Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއޭލާ މައްސަލަ

ހައްޔަރުކޮށްފައިވާ ވެނެޒުއޭލާގެ އިދިކޮޅު ދެ ލީޑަރުންގެ ރައްކާތެރިކަމަށް ޒިންމާވާން ޖެހޭނީ "ސީދާ ރައީސް ނިކޮލަސް މަޑޫރޯ": ރައީސް ޓްރަމްޕް

ގާނޫނު ހަދާ މަޖިލީހެއް ވަނީ އަލުން އިންތިހާބުކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 2 އޯގަސްޓު 2017 | ބުދަ 07:08
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

ވެނެޒުއޭލާގެ ސަލާމަތީ ޚިދުމަތްތަކުން ހައްޔަރުކޮށްފައިވާ އިދިކޮޅު ދެ ލީޑަރުންގެ ރައްކާތެރިކަމަށް ޒިންމާވާން ޖެހޭނީ "ސީދާ ރައީސް ނިކޮލަސް މަޑޫރޯ ކަމަށާއި" އެއްވެސް ޝަރުތެއް ނެތި މިހާރުން މިހާރަށް އެފަރާތްތައް ދޫކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލާއްވައިފިއެވެ.

ރައީސް ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހައްޔަރުކޮށްފައިވާ ދެ ލީޑަރުންނަކީ ނުހައްގުން ހައްޔަރުކޮށްފައިވާ ސިޔާސީ ކުށްވެރިން ކަމަށާއި ރައީސް މަޑޫރޯގެ ޚުދުމުހުތާރު ވެރިކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ.

ވެނެޒުއޭލާގެ އިދިކޮޅު ދެ ލީިޑަރުން ކަމަށްވާ ލިއޮޕޮލްޑޯ ލޯޕެޒް އާއި އެންޓޯނިއޯ ލެޑެޒްމާ ވަނީ އަންގާރަ ދުވަހު ގޭބަންދުން އަސްކަރީ ޖަލަކަަށް އަންގާރަ ދުވަހު ބަދަލުކޮށްފައެވެ.

އިދިކޮޅު ދެ ލީޑަރަކު އަސްކަރީ ޖަލަކަށް ހައްޔަރަށް ގެންދެވުނުއިރު އާދީއްތަ ދުވަހު ވެނެޒުއޭލާގައި ވަނީ، ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއްގެ އިންތިޚާބު ބާއްވާފައެވެ. އިންތިޚާބު ބޭއްވި ދުވަހު ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން 10 މީހަކު މަރުވިއެވެ. އިދިކޮޅު ފަރާތްތަކުން ވަނީ އާދީއްތަ ދުވަހު ބޭއްވި އިންތިޚާބު ބޯއިކޮޓްކޮށްފައެވެ. ބައިނަލްއަގްވާމީ ދުނިޔެ އާއި ވެނެޒުއޭލާގެ އިދކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް މަޑޫރޯ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ބާރުތައް މުށުތެރެއަށް ލެއްވުމަށް ކަމަށެވެ.

އާދީއްތަ ދުވަހު ނެގި ވޯޓާއި ގުޅިގެން އެމެރިކާއިން، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި ދެކޮޅަށް ހޯމަ ދުވަހު ވަނީ މާލީގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ. އަލަށް އެޅި ފިޔަވަޅުތަކުގެ ދަށުން، އެމެރިކާގެ ބާރު ހިނގާ ހުރިހާތަނެއްގައި ހުރި ރައީސް މަޑޫރޯގެ އެސެޓުތައް ފްރީޒްކޮށް، އެމަނިކުފާނާއި އެކު ވިޔަފާރިކުރުން އެމެރިކާގެ ރައްޔިތުންނަށް ވަނީ މަނާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޒާހަރާގައި މަރުވި ކިޔަވާ ކުއްޖާ މަރާލީ ސިފައިން: ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރު

މުޒާހަރާގައި މަރުވި ކިޔަވާ ކުއްޖާ މަރާލީ ސިފައިން: ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރު

25 މެއި 2017
ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

19 މެއި 2017
އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

13 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

03 މެއި 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު