ކ. މާލެ
|
9 އޮކްޓޯބަރ 2023 | ހޯމަ 20:14
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ އަވަށްތައް ދަނީ ބިމާ ހަމަވަމުން
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ އަވަށްތައް ދަނީ ބިމާ ހަމަވަމުން
ރޮއިޓާސް
ފަލަސްތީން-އިސްރާއީލް ހަނގުރާމަ
އިސްރާއީލުން މުޅި ޣައްޒާ ބަންދުކޮށް، ޒަރޫރީ ޚިދުމަތްތައް ހުއްޓުވައިފި
 
އިސްރާއީލުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި، ފެނާއި، ތެޔޮ އެތެރެކުރުން މަނާކޮށްފައި
 
އިސްރާއީލުން ޣައްޒާއަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތް ކަނޑާލަން ވަނީ އިއުލާނުކޮށްފައި
 
އިސްރާއީލާއި ޣައްޒާ ގުޅޭ ބޯޑަރުގައި ހަރަކާތްތެރިވާ އިސްރާއީލުގެ އަސްކަރީ ސިފައިންނާއި، ޑްރޯންއާއި ޓޭންކުތަކުގެ އަދަދު ވަނީ އިތުރުކޮށްފައި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، މުޅި ޣައްޒާ ހިފުމަށް ކުރަމުންދާ މަސައްކަތުގައި، ޣައްޒާ އެއްކޮށް ބަންދުކޮށް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުންވެސް ހުއްޓާލަން އިއުލާނުކޮށްފިއެވެ.

އިސްރާއީލުން ވަނީ ޣައްޒާ ބަންދުކޮށް، ޣައްޒާއަށް ފެނާއި، ކާބޯތަކެއްޗާއި އަދި ކަރަންޓުފަދަ ޒަރޫރީ ޚިދުމަތްތައް ބަންދުކޮށްފައެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ވަނީ، އެގައުމުން ޣައްޒާއަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތް ކަނޑާލައި، ޣައްޒާއަށް ކާބޯތަކެއްޗާއި ތެޔޮ އެތެރެކުރުން މަނާކޮށް، މުޅި ޣައްޒާ ބަންދުކުރަން ނިންމާފައި ވާކަމަށް ކަމަށް ހޯމަ ދުވަހު އިއުލާންކުރައްވާފައެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާއަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަލޭވެސް ބުނެވޭނެއެވެ. އިސްރާއީލުން ދަނީ މުޅި ޣައްޒާ ބަންދުކޮށް ކޮންޓްރޯލް ކުރަމުންނެވެ. ޣައްޒާގެ ވައިގެ ސަރަހައްދާއި ކަނޑު ކޮންޓްރޯލް ކުރަނީ އިސްރާއީލުންނެވެ. އެއްގަމުން ޣައްޒާގެ ދެ ބޯޑަރެއް ބަންދުކޮށް ކޮންޓްރޯލްކުރަނީ އިސްރާއީލެވެ. ތިންވަނަ ބޯޑަރަކީ މިސްރުގެ އަތްދަށުގައި އޮތް ސަރަހައްދެކެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ އެންމެ އިސް ތަރުޖަމާނު، ޑެނިއަލް ހެގަރީ ވަނީ ޣައްޒާގެ ގިނަ ސަރަހައްދުތަކެއްގެ ކޮންޓްރޯލް އެގައުމުން ނަގަމުންދާކަމަށް ހޯމަ ދުވަހު ވިދާޅުވެފައެވެ. އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި މިހާރު މާބޮޑު ކުރިމަތިލުންތަކެއް ހިނގަމުން ނުދާކަމަށާއި، އެހެން ނަމަވެސް، އެސަރަހައްދުގައި އަދިވެސް ފަލަސްތީނުގެ ހަނގުރާމަވެރިން ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވަމުން ދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލާއި ޣައްޒާ ގުޅޭ ބޯޑަރުގައި ގާއިމުކޮށްފައިވާ ފެންސުތައް ވައްޓާލައި ހަނގުރާމަވެރިން ވަނުމަށް އިތުރު މަސައްކަތްތައް ކޮށްފާނެކަމަށް ބަލައި، އެސަރަހައްދުގައި ހަރަކާތްތެރިވާ އިސްރާއީލުގެ އަސްކަރީ ސިފައިންނާ، ޑްރޯންއާއި ޓޭންކުތަކުގެ އަދަދު އިތުރުކޮށްފައި ވާނެކަމަށްވެސް ހެގަރީ ވަނީ ވިދާޅުވެފައެވެ.

ހޯމަ ދުވަހުގެ ހެނދުނު ހަމާސްގެ ތަރުޖަމާނު ވަނީ، އެޖަމާއަތުގެ ހަނގުރާމަވެރިން ދަނީ ޣައްޒާގެ ބޭރުގައި ހަނގުރާމަކުރަމުން ކަމަށާއި، މިހާރުވެސް އިސްރާއީލުގެ އިތުރު ސަރަހައްދުތައް ހިފާފައި ވާނެކަމަށް ވިދާޅުވެފައެވެ. އެ ޖަމާއަތުގެ އަމާޒަކީ އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ހުރިހާ ރައްޔިތުން މިނިވަންކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަނގުރާމާގައި ދެގައުމުންވެސް މަރުވި މީހުންގެ އަދަދު 1،300އަށްވުރެ މައްޗަށް އަރާފައިވާއިރު، ފަލަސްތީނުގެ 123،000ށްވުރެ ގިނަ ރައްޔިތުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް