Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑްކަޕް

ސައޫދީ އަރަބިއާގެ ބިޑަށް ރާއްޖެ ތާއީދު ކުރަނީ

6 އޮކްޓޯބަރު 2023 | ހުކުރު 05:34

އޭއެފްސީން ވަނީ ސައޫދީގެ ބިޑަށް ތާއީދުކުރަން ގޮވާލާފާއި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 6 އޮކްޓޯބަރު 2023 | ހުކުރު 05:34
ސައޫދީ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މިޝޭލް އާއި އެފްއޭއެމުގެ ރައީސް ބައްސާމް (ކ)

ސައޫދީ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މިޝޭލް އާއި އެފްއޭއެމުގެ ރައީސް ބައްސާމް (ކ)

ސައޫދީ އަރަބިއާގައި 2034ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބާއްވަން ރާއްޖެއިން ތާއީދު ކުރާނެކަން ހާމަކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ސައޫދީ އަރަބިއާގެ ފުޓްބޯޅައިގެ ދުވެއްޔާއި އެ ގައުމުން ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ބަލާއިރު އެއީ ވޯލްޑްކަޕް ބާއްވަން އެންމެ އެކަށީގެންވާ ގައުމު ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ވަސީލަތްތަކާއި ދަނޑުތަކާއި ގާބިލްކަން ވެސް ސައޫދީގައި ހުރި ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސައޫދީ އަރަބިއާގެ ބިޑަށް ރާއްޖޭގެ ތާއީދު އޮތްކަން އެފްއޭއެމުން ހާމަކުރީ އޭޝިޔާގައި ވޯލްޑްކަޕް ތިންވަން ފަހަރަށް ބޭއްވުމަށް އޭޝިޔާގެ ގައުމުތަކުގެ ތާއީދަށް އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހީމް ގޮވާލައްވާފައިވަނިކޮށެވެ. ވޯލްޑްކަޕް ބާއްވާނެ ގައުމެއް ކަނޑައަޅާނީ އެކަމަށް ކުރިމަތިލާ ގައުމުތަކުގެ ބިޑް އިވެލުއޭޓް ކުރުމަށްފަހު ފީފާގެ މެމްބަރުގެ އެސޯސިއޭޝަންތަކުގެ ވޯޓަކުންނެވެ.

ރާއްޖެ އާއި ސައޫދީ އަރަބިއާ އަކީ ވަރަށް ގާތް ދެގައުމެކެވެ. އަދި މި ދެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ މެދުގައި ވެސް އޮތީ މިހާތަނަށް އޮތީ ވަރަށް ގާތް ގުޅުމެކެވެ. ފާއިތުވެދިޔަ ތިން އަހަރު ރާއްޖޭގެ ކުލަބުތަކާއި ގައުމީ ފުޓްބޯޅަ ޓީމު ވެސް އެންމެ ގިނައިން ކޭމްޕްކުރި އެއް ގައުމަކީ ސައޫދީ އަރަބިއާގެ އެހީގައި އެ ގައުމުގަ އެވެ. އަދި ސައޫދީ އަރަބިއާގެ އަންހެން ފުޓްބޯޅަ ޓީމު ވެސް ވަނީ މިދިޔަ އަހަރު ރާއްޖެ އައިސް މެޗުތަކެއް ކުޅެފަ އެވެ.

ސައޫދީ އަރަބިއާއިން ވޯލްޑްކަޕް ބޭއްވުމުގެ ޝައުގުވެރިކަން ބޮޑުވީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕަށްފަހު އެވެ. އެއީ ފީފާއިން ބުނާގޮތުން ދުނިޔޭގައި މިހާތަނަށް ބޭއްވި އެންމެ ފެންވަރު ރަނގަޅު އަދި އަގުބޮޑު ވޯލްޑްކަޕެވެ. އެއަށްފަހު ސައޫދީން ދަނީ ޔޫރަޕުގެ ކުޅުންތެރިން ގެންގޮސް، ފުޓްބޯޅައަށް ވަރަށްބޮޑަށް އިންވެސްޓްކުރަމުންނެވެ. ސައޫދީ ޕްރޯލީގު ދުނިޔޭގައި މަޝްހޫރު ކުރުމަށާއި ކުލަބުތައް ވަރުގަދަ ކުރަމުންދަނީ ސީދާ ސައރުކާރުގެ ބައިވެރިވުމާއެކުގަ އެވެ. ސައޫދީ ޓުވަރިޒަމްގެ ދެ އެމްބެސެޑަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ ވެސް ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ލަޔޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ފީފާފީފާ ވޯލްޑް ކަޕްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
06 ޑިސެމްބަރު 2025

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް