Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

އަންނަ އަހަރުގެ ވޯލްޑް ކަޕް ފެށުމަށް ތާވަލް ކޮށްފައި ވަނީ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ. އެމެރިކާ އާއި މެކްސިކޯ، އަދި ކެނެޑާ އިން ވެސް އަންނަނީ މުބާރާތް ހޯސްޓު ކުރުމަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2025 | ހޮނިހިރު 04:33
ފީފާ ވޯލްޑް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފީފާ ވޯލްޑް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަންނަ އަހަރު އެމެރިކާގައި އޮންނަ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ރަސްމީ ގުރު ނަގައިފި އެވެ.

ހުކުރު ދުވަހުގެ ރޭ އެމެރިކާ ގެ ވެރި ރަށް ވޮޝިންޓަން ގައި ކުރިއަށް ދިޔަ ގުރު ނެގުމުގެ ހަފްލާ ގައި، އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. މީގެ އިތުރުން، ދުނިޔޭ ގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ އެ ހަފްލާގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެންނެވެ.

މުބާރާތު ގެ ގުރޫޕް އޭގައި އޮތީ މެކްސިކޯ، ސައުތު އެފްރިކާ އަދި ސައުތު ކޮރެއާ އެވެ. ދެން މި ގުރޫޕުން ޖާގަ ލިބޭނީ ޔޫރަޕު ގެ ޕްލޭ އޮފްގައި ކުޅެގެން ޖާގަ ލިބޭ ޓީމަކަށެވެ. އެއީ އަޔަލެންޑް، ޑެންމާކް، ޗެކް ރިޕަބްލިކް ނުވަތަ ނޯތު މެސެޑޯނިއާ ގެ ތެރެއިން ޓީމެކެވެ.

ގުރޫޕު ބީގައި އޮތީ ކެނެޑާ އާއި، ޤަތަރު އަދި ސްވިޒަލެންޑެވެ. ދެން މި ގުރޫޕުން ޖާގަ ލިބޭނީ ޔޫރަޕުގެ ޕްލޭ އޮފްގައި އިޓަލީ އާއި، ބޮސްނިއާ، ވޭލްސް އަދި ނޮދަން އަޔަލެންޑް ކުޅެގެން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގެ ގުރޫޕް ސީގައި އޮތީ އެންމެ ގިނަ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލްގެ އިތުރުން، މޮރޮކޯ، ހައިޓީ އަދި ސްކޮޓްލެންޑް އެވެ. މުބާރާތް ބާއްވާ ޤައުމެއް ކަމަށްވާ އެމެރިކާ އާއި، ޕެރަގުއޭ އަދި އޮސްޓްރޭލިއާ އޮތީ ގުރޫޕް ޑީގަ އެވެ. ދެން މި ގުރޫޕުން ޖާގަ ލިބޭނީ ޔޫރަޕްގެ ޕްލޭ އޮފްގައި ތުރުކީ، ރުމޭނިއާ، ކޮސޯވޯ އަދި ސްލިވާކިއާ ކުޅެގެން މޮޅުވާ ޓީމަކަށެވެ.

ގުރޫޕް އީގައި އޮތީ ޖަރުމަނުގެ އިތުރުން، ކުރަސާއޯ، އައިވަރީ ކޯސްޓް އަދި އެކުއެޑޯ އެވެ. ގުރޫޕް އެފްގައި ނެދަލެންޑްސް، ޖަޕާން އަދި ޓިއުނީޝިއާ ހިމެނުނުއިރު، ދެން މި ގުރޫޕުން ޖާގަ ލިބޭނީ ޔޫރަޕްގެ ޕްލޭ އޮފްގައި ޕޮލެންޑް، އަލްބޭނިއާ، ސެވިޑެން އަދި ޔުކްރެއިން ކުޅެގެން މޮޅުވާ ޓީމަކަށެވެ.

ގުރޫޕް ޖީގައި ބެލްޖިއަމް އާއެކު ދެން ހިމެނުނީ، މިޞްރު، އިރާން އަދި ނިއުޒިލެންޑް އެވެ. ގުރޫޕް އެޗްގައި ހިމެނެނީ ސްޕެއިން އާއި، ކޭޕް ވާޑާ، ސައުދީ އަރަބިއްޔާ އަދި އުރުގުއޭ އެވެ.

އަންނަ އަހަރުގެ މުބާރާތުގެ އެންމެ ފޯރި ގަދަ ގުރޫޕެއް ކަމަށް ބެލެވެނީ ގުރޫޕް އައި އެވެ. މި ގުރޫޕުގައި ހިމެނެނީ ފްރާންސްގެ އިތުރުން، ނޯވޭ އަދި ސެނެގާލް އެވެ. ދެން މި ގުރޫޕުން ޖާގަ ލިބޭނީ ޕްލޭ އޮފްގައި ބޮލީވިއާ، ސުރިނާމް އަދި އިރާޤުގެ ތެރެއިން ޓީމަކަށެވެ. މި ގުރޫޕްގައި ހިމެނޭ ފްރާންސްގައި ކީލިއަން އެމްބާޕޭ ހިމެނޭއިރު، ނޯވޭގައި އާލިން ހާލަންޑް ހިމެނޭނެ އެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް ކާމިޔާބު ކުރި އާޖެންޓީނާ ހިމެނިފައި އޮތީ ގުރޫޕް ޖޭގަ އެވެ. އާޖެންޓީނާ އާއެކު މި ގުރޫޕުގައި ދެން އޮތީ އަލްޖީރިއާ، އޮސްޓްރިއާ އަދި ޖޯޑަން އެވެ. ގުރޫޕް ކޭގައި ހިމެނެނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ކަމުގެ ދަށުން ކުޅެމުން އަންނަ ޕޯޗުގަލްގެ އިތުރުން، އުޒެބެކިސްތާން އަދި ކޮލަމްބިއާ އެވެ. ދެން މި ގުރޫޕުން ޖާގަ ލިބެނީ ޕްލޭ އޮފްގައި ޖެމެއިކާ، ނިއު ކެލަޑޯނިއާ އަދި ކޮންގޯގެ ތެރެއިން ޓީމެކެވެ.

އެންމެ ފަހު ގުރޫޕަކަށް އޮތް، ގުރޫޕް އެލްގައި ހިމެނެނީ އިންގްލެންޑުގެ އިތުރުން، ކްރޮއޭޝިއާ، ގާނާ އަދި ޕަނަމާ އެވެ. މި ގުރޫޕަކީ ވެސް ފޯރި ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ގުރޫޕެކެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް ފެށުމަށް ތާވަލް ކޮށްފައި ވަނީ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ. އެމެރިކާ އާއި މެކްސިކޯ، އަދި ކެނެޑާ އިން ވެސް އަންނަނީ މުބާރާތް ހޯސްޓު ކުރުމަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ.

ފީފާފީފާ ވޯލްޑް ކަޕް 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު