Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކޯ މެޑްރިޑް

އެތުލެޓިކޯގެ އެއްބަސްވުން ހިމިނޭޒް އައު ކޮށްފި

2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިހާރު އޭނާ އެ ކުލަބުގައި މަޑު ކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 އޮކްޓޯބަރު 2023 | ހޮނިހިރު 05:50
އެތުލެޓިކޯ އަށް ކުޅެމުން އަންނަ ހިމިނޭޒް

އެތުލެޓިކޯ އަށް ކުޅެމުން އަންނަ ހިމިނޭޒް

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ ޑިފެންޑަރު ޖޯސް މާރިއާ ހިމިނޭޒް އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ އެތުލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފައި ވަނީ އިތުރު ފަސް އަހަރު ދުވަހަށެވެ. އެހެންކަމުން 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިހާރު އޭނާ އެ ކުލަބުގައި މަޑު ކުރާނެ އެވެ. އެތުލެޓިކޯ އިން ބޭނުންވަނީ ހިމިނޭޒް ދިގު މުއްދަތަކަށް އެ ކުލަބުގައި މަޑު ކުރުމަށެވެ. އެކަމަށްޓަަކައި އެ ކުލަބާއި، އޭނާއާ ދެމެދު މަޝްވަރާތައް ކުރަމުން އަންނަތާ ދުވަސްތަކެއްވިީ ފަހުން، މިހާރު އޭނާ ވަނީ އެއްބަސްވުން އައު ކޮށްފަ އެވެ. އެތުލެޓިކޯގެ އެއްބަސްވުން ހިމިނޭޒް އައު ކުރީ އިނގިރޭސި ބައެއް ކުލަބުތަކާއި، އިޓަލީގެ ބައެއް ކުލަބުތަކުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން ފާޅު ކުރަމުން އައިި ވަގުތެއްގަ އެވެ.

ހިމިނޭޒް އެންމެ ފުރަތަމަ އެތުލެޓިކޯ އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެ ކުލަބަށް 285 މެޗު ކުޅެދީ 12 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ހަތަރު ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޔޫރޮޕާ ލީގު އަދި ޔުއެފާ ސުޕަ ކަޕް ހިމެނެ އެވެ. މީގެ އިތުރުން އެ ޓީމާއެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. ހިމިނޭޒް އަންނަނީ 2013 ވަނަ އަހަރުން ފެށިގެން އުރުގުއޭ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 81 މެޗުން އޭނާ ވަނީ އަށް ލަނޑު ޖަހައިފަ އެވެ.

އެތުލެޓިކޯ މެޑްރިޑްޖޯސް މާރިއާ ހިމިނޭޒް

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
28 ސެޕްޓެމްބަރު 2025

އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި

28 ސެޕްޓެމްބަރު 2025
އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި
18 ސެޕްޓެމްބަރު 2025

ފަހު ވަގުތު އެތުލެޓިކޯ އަތުން ލިވަޕޫލް މޮޅުވެއްޖެ

18 ސެޕްޓެމްބަރު 2025
ފަހު ވަގުތު އެތުލެޓިކޯ އަތުން ލިވަޕޫލް މޮޅުވެއްޖެ
26 ފެބުރުއަރީ 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ އެއްވަރު

26 ފެބުރުއަރީ 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ އެއްވަރު
05 ފެބުރުއަރީ 2025

ގެޓާފޭ ބަލިކޮށް، އެތުލެޓިކޯ ސެމީ ފައިނަލަށް

05 ފެބުރުއަރީ 2025
ގެޓާފޭ ބަލިކޮށް، އެތުލެޓިކޯ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު