Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ގާޑިއޯލާގެ ހުއްޓުމެެއް ނެތް ތައުރީފު ލިއޯ ލެވިސް އަށް

ލެވިސް ކަހަލަ ހުނަރުން ފުރިގެންވާ ޒުވާން ކުޅުންތެރިޔަކު މަދުން ނޫނީ ނުފެނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 00:34
ލައިޕްޒިގާ ދެކޮޅަށް ސިޓީން ކުޅުނު މެޗުގައި ގާޑިއޯލާ ލެވިސްއާ ވާހަކަ ދައްކަނީ

ލައިޕްޒިގާ ދެކޮޅަށް ސިޓީން ކުޅުނު މެޗުގައި ގާޑިއޯލާ ލެވިސްއާ ވާހަކަ ދައްކަނީ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ކުޅުންތެރިޔާ، ރިކޯ ލެވިސް އަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ތައުރީފުގެ ބަސްތައް އޮއްސާލައިފި އެވެ.

އުމުރުން 18 އަހަރުގެ ކުޅުންތެރިޔާ އަށް ގާޑިއޯލާ ތައުރީފު ކޮށްފައި ވަނީ ސިޓީގައި އޭނާ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުންނެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި އާރްބީ ލައިޕްޒިގާ ދެކޮޅަށް ސިޓީން ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އުމުރުން އެންމެ 18 އަހަރުގައި އޭނާ ދައްކަނީ އަޖައިބު ކުރުވަނިވި ކުޅުމެއް ކަމަށެވެ. ގާޑިއޯލާ ބުނީ ކޯޗިންގެ މަސައްކަތުގައި އޭނާ އުޅެމުން އަންނަތާ 15 އަހަރުވެފައިވާ ކަމަށާއި، އެކި ކަހަލަ ތަފާތު ކުޅުންތެރިން ތަމްރީނު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ލެވިސް ކަހަލަ ހުނަރުން ފުރިގެންވާ ޒުވާން ކުޅުންތެރިޔަކު މަދުން ނޫނީ ނުފެންނަ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ލެވިސް އަކީ މިހާތަނަށް އޭނާ ތަމްރީނު ކޮށްދިން އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ. އޭނާގެ ކިބައިގައި މިހާރު ހުރި ހުނަރު އިތުރަށް ތަރައްޤީކޮށް، އެއް ފެންވަރެއްގައި ކުޅުން ހިފަހައްޓާލެވިއްޖެ ނަމަ، އެންމެ މަތީ ފަންތީގައި އޭނާ ހިމެނޭނެ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް އެ އުމުރުގައި ތަފާތު މޮޅު ކުޅުމެއް ދެއްކުމަކީ، މުސްތަޤުބަލަށް އޭގެ ފައިދާވާނެ ކަމެއް ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ލެވިސް އޭނާގެ ސީނިއާ ކެރިއަރު ފެށީ މިދިޔަ އަހަރު ސިޓީންނެވެ. މިހާތަނަށް ލެވިސް ވަނީ ސިޓީ އަށް 24 މެޗު ކުޅެދީ އެއް ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ އިންގްލެންޑުގެ ޒުވާން އުމުރުފުރާގެ ޤައުމީ ޓީމުތަކަށް ކުޅެފަ އެވެ.

މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާރިކޯ ލެވިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު