Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދާލަތު

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

ޝިތާދާގެ ޕާސްޕޯޓް ވަގުތުވަގުތައް ދޫކޮށްލަން އަދާލަތުން ވަނީ ގޮވާލާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 ޖެނުއަރީ 2017 | ހޮނިހިރު 11:01
ޝިދާތާ ޝަރީފް

ޝިދާތާ ޝަރީފް

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓުވުމަށް ކަމަށާއި އެކަން ކުށްވެރިކޮށް ވަގުތުން ޝިދާތާގެ ޕާސްޕޯޓް ދޫކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

ހޮނިހިރު ދުވަހު އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި އަދި ކޯޓު އަމުރެއް ވެސް ނުވަތަ އެނޫން ވެސް ގާނޫނީ އެއްވެސް ހުއްޖަތެއް ނެތި ކަމަށެވެ. ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓުމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ގާނޫނުއަސާސީ އާއި ގާނޫނު އިމުގެ ބޭރުން އެއްވެސް ހައިސިއްޔަތެއް ނެތި ސިލްސިލާކޮށް ދިވެހި ރައްޔިތުންގެ ޒާތީ ދިރިއުޅުމަށް ހުރަސްއަޅައި، ނުހައްގުން މީހުން ހައްޔަރުކޮށް، ހިންގަމުންގެންދާ އަނިޔާވެރި އަމަލުތަކުގެ ބައެއް ކަމަށް އަދާލަތު ޕާޓީގެ އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

Advertisement - newsAdvertisement

އެޕާޓީން ބުނީ ދިވެހި ސަރުކާރުގެ އެ އަމަލަކީ ބައިނަލްއަގްވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށް، ތަހުޒީބު މުޖުތަމައުއެއް ބިނާކުރުމަށްޓަކައި ޝިދާތާގެ ބެއްލެވުމުގެ ދަށުން އަދާލަތު ޕާޓީން ކުރަމުންދާ މަސައްކަތައް ހުރަސްއަޅައި، އެކަންކަން ހުއްޓުވުމަށް ހައްދުފަހަނައަޅާފައިވާ ވިސްނުމެއްގެ ތެރެއިން ހިންގާފައިވާ އަމަލެއް ކަމަށެވެ. އަދި ގައުމު ބިނާކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް، އަދާލަތު ޕާޓީގެ ތެރެއިން ގާބިލް އަންހެން ސިޔާސީ ލީޑަރުން އުފެއްދުމަށްޓަކައި ކުރެވޭ މަސައްކަތް ފަނޑުކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް އަދާލަތު ޕާޓީގެ އެބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ވަނީ އެއަމަލަކީ އަދުލްއިންސާފާއި ހަމަހަމަކަމުގެ އިމުގެ ބޭރުން ހިންގަމުންގެންދާ އަނިޔާވެރި ލާއިންސާނީ ޖަރީމާތަކާއި ކޮރަޕްޝަނާއި ފަސާދައިގެ ކަންކަމާ ދެކޮޅަށް ސާބިތުކަމާ އެކު ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަދި ވަކިން ހާއްސަކޮށް ނުހައްގުން ޖަލަށް ހުކުމް ކޮށްފައިވާ ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށްޓަކައި މެދުކެނޑުމެއް ނެތި އަޑު އުފުއްލަވައި، ޝިދާތާ ކުރައްވަމުން ގެންދަވާ ހިތްވަރުގަދަ މަސައްކަތްތައް ހުއްޓުވާލެވިދާނެކަމުގެ އުއްމީދުގައި ސަރުކާރުން ހިންގާ ފިނޑި އަމަލެއް ކަމަށް ވެސް އަދާލަތު ޕާޓީގެ އެ ބަޔާނުގައި ވެއެވެ.

އެބަޔާން ނިންމާލަމުން ބުނެފައި ވަނީ ގާނޫނުއަސާސީގެ 41 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ މިނިވަންކަމާ އެކު ދަތުރުފަތުރުކުރުމުގެ ހައްގުން މަހުރޫމްކޮށް، ޝިދާތާއަށް ސަރުކާރުން ކުރަމުންދާ ފުރައްސާރަތަކަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް، ދެކޮޅުނުޖެހޭ، ބޭއިންސާފު އަނިޔާތަކެއްކަން ހާމަކޮށް އެނގެން އޮންނާތީ، އެކަންކަމުން އިތުރަށް ކަށަވަރުވަނީ ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނަ ހިނދު ރައްޔިތުންގެ ތާއީދު ގެއްލި ސަރުކާރު ގޮތްހުސްވެފައިވާ ކަން ކަމަށެވެ.

ޝިދާތާ ޝަރީފަކީ އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ޖެންޑަރ މިނިސްޓަރ އެވެ. ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ

15 މާރިޗު 2017
ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ
03 މާރިޗު 2017

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު
23 ފެބުރުއަރީ 2017

މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

23 ފެބުރުއަރީ 2017
މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ
22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު