Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާޒިމް އެމްޑީޕީ އަށް

އެމްޑީޕީ އާއި ގުޅެނީ ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވާތީ - އާޒިމް

އެމްޑީޕީ ގޯސްވެގެން އެއްވެސް އިރެއްގައި ނޫޅުއްވާ ކަަމަށާ ގޯސްވީ އެމްޑީޕީގެ ބައެއް ކަންކަން ހިންގަމުން ދިޔަ ގޮތް ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2025 | އާދީއްތަ 06:10
މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމް

މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމް

އެމްޑީޕީ އާއި ގުޅިވަޑައިގަންނަވަން ނިންމެވީ ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވެވަޑައިގަންނަވާތީ ކަމަށް މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އާޒިމް އެމްޑީޕީން ވަކިކޮށްފައި ވަނީ 2023 ވަނަ އަހަރު އެމްޑީޕީގައި އުފެދުނު އެތެރޭގެ ޚިޔާލުތަފާތުވުންތަކަށް ފަހުގައެވެ. އޭނާ އޭގެ ފަހުން ހުންނެވީ ދަ ޑިމޮކްރެޓްސްގައެވެ. އެއީ އެމްޑީޕީއިން ވަކިވި ބޭފުޅުން އެކުގައި އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. ދަ ޑިމޮކްރަޓްސް އިން އިސްތިއުފާ ދެއްވާ އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް އާޒިމް ވަނީ ނިންމަވާފައެވެ.

އަލުން އެމްޑީޕީ އާއި ގުޅިވަޑައިގަންނަވާ ސަބަބާއި މެދު ވާހަކަދައްކަވަމުން، ސިޔާސީ މަސައްކަތް ރަނގަޅަށް ކުރެވޭނީ އެމްޑީޕީގެ ތެރޭގައި ހުރެގެން ކަމަށް ޤަބޫލުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން، ސިޔާސީ ކަންކަމުގައި އުޅުއްވާތާ 16 ވަރަކަށް އަހަރުވީ އިރު ރާއްޖޭގައި އައި ސިޔާސީ ބަދަލުތަކުގެ ތެރޭގައި ވަރަށް ކައިރިން އުޅެވިފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ ކަންކަމުގައި ހޭދަކުރެއްވި މުއްދަތުގައި، ކަމެއް ގޯސްކޮށް ދާ ކޮންމެ ފަހަރަކު އެކަން ހައްލުކުރަން މަސައްކަތްކުރައްވާފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެމްޑީޕީގައި ކުރިން ހުންނެވި އިރު ވެސް މަސައްކަތްކުރައްވާފައިވާނީ އެ މޭރުމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ އެމްޑީޕީ އަކީ އަބަދުވެސް އޭނާ އެތަނެއް ދެކެ ލޯބިވާ ތަނެއްކަމަށާއި އަބަދުވެސް ހުންނަވަން ބޭނުންވީ ވެސް އެ ޕާޓީގައި ކަމަށް ވިދާޅުވެފައެވެ. ކުރިން އެ ޕާޓީން ވަކިވީ ހާލަތު ނިޔާކުރިގޮތުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީއަކީ އެންމެ ބޮޑު އެއް ސިޔާސީ އިންސްޓިޓިއުޝަންކަމަށް ފާހަގަކުރައްވާ އާޒިމް ވަނީ އެމްޑީޕީގެ ސިޔާސީ މަސައްކަތަށް ތައުރީފްކުރައްވާފައެވެ. މި މޭރުމުން ވާހަކަދައްކަވަމުން އާޒިމް ވަނީ އެމްޑީޕީ އަކީ އަބަދުވެސް އެ ޕާޓީން ޤަބޫލުކުރާ ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މަތީގައި އޮންނަ ޕާޓީއެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެމްޑީޕީ ގޯސްވެގެން އެއްވެސް އިރެއްގައި ނޫޅުއްވާ ކަަމަށާ ގޯސްވީ އެމްޑީޕީގެ ބައެއް ކަންކަން ހިންގަމުން ދިޔަ ގޮތް ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އެކަމުގެ މިސާލު އާޒިމް ޖެއްސެވީ ފުޓްބޯޅައިގެ ބައެއް މިސާލުތަކާއި އެކުގައެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އާޒިމް ވިދާޅުވީ އެއް ވެރިކަމެއް ތިން ހަތަރު ދައުރު އޮންނަ ގޮތަށް ކަންކަން ހިނގާ ކަމަށް ވާނަމަ އެއީ ބަދަލުކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ ރައްޔިތުންނަށް ނިކަމެތިވާ ހާލަަތަށް ކަންކަން ހިނގައިދާނެ ކަމެއް ކަމަށް އާޒިމް ވަނީ ސިފަކުރައްވާފައެވެ.

ރާއްޖޭގެ މިހާރުގެ ހާލަތު އޮތީ ވަރަށް ދަށް ހާލަތުގައި ކަމަށް އާޒިމް ވިދާޅުވިއެވެ. މުޅި ރީޖަނަށް ބަލާ އިރު ރާއްޖެއަކީ ޖީޑީޕީގެ ނިސްބަތުން އެންމެ ގިނައިން ބޮލަކަށް ފައިސާ ޖެހޭ ޤައުމުކަމަށް ވުމާއި އެކު ރާއްޖެ އަކީ ހާލުގައި އުޅެން ޖެހޭ ތަނެއްކަަމަށް ޤަބޫލު ނުކުރެވޭ ކަމަށް އާޒިމް ވިދާޅުވިއެވެ. ރާއްޖޭގައި ޓެކްސް ޕޭޔަރުން އަހަރެއްގެ މައްޗަށް 36، 40 މިލިއަން ރުފިޔާ ދައްކަމުންދާ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އިތުރަށް ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ސަރުކާރު ހިންގުމުގެ އިސްރާފު އިންތިހާއަށް މިހާރު އިތުރުވެފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު