Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެސް އޯޕަން ކަޕް

ފައިނަލްގައި އިންޓަ މިއާމީ އަށް ނާކާމިޔާބު

ހިއުސްޓަން ޑައިނަމޯސްއާ ދެކޮޅަށް ކުޅުނު ފައިނަލުން މިއާމީ ބަލިވީ 2-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ސެޕްޓެމްބަރު 2023 | ބުރާސްފަތި 05:09
ހިއުސްޓަން ޑައިނަމޯސް އިން ޔޫއެސް އޯޕަން ކަޕްގެ ތަށި އުފުލާލަނީ

ހިއުސްޓަން ޑައިނަމޯސް އިން ޔޫއެސް އޯޕަން ކަޕްގެ ތަށި އުފުލާލަނީ

ޔޫއެސް އޯޕަން ކަޕްގެ ފައިނަލުން އިންޓަ މިއާމީ ބަލިވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު ހިއުސްޓަން ޑައިނަމޯސްއާ ދެކޮޅަށް ކުޅުނު ފައިނަލުން މިއާމީ ބަލިވީ 2-1 އިންނެވެ. މެޗުގައި އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީގެ އިތުރުން ޑިފެންޑަރު ޖޯޑީ އަލްބާ ކުޅެފައެއް ނުވެ އެވެ. ފައިނަލްގެ ކުރިން ވެސް އަލްބާ އަށް ނުކުޅެވޭނެކަން ވަނީ ޔަގީންވެފަ އެވެ. ނަމަވެސް މެސީ އާމެދު ކޯޗު ޖެރާޑޯ މާޓިނޯ ގޮތް ނިންމީ ފަހު ވަގުތުގަ އެވެ.

މެޗު ފަށައިގެން 24 ވަނަ މިނެޓުގައި ހިއުސްޓަން ޑައިނަމޯސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ގްރިފިން ޑޯސޭ އެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ދެ ވަނަ ލަނޑެއް ޖަހައި، މެޗުގައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ އެމީން ބާސީ އެވެ. މެޗުގައި ލަނޑެއް ޖެހުމަށް މިއާމީން ކުރި މަސައްކަތް ކާމިޔާބުވީ އެންމެ ފަހު ވަގުތު އެވެ. އޭގެ ކުރިން ވެސް އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭކާރުވެފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި މިއާމީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޖޯސެފް މާޓިނޭޒް އެވެ.

ޔޫއެސް އޯޕަން ކަޕް ކާމިޔާބުކޮށް، މި ސީޒަންގައި ދެ ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު މިއާމީ އަށް އޮތެވެ. މީގެ ކުރިން އެ ޓީމުން ވަނީ އެމެރިކާ ލީގްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އެއީ މިއާމީން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
19 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

19 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު