Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާރާމާރީގެ މައްސަލަތައް

ތޫނު ހަތިޔާރު ބޭނުންކޮށްގެން ކުށްކުރާ ގުރޫޕުތަކުން 2014ގައި 267 އަދި މިއަހަރުގެ މިހާތަނަށް 151 މާރާމާރީ ހިންގާފައިވޭ: މިނިސްޓަރު އިމްރާން

29 ސެޕްޓެމްބަރު 2023 | ހުކުރު 06:48

ރާޑަރުތައް ބެހެއްޓުމާއި، ހާބަރުތައް ގާއިމްކުރުމާއި، ޑޯނިއަރ އޮތުމުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ސެޕްޓެމްބަރު 2023 | ހުކުރު 06:48
ފަށާއިރު ޕްރޮގްރާމްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ

ތޫނު ހަތިޔާރު ބޭނުންކޮށްގެން ކުށްކުރާ ގުރޫޕުތަކުން 2014 ވަނަ އަހަރު 267 އަދި މިއަހަރުގެ މިހާތަނަށް 151 މާރާމާރީ ހިންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މިނިސްޓަރު އިމްރާން ވިދާޅުވީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ކުށްކުރާ ގުރޫޕުތަކުން ހިންގާފައިވާ މާރާމާރީގެ ބޮޑެތި ހާދިސާތަކަށް ބަލާއިރު، 2014 ގައި 267 ހާދިސާ، 2018 ގައި 249، 2019 ގައި 115، އަދި 2023 ގައި 151 މާރާމާރީ ހިންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން 2014 ވަނަ އަހަރު ތޫނު ހަތިޔާރު ބޭނުންކޮށްގެން 246 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، 2023 ވަނަ އަހަރު ރިޕޯޓު ކުރެވިފައިވަނީ 14 މައްސަލައެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މިބަދަލު ގެނައީ ފުލުހުންނާއި ސިފައިން ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

ގޭންގް ގުރޫޕުގެ އެތެރޭގައި ޖެހޭ މައްސަލަތަކާއި ގުޅިގެން ވެސް ޚާއްސަ އޮޕަރޭޝަންތައް ހިންގާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ ކުދިންތަކެއް ފުރާނައަށް ގެއްލުންވާ ހިސާބަށް ގޮސްދާނެހެންހީވުމުން ހަަތިޔާރާއެކު ސިފައިން ފުލުހުންނާއެކު މާލޭގެ މަގުމައްޗަށް ނުކުމެ ކޮންޓްރޯލް ކުރި ކަމަށެވެ. އަދި މަސައްކަތް ކުރުމުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަރަށް ގާތުންހުރިހާ ކަމެއް ބެއްލެވިކަން މިނިސްޓަރު އިމްރާން ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ މިސަރުކާރުގައި ކާމިޔާބު ގިނަ އޮޕަރޭޝަންތައް ހިންގިފައިވާ ކަމަށެވެ.

އެގޮތުން މޫސުން ގޯސް ކަނޑުގަދަ ދުވަހެއްގައި ފުލުހުން ފޮނުވައިގެން ހިންގި އޮޕަރޭޝަނެއްގައި ގާތްގަނޑަށް 330 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ގދ.ދިމާލުން ބޭރުން އަތުލައިގަނެފައިވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ މި އޮޕަރޭޝަންއާ ގުޅިގެން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާޑަރުތައް ނިއްވާލާނެ ކަމަށް ޑީލަރުން ބުނެފައިވާ ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ރާޑަރުތައް ބެހެއްޓުމާއި، ހާބަރުތައް ގާއިމްކުރުމާއި، ޑޯނިއަރ އޮތުމުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ މި ބިރުވެރިކަން މިހާރު ވެސް ފެންނަމުންދާ ކަމަށާއި، މިއީ އާދައިގެން ކަންކަން ނޫން ކަމަށެވެ. އެހެންކަމުން އުފެދޭ ހިޔާލު ތަފާތުވުންތަކާއި، ނުވަތަ ތިމާ ހިތްހަމަ ނުޖެހޭ ކުޑަކުޑަ ކަމާއި ގުޅިގެން ގައުމު އެހައި ބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓާނުލުމަށް މިނިސްޓަރު އިމްރާން ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ޖޫން 2017

ތޫނު އެއްޗަކުން ހަމާލާދީ ޒަހަމްވި ޒުވާނާ އަދިވެސް އޭޑީކޭ ހޮސްޕިޓަލްގައި: ޕޮލިސް

26 ޖޫން 2017
ތޫނު އެއްޗަކުން ހަމާލާދީ ޒަހަމްވި ޒުވާނާ އަދިވެސް އޭޑީކޭ ހޮސްޕިޓަލްގައި: ޕޮލިސް
15 މެއި 2017

ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

15 މެއި 2017
ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
07 މެއި 2017

މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފި

07 މެއި 2017
މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފި
03 މެއި 2017

ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

03 މެއި 2017
ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
25 އެޕްރީލު 2017

ރަޝިޔާއިން ތާލިބާނުންނަށް ހަތިޔާރު ފޯރުކޮށްދޭ: އެމެރިކާ

25 އެޕްރީލު 2017
ރަޝިޔާއިން ތާލިބާނުންނަށް ހަތިޔާރު ފޯރުކޮށްދޭ: އެމެރިކާ
19 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ކުރަނީ ބާރުބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ތުޙުމަތު

19 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ކުރަނީ ބާރުބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ތުޙުމަތު
16 އެޕްރީލު 2017

ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން

16 އެޕްރީލު 2017
ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން
28 މާރިޗު 2017

މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި

28 މާރިޗު 2017
މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް