Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލު ފަލަސްތީން ހަނގުރާމަ

ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް 1900 އެއްހާ މީހުން ޝަހީދުވެއްޖެ

11 އޮކްޓޯބަރު 2023 | ބުދަ 09:06

ޣައްޒާގައި 900 މީހުން މަރުވެ، ގާތްގަނޑަކަށް 4،500 މީހުން ޒަޚަމްވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 އޮކްޓޯބަރު 2023 | ބުދަ 09:06
ފަލަސްތީނުގެ އިމާރާތްތަކަށް ޔަހޫދީން ބޮންއަޅަނީ

ފަލަސްތީނުގެ އިމާރާތްތަކަށް ޔަހޫދީން ބޮންއަޅަނީ

ފަލަސްތީނާއި އިސްރާއީލުގެ ކުރިމަތިލުން ތަކުގައި ޔަހޫދީ ހަރުކަށި ސިފައިން ދިން ހަމަލާތަކުގައި މިހާތަނަށް 1،900 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

ހޮނިހިރު ދުވަހު ހަމަލާބަދަލު ކުރަންފެށި ފަހުން ހަރުކަށި އިސްރާއީލުގެ ޔަހޫދީ ސިފައިން ވައިގެމަގުންދިން ހަމަލާތަކުގައި ޣައްޒާ އަދި ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ 921 މީހުން މަރުވެ 4،630 މީހުން ޒަޚަމްވެފައިވެއެވެ. އޭގެ ތެރޭގައި ޣައްޒާގައި 900 މީހުން މަރުވެ، ގާތްގަނޑަކަށް 4،500 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހޯމަ ދުވަހުގެ ހަވީރު ބުނެފައިވެއެވެ.

މީގެ އިތުރުން މި ހަމަނުޖެހުންތަކުގައި އިސްރާއީލުގެ 1،008 ޔަހޫދީން މަރުވެ، 2،901 މީހުން ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުން، މައްސަލަ އިތުރަށް ހޫނުކުރުމަށް ދޮގު ހަބަރުތައް އިސްރާއީލަށް ތާއިދުކުރާ ހުޅަނގުގެ މީޑިއާތަކުން ދަނީ ފަތުރަމުންނެވެ.

ޕަލަސްތީނުގެ އިރުމަތީގައި ތިބި ރެފިއުޖީންގެ ކަންކަން ބަލަމުންދާ، އދ ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އިން އަންގާރަ ދުވަހު ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ ޖުމްލަ 187،518 މީހުންނަށް އަރާފައިވާ ކަމަށާއި އެ އަދަދު އިތުރަށް މައްޗަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޔޫއެންއާރުޑަބްލިއުއޭގެ އެހީގައި 83 ސްކޫލެއްގައި މިހާރު ގާތްގަނޑަކަށް 137،500 ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ހޯދަމުންދާ ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޔޫއެންއާރުޑަބްލިއުއޭ އިން ބުނީ ވައިގެމަގުންދޭ ހަމަލާތައް ކުރިއަށްދާ ވަރަކަށް ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި ބައެއް ހިޔާތަކުގައި މިހާރު ވެސް ބޯފެނަށް ޖެހެމުންދާ ކަމަށެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންހަނގުރާމަފަލަސްތީނުއިޒްރޭލް

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި

21 ޑިސެމްބަރު 2025
ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި
19 ޑިސެމްބަރު 2025

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

19 ޑިސެމްބަރު 2025
ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް