Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލޫލާގެ ކޮރަޕްޝަން

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިފި

އެ މަނިކުފާނު ވިދާޅުވެފައިވަނީ ޝަރީއަތުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 12 ޖުލައި 2017 | ބުދަ 17:33
ބްރެޒިލްގެ ކުރީގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާ

ބްރެޒިލްގެ ކުރީގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާ

ބްރެޒިލްގެ ކުރީގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ނުވަ އަހަރާ ބައިގެ މުއްދަތަށް ޖަލަށްލާން ނިންމާފައިވާކަމަށް ކޯޓުގެ ލިޔުންތަކުން ދައްކައިފިއެވެ.

އެނގިފައިވާ ގޮތުގައި އިސްތިއުނާފް ކުރުމުގެ ހައްގާއެކު އެމަނިކުފާނު ހުންނަވާނީ މިނިވަންކޮށެވެ.

ދައުލަތުގެ ތެޔޮ ކުންފުނި ޕެޓްރޮބްރާސް ޚިޔާނާތާ ގުޅުންހުރި ގޮތަކަށް އެ މަނިކުފާނަށް ފްލެޓެއް ލިބިވަޑައިގެންފައިވާކަމަށް ބުނާ ވާހަކަ ލޫލާ ދޮގުކުރައްވައެވެ.

އެ މަނިކުފާނު ވިދާޅުވެފައިވަނީ އެ ޝަރީއަތަކީ ސިޔާސީ ކުލަ ޖެހިފައިވާ ޝަރީއަތެއްކަމަށާއި އެއްވެސް ކަމެއް ގޯހުން ކުރައްވާފައި ނުވާނެކަމަށެވެ.

ލޫލާގެ މައްޗަށް ކުރެވުނު ދައުވަތަކުގެ ތެރެއިން ފުރަތަމަ ފަސް ދައުވާއަކީ އެ ގައުމުގެ ސިޔާސީ އެތައް ލީޑަރުންނެއްގެ މައްޗަށް އެ މައްސަލައެއްގައި ތުހުމަތު ކުރެވުނު، ދައުލަތުގެ ތެޔޮ ކުންފުނި ޕެޓްރޮބްރާސްގެ ކޮރަޕްޝަނުގެ މައްސަލައެވެ.

ކުރީގެ ރައީސްގެ މައްޗަށް ތުހުމަތު ކުރެވުނީ ކޮންސްޓްރަކްޝަން ފާމެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ބީޗްފްރޮންޓް އެޕާޓްމަންޓެއްނެގުމެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ލޫލާ ވިދާޅުވެއެވެ.

ބްރެޒިލްގައި 2003ން 2010 އަށް ލޫލާ ވެރިކަން ކުރައްވާފައިވާއިރު އޭނާ ފާހަގަ ކުރެވިފައިވަނީ ވެރިކަމުގެ ދުވަސްވަރު މަގުބޫލު ބޭފުޅެއްގެ ގޮތުގައެވެ.

ދަގަނޑުގެ މަސައްކަތުގައި އުޅުއްވުމަށްފަހު ޔޫނިއަން ލީޑަރަކަށް ވެވަޑައިގެން އޭގެ ފަހުން ވެރިކަމަށް ވަޑައިގެންފައިވާއިރު އެ މަނިކުފާނު ފާހަގަ ކުރެވިގެން ގޮސްފައިވަނީ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ވާތުފިޔައިގެ ލީޑަރެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ލީޑަރުގެ ގޮތުގައެވެ.

ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ކުރިމަތި ނުލެއްވޭތީ ލޫލާގެ ދެވަނަ ދައުރަށްފަހު ކުރިމަތިލެއްވީ އަރިސް ބޭފުޅެއްކަމަށްވާ ދިލްމާ ރުސެފްއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު