Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ގެކޮޅަށް ބަދަލުކުރުން

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްފި

1 އޮކްޓޯބަރު 2023 | އާދީއްތަ 13:51

ޔާމީން ގެކޮޅަށް ބަދަލުކުރީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި

އަމްނާ އިމާދު
އަމްނާ އިމާދު | 1 އޮކްޓޯބަރު 2023 | އާދީއްތަ 13:51
ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެކޮޅުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެކޮޅުގައި

ކުރީގެ ރައީސް، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަބްދުﷲ ޔާމީން ގެކޮޅަށް ބަދަލުކޮށްފިއެވެ.

އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ޔާމީން ގެކޮޅަށް ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން މަރުހަބާ ދެންނެވުމަށްޓަކާ އެސަރަހައްދަށް އެއްވެފައިވެއެވެ. މީގެ އިތުރުން އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ އިސްބޭފުޅުން ހ. ދޫވެހި ސަރަހައްދަށް ވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ކަރެކްޝަންސްގެ ވޭނުގައި ޔާމީން ގެކޮޅަށް ވަޑައިގެންނެވުން، އިންތިޚާބީ ރައީސް ޑރ.މުއިއްޒު ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާ ވާހަކަފުޅު ދައްކަވާފައެވެ.

ޔާމީން ގެއަށް ބަދަލުކުރުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިއީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށާއި، މިވަގުތަކީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށެވެ. އަދި ޔާމީން ގެއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމެވީ ގައުމުގެ މަސްލަހަތަށް ބައްލަވާފައި ކަމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ ޔާމީން ގެކޮޅަށް ބަދަލު ކުރަނީ ވަގުތީ ގޮތުން ކަމަށެވެ. އަދި އެ މަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގައި ކަމަށްވާތީ އަމަލު ކުރަމުން ގެންދާނީ ގައިދީންނާމެދު އަމަލު ކުރާ އުސޫލުގެ މަތިން ކަމަށެވެ.

ވ. އާރަށު ޚިޔާނާތުގެ މައްސަލައިގައި ރިޝްވަތު ނެންގެވުމާއި އެ ފައިސާ ލޯންޑަރ ކުރެއްވުމުގެ ކުށް ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ނިމިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލަ އާއި ގުޅިގެން ރައީސް ޔާމީން 5 މިލިއަން ޑޮލަރުން ޖޫރިމަނާވެސް ވަނީ ކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް