެ. އެހެންކަމުން މިފަދަ ލިޔުމެއްގައި އެކަނި އެ ވާހަކަތައް ބަޔާންކޮށްދިނުން ވާނީ ދަތިކަމަކަށެވެ.

އެންމެ ފުރަތަމަ ނާސިސިސްޓުންގެ ސިފަތަކާއި ގުޅޭ ކޭސް ސްޓަޑީ އެއް ހަދާފައި ވަނީ އޮސްޓްރޭލިއާގެ ސައިކޯ އެނަލިސްޓް ރޮބަރޓް ވައެލްޑަރ އެވެ. އެއީ 1925ގައެވެ. އޭގެ ފަހުން 1968 ހެއިންޒް ކޯހަޓް ނަމަކަށް ކިޔާ ސައިކޮލޮޖިސްޓަކު ވަނީ ނާސިސްޓިކް ޕަރސަނަލިޓީ ޑިސްއޯޑަރ މި ލަފުޒު ތައާރަފްކޮށްފައެވެ. ނާސިސިސްޓުންގެ ފަރާތުން ލިބޭ އަނިޔާގެ ސަބަބުން އެކަމުގެ ޝިކާރައަކަށްވާ މީހާ އަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. އަދި އެ އަސަރުތައް އެތައް ދުވަހަކަށް ދެމިގެންދެއެވެ. އެފަދަ މީހުންނަކީ ހިމޭންކަމުގައި އެތައް ވޭނެއް ތަހައްމަލުކުރާ ބައެކެވެ. އެހެންކަމުން ޖޫން މަހުގެ 1 ވަނަ ދުވަހަކީ ނާސިސްޓުންގެ ކިބައިން ލިބޭ އަނިޔާ އާއި މެދު ހޭލުންތެރިކުރާ ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ. 2016ން ފެށިގެން މި ދުވަސް ފާހަގަކުރަމުންދާއިރު މި އަހަރު މި ދުވަހާއި ގުޅިގެން ކަނޑައަޅާފައިވާ ޝިއާރަކީ ހީލިން އިންވިޒިބްލް އޫންޑްސް ނުވަތަ ނުފެންނަ ޒަހަމްތައް ރަނގަޅުކުރުން މިއެވެ.

ނާސިސިސްޓުންގެ ޝިކާރައަކަށް ވާ މީހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއީ އަނިޔާކަމަށް ޤަބޫލުކުރާ މީހުން މަދުވުމެވެ. އަދި އެފަދަ އަނިޔާތައް ސާބިތުކުރުމަށް އުނދަގޫވުމެވެ. ނާސިސްޓުންގެ ފަރާތުން އަނިޔާލިބެނީ އޭނާ އާއި ޒަވާޖީ ގުޅިފައިވާ މީހުންނަށް އެކަންޏެއް ނޫނެވެ. ސްކޫލް، ކޮލެޖް އަދި މަސައްކަތުގެ މާހައުލާއި ރަހުމަތްތެރިންގެ ތެރެއިން މީހަކަށް ވެސް ނާސިސްޓެއްގެ ފަރާތުން އަނިޔާ ލިބިދާނެއެވެ. މިފަދަ މީހުންގެ ފަރާތުން ލިބޭ އަނިޔާ އަކީ އެކަމުން އަަރައިގަންނަން އެތައް އަހަރެއް ހޭދަވާ ކަމެކެވެ. އެހެންކަމުން ނާސިސްޓުންނާއި ދެކޮޅަށް ކުރެވޭނެ އެންމެ ބޮޑު މަސައްކަތަކީ ނާސިސްޓިކް އުޅުމާއި ދެކޮޅަށް ހޭލުންތެެރިކަން އިތުރުކުރުން ކަމަށް ނަފްސާނީ ސިއްހަތާއި މެދު ގިނަ ލިޔުންތަކެއް ލިޔެފައިވާ ލިޔުންތެރިޔާ އާރްލިން ކުންކިން ވަނީ ބުނެފައެވެ.

ނާސިސިސްޓުންގެ މައުޟޫއަކީ ކުރިންވެސް ފާހަގަކޮށްލިފަދައިން ވަރަށް ދިގު އަދި ފުޅާ މައުޟޫޢުއެކެވެ. އެފަދަ މީހުންގެ ޝިކާރައަކަށްވާ މީހުންނަކީ ނާސިސިސްޓުންގެ ޤަބޫލުކުރާ ގޮތުގައި އެ މީހުންނަށް ވުރެ ދަށް ފަންތީގެ ބައެއް ކަމަށް ބައެއް ފަހަރު ނާސިސްޓުންނަށް އޮންނަނީ ހީވެފައެވެ. ނާސިސިސްޓުންގެ ޝިކާރައަކަށްވާ މީހުންގެ ކިބައިގައި ކަންކަމާއި ކަންބޮޑުވުމާއި، ގޮތް ހުސްވާކަމަށް އިހުސާސްކުރެވުމާއި، ޖިސްމާނީގޮތުން މީހާ ބަލިވުމާއި، މީހާ ގެއްލިފައި ހުންނަ ގޮތް މެދުވެރިވުމާއި، އޮޅޭގޮތްވެ ގޮތް ނޭނގޭ ގޮތަށް ރުޅިއައުން، ފަސޭހައިން އުނދަނގޫވުން، ބައެއްކަހަލަ އަޑުތަކުން އާދަޔާއި ޚިލާފަށް އުނދަނގޫވުން، ނުނިދުން، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލުން ފަދަ ކަންކަން ހިމެނެއެވެ. އެހެންނަމަވެސް ނާސިސިސްޓުންގެ ޝިކާރައަކަށް ވާ މީހުންގެ ކިބައިން ފެންނަ ކަންކަމަކީ ކޮންމެ ކޭސް އެއްގައި ވެސް ތަފާތު ކަންކަމެވެ.

ނާސިސިސްޓުންގެ ޝިކާރައަކަށްވާ މީހުންގެ ހައްގުގައި ދުވަހެއް ފާހަގަކުރި ނަމަވެސް މިއީ އަދި ގިނަ ބަޔަކަށް ވަރަށް އާ މައުޟޫއެކެވެ. ތިމާ މީހާ އަމިއްލަ އަށް ނާސިސިސްޓުންގެ ވިޔަސް އަދި ނާސިސިސްޓުންގެ ޝިކާރައަކަށް ވިޔަސް ދެނެގަންނަން އެނގެނީ ވަރަށް މަދު ބަޔަކަށެވެ. އަދި އެކަން ދެނެގަނެވުނުކަމުގައި ވީނަމަވެސް އެކަމުން ސަލާމަތްވާން އަޅަންވީ ފިޔަވަޅުތައް އެނގެނީ ވެސް ވަރަށް މަދު ބަޔަކަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

08 އޮކްޓޯބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

22 ސެޕްޓެމްބަރު 2017
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

10 ސެޕްޓެމްބަރު 2017
ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

20 އޯގަސްޓު 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު