Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އައިއެސްއާ ގުޅުންހުރި 28 ޓެރަރިސްޓުން ހައްޔަރުކޮށްފައި ވާކަމަށް އީރާނުން ބުނެފި

ޓެރަރިސްޓުން ގެންގުޅުނު 30 ބޮން އަތުލުމަށްފަހު ވަނީ ނައްތާލާފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2023 | އާދީއްތަ 16:09
އީރާނުގެ ގައުމީ ދިދަ

އީރާނުގެ ގައުމީ ދިދަ

ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ބޮންތަކެއް ގޮއްވާލުމަށް ރާވަމުން ދިޔަ 28 ޓެރަރިސްޓުން، އީރާނުން އަތުލައިގެންފި ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީއާ ހަވާލާދީ އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން އާދީއްތަ ދުވަހު ބުނީ ތެހެރާނުގައި އެއްފަހަރާ ގޮއްވާލަން އުޅުނު 30 ބޮން ނައްތާލައި، އައިއެސްއާ ގުޅުންހުރި 28 "ޓެރަރިސްޓުން"، އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހިފަހައްޓާފައި ވާކަމަށެވެ.

އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް މީހުންނަކީ އައިއެސްއަށް ނިސްބަތްވާ މީހުން ކަމަށާއި، އެ މީހުންނަކީ ސީރިއާ، އަފްޣާނިސްތާން، ޕާކިސްތާން އަދި އިރާގުގެ ކުރުދިސްތާން ސަރަހައްދުގައި ތިބި (ހަރުކަށި ފިކުރުގެ) ޖަމާއަތްތަކާ ގުޅިފައިވާ މީހުންގެ ތާރީޚެއް އޮތް ބައެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި ހަމަލާތަކަކީ އީރާނުގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ހަނިކޮށް، ހަމަނުޖެހުން ބޮޑު ގައުމެއްގެ ގޮތުގައި ސިފަކޮށް، ބިރުވެރިކަން އުފެއްދުމުގެ މަގްސަދުގައި ދޭން އުޅުނު ހަމަލާތަކެއް ކަމަށާއި، މި ހަމަލާތައް ދޭން ރާވާފައިވަނީ މިދިޔަ އަހަރު ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކަށް އަހަރެއްފުރޭ، އަހަރީ ދުވަހާ ދިމާކޮށް ކަމަށްވާއިރު، އެއީ މަހްސާ އަމީނީގެ މަރާ ގުޅިގެން އުފެދުނު ހަމަލާތަކެއް ކަމަށެވެ.

އީރާނުގެ ކުރުދީ އަންހެނެއް ކަމަށްވާ އުމުރުން 22 އަހަރުގެ އަމީނީ މަރުވެފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު، ތެހެރާނުގައި، ހެދުން އެޅުމުގެ އުސޫލާ ޚިލާފުވިކަމުގެ ތުހުމަތުގައި މޮރަލް ފުލުހުން އޭނާ ހައްޔަރުކުރުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައެވެ. އޭނާ މަރުވުމާ ގުޅިގެން އެތައް މަހެއް ވަންދެން ކުރި މުޒާހަރާތައް އިތުރުވެގެން ދިޔައީ ވެރިކަން ވައްޓާލުމަށް ހިންގުނު އިދިކޮޅު ހަރަކާތެއްގެ ގޮތުގައެވެ.

އައިއެސްއިން ވަނީ 2017 ވަނަ އަހަރު އީރާނުގެ ޕާލަމެންޓާއި އިސްލާމިކް ރިޕަބްލިކްގެ ބާނީ ރޫހުﷲ ޚުމައިނީގެ މަހާނައަށް އަމާޒުކޮށް، ނުރައްކާތެރި ބޮމުގެ ދެ ހަމަލާއެއްވެސް އީރާނަށް ދީފައެވެ.

އޭގެ އިތުރުން އައިއެސް އިން ވަނީ މިދިޔަ އޮކްޓޫބަރު މަހު ހުޅަނގު ދެކުނުގެ ސިޓީއެއް ކަމަށްވާ ޝިރާޒްގައިޝިޔައީންގެ "ހަރަމްފުޅަކަށް" ދިން ހަމަލާގެ ޒިންމާވެސް އުފުލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިންލޭންޑް ހަމަލާ: ދެ މީހަކު މަރުވި އަދި ހަމަލާ ދިން މީހާ ވަނީ ހައްޔަރުކޮށްފައި

ފިންލޭންޑް ހަމަލާ: ދެ މީހަކު މަރުވި އަދި ހަމަލާ ދިން މީހާ ވަނީ ހައްޔަރުކޮށްފައި

19 އޯގަސްޓު 2017
ޓެރަރިސްޓުންނަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް އދ އިން ޤަރާރެއް ފާސްކޮށްފި

ޓެރަރިސްޓުންނަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް އދ އިން ޤަރާރެއް ފާސްކޮށްފި

03 އޯގަސްޓު 2017
ހައްޔަރުކޮށްފައިވާ ވެނެޒުއޭލާގެ އިދިކޮޅު ދެ ލީޑަރުންގެ ރައްކާތެރިކަމަށް ޒިންމާވާން ޖެހޭނީ "ސީދާ ރައީސް ނިކޮލަސް މަޑޫރޯ": ރައީސް ޓްރަމްޕް

ހައްޔަރުކޮށްފައިވާ ވެނެޒުއޭލާގެ އިދިކޮޅު ދެ ލީޑަރުންގެ ރައްކާތެރިކަމަށް ޒިންމާވާން ޖެހޭނީ "ސީދާ ރައީސް ނިކޮލަސް މަޑޫރޯ": ރައީސް ޓްރަމްޕް

02 އޯގަސްޓު 2017
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި

ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި

28 ޖުލައި 2017
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިފި

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިފި

12 ޖުލައި 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު