Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިސްރާއީލު ހަނގުރާމަ

އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތިބީ ބިރުވެރި އިންސާނީ ކާރިސާއެއްގެ ތެރޭގައި

ޣައްޒާގައި ހުންނަ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްގެ ތަރުޖަމާނު ސިފަކުރައްވާ ގޮތުގައި، ޣައްޒާވަނީ އިންސާނީ ކާރިސާއެއްގެ ތެރޭގައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2023 | ބުރާސްފަތި 10:43
އެތައް ސަތޭކަ ރޮކެޓުތަކާއެކު، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ދަނީ ކުރިއަށް

އެތައް ސަތޭކަ ރޮކެޓުތަކާއެކު، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ދަނީ ކުރިއަށް

2.3 މިލިއަން މީހުން ދިރިއުޅޭ ޣައްޒާއަށް މިވަގުތު ކުރިމަތިވެފައިވަނީ އިންސާނީ ކާރިސާއެކެވެ. ކަރަންޓު ނެތުމާއި ފެން ނުލިބުމުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައި ވަނީ ހީވެސް ނުކުރާފަދަ ހާލަތެކެވެ. އިސްރާއީލުން މެދުނުކެނޑި ދެމުން ގެންދާ ވައިގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ސަލާމަތްވެވޭނެ މަގެއް ނެތެވެ.

ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން، ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދު ކަމަށްވާ ފަލަސްތީނުގެ ސަރަހައްދަށް، ހޮނިހިރު ދުވަހުން ފެށިގެން މެދުނުކެނޑި ބޮމުގެ ހަމަލާތައް ދަނީ ދެމުންނެވެ. ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 1،000ށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާއިރު، ހަމާސްގެ ހަމަލާގައި އިސްރާއީލުން ވަނީ 1،200އަށްވުރެ ގިނަ މީހުން މަރުވިކަމަށް ބުނެފައެވެ.

ޣައްޒާގައި މިވަގުތު ހުރި ހަމައެކަނި އިންޖީނުގޭން ތެޔޮ ހުސްވުމުން، ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. ކަރަންޓު ނުލިބުމާއި ފެނުގެ ޚިދުމަތް މެދުކެނޑުމުގެ އިތުރުން، އެ ސަރަހައްދު އަނދިރިކަމުގެ ތެރެއަށް ވަނީ ވެއްޓިފައެވެ. ފަޔާބޯލްސްއާއި ފޯނުގެ ފްލޭޝްލައިޓްތަކުން ލިބޭ މަޑު އަލިކަމަކީ ރޭގަނޑުގެ ވަގުތުތަކުގައި އަލިކަން ލިބޭ ހަމައެކަނި ވަސީލަތެވެ.

ޣައްޒާގެ ރައްޔިތުން ސިފަކުރާގޮތުގައި މިއީ މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި ހަމަނުޖެހުންތަކެވެ. މިސްރާވީ ފަޅިން ނޫން އެހެން ހުރިހާ ފަރާތަކުން ބޯޑަރު ބަންދުކުރުމާއެކު، ޣައްޒާގެ ރައްޔިތުން ތާށިވެފައި ވާކަމުގެ އިހުސާސް ކުރެވެމުންދާއިރު، އިސްރާއީލުން އެއްގަމު މަގުން އަރައިފާނެކަމުގެ ބިރުވެސް އެބައޮތެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އިތުރު ބަޔަކު ހާލުގައި ޖެހުމުގެ ސަބަބުން އިސްރާއީލުގެ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ އަޑުއުފުލާފައެވެ. ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ގިންތިކުރާ އެމެރިކާއާއި ހުޅަނގުގެ އެހެން ސަރުކާރުތަކުން ވެސް ހަމާސްގެ ހަމަލާވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވަނީ ހަމާސް މުޅިން އެއްކޮށް ނައްތާލުމުގެ މަގުސަދުގައި ޣައްޒާގައި އަސްކަރީ ކެމްޕޭން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ހަމާސްގެ ހަމަލާގެ ރައްދުގައި އިސްރާއީލުން ދެމުންދާ ރައްދު ހަމަލާތަކުގައި ޣައްޒާގެ ބޮޑު ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މަގުތަކާއި އިމާރާތްތައް ހަލާކުވެ އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ.

ޣައްޒާގެ އެތައްހާސް އާއިލާއެއް އެމީހުންނަށް ހިމާޔަތް ނުލިބުމުން ރައްކާތެރިކަން ހޯދަން ވަނީ މަޖުބޫރުވެފައެވެ. އިސްރާއީލުން ދަނީ ވަކި އަމާޒެއްނެތި ޣައްޒާގެ އާންމު ރައްޔިތުންގެ ގެތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ހޮސްޕިޓަލްތަކުގެ ބޭރުގައި ގިނަބަޔަކު ވަނީ ބަނޑަހަ ޖަހައިފައެވެ. އެ މީހުން ތިބީ، މެޑިކަލް ފެސިލިޓީތަކުގެ ކައިރީގައި ތިބުމުން ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ.

ޣައްޒާގެ 175،000ށްވުރެ ގިނަ ރައްޔިތުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާއިރު، 2007 ވަނަ އަހަރު ހަމާސްއިން ވެރިކަމާ ހަވާލުވިފަހުން އެތައް އަހަރެއް ވަންދެން ހިނގި ހަމަނުޖެހުންތަކާއި އިސްރާއީލުގެ 16 އަހަރު ދުވަހުގެ ހުރަސްއެޅުމަށްވުރެ ވެސް މިއަދުގެ ހާލާތު ގޯސްކަމަށް އެހީދޭ އެޖެންސީތަކުން ބުނެއެވެ.

ޣައްޒާގައި ހުންނަ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްގެ ތަރުޖަމާނު ހިޝާމް މުހަނާ ސިފަކުރައްވާ ގޮތުގައި ޣައްޒާވަނީ އިންސާނީ ކާރިސާއެއްގެ ތެރޭގައެވެ.

މެޑިކަލް ފެސިލިޓީތަކަށް ބޭނުންވާ ސާމާނު ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، އިސްރާއީލުން ޣައްޒާ ފުރަބަންދު ކުރުމުގެ ސަބަބުން މައްސަލަ އިތުރަށް ވަނީ ގޯސްވެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ހޮސްޕިޓަލްތަކަށް ކަރަންޓު ނުލިބުމުގެ މައްސަލަ ދިމާވާނެކަމަށް ބެލެވޭއިރު، މިއީ ބަލިމީހުންނަށް ފަރުވާ ދިނުމަށް އޮތް ނުރައްކަލެކެވެ.

ކަރަންޓު ނުލިބުމުގެ ސަބަބުން ފެނުގެ ނިޒާމަށް ވެސް ބުރޫ އަރާފައިވާއިރު، ނާޒުކު ހާލަތުގައިވެސް ފެން އުފުލަން ރައްޔިތުންނަށް ވަނީ މަޖުބޫރުވެފައެވެ.

ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން ދަނީ އިންސާނީ ކާރިސާއެއްގެ ތެރޭގައި ކަމަށްވާއިރު، ގެދޮރު ގެއްލިފައިވާ ގިނަ އާއިލާތައް ހިމާޔަތް ހޯދުމަށް އދ.ގެ ކްލާސްރޫމްތަކަށް ވަދެ، ބޮމުގެ ހަމަލާތަކުގެ އަޑުފަށްގަނޑުގެ ތެރޭގައި ބިރުވެރިކަން ތަހަންމަލު ކުރަމުންދާއިރު، ކޮންކްރީޓް އިމާރާތްތަކުގެ ކުނީގެ ދަށުގައި ވަޅުލެވިދާނެކަމުގެ ބިރު ގިނަ ބަޔަކަށްވަނީ ކުރިމަތިވެފައެވެ.

ފަލަސްތީނުއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

25 ޑިސެމްބަރު 2025
ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި

ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި

21 ޑިސެމްބަރު 2025
ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

19 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު