Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕޯޗުގަލް ޤައުމީ ޓީމު

ރޮނާލްޑޯގެ އުންމީދަކީ އަނިޔާއެއް ނުވެ، ޔޫރޯގައި ކުޅެވުން

ޔޫރޯ އަށް ޕޯޗުގަލް ކޮލިފައިވީ ހުރިހާ ކުޅުންތެރިން އެކުވެގެން ދެއްކި މޮޅު ކުޅުމުގެ ސަބަބުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2023 | އާދީއްތަ 05:35
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

އުންމީދަކީ އަނިޔާއެއް ނުވެ، އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުޅެވުން ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ކޮލިފިކޭޝަންގައި ސްލޮވޭކިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޕޯޗުގަލް އަށް ވަނީ ޔޫރޯ އިން ޖާގަ ކަށަވަރުވެފަ އެވެ. އެ މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ވެސް ޖަހައިފަ އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން 38 އަހަރުގެ ކުޅުންތެރިޔާ ބުނީ، ކުރިއަށް ބައިވަރު ވަގުތު އޮތް ކަމަށާއި، އުންމީދަކީ ޔޫރޯގައި ކުޅެވުން ކަމަށެވެ. އެގޮތުން އެންމެ ބޮޑު އުންމީދަކީ އިތުރު އަނިޔާއެއް ނެތި، އެ މުބާރާތުގައި އެންމެ ރަނގަޅަށް ކުޅެވުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ރޮނާލްޑޯ ބުނީ ޕޯޗުގަލް ނޫން އެހެން ޤައުމެއްގައި އުޅެން ޖެހުނު ނަމަވެސް، އެ ޤައުމާމެދު އޭނާގެ ހިތުގައި އޮންނަ ލޯތްބަށް ކުޑަ ވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ޚާއްސަކޮށް، ކޮންމެ ދަނޑެއްގައި އޭނާ ކުޅުނު ނަމަވެސް، ޕޯޗުގަލްގެ ރައްޔިތުން އޭނާ އަށް ދެމުން އަންނަ ސަޕޯޓު ރޮނާލްޑޯ ވަނީ ފާހަގަކޮށްފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، ޤައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ވެސް އަބަދު ވެސް އުފާވާ ކަމެއް ކަމަށެވެ. ޔޫރޯ އަށް ޕޯޗުގަލް ކޮލިފައިވީ ހުރިހާ ކުޅުންތެރިން އެކުވެގެން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ކަމަށް ރޮނާލްޑޯ ފާހަގަ ކުރި އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ޕޯޗުގަލްގައި މިހާރު އޮތް ޓީމަކީ ފެންވަރު ރަނގަޅު، މޮޅު ޓީމެކެވެ. އެކަން ފާހަގަކޮށް އޭނާ ވަނީ ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް އަށް ތައުރީފުކޮށްފަ އެވެ. ރޮނާލްޑޯ ބުނީ މާޓިނޭޒް އަކީ މޮޅު ކޯޗެއް ކަމަށާއި، އޭނާ އާއެކު އެ ޓީމަށް ކާމިޔާބަށް ވާސިލްވެވޭނެ ކަމަށެވެ.

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ އަށް ޕޯޗުގަލް ކޮލިފައިވެފައިވާއިރު، މީގެ ކުރިން 2016 ވަނަ އަހަރު ފްރާންސްގައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން އެ ޤައުމުން ވަނީ ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. މި ދެ މުބާރާތް ޕޯޗުގަލް އިން ކާމިޔާބު ކުރުމުގައި ވެސް ރޮނާަލްޑޯ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯގެ ސަސްޕެންޝަން މައްސަލަ އެޕީލްކުރަނީ..!

ރޮނާލްޑޯގެ ސަސްޕެންޝަން މައްސަލަ އެޕީލްކުރަނީ..!

15 އޯގަސްޓު 2017
ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ

ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ

12 ޖުލައި 2017
ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި

ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި

22 ޖޫން 2017
ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

17 ޖޫން 2017
ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް

ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް

30 މެއި 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު