Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުުތުރު ކޮރެއާ މައްސަލަ

އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވަނީ މިފަހުން ހީނަރު ނުވާހާ މިންވަރަށް ހީނަރުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 މެއި 2017 | ހޮނިހިރު 10:31
އުތުރު ކޮރެއާ އިން ދަނީ އެގައުމުގެ އަސްކަރީ ބާރު ދައްކާލުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުން

އުތުރު ކޮރެއާ އިން ދަނީ އެގައުމުގެ އަސްކަރީ ބާރު ދައްކާލުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުން

އުތުުރު ކޮރެއާގައި ހައްޔަރުކޮށްފައިވާ އެމެރިކާގެ ރައްޔިތުންނަށް، އުތުރު ކޮރެއާ އިން ބިރު ދައްކަމުންދާ ކަމަށް އެމެރިކާ އިން ބުނެފިއެވެ.

އެމެރިކާ ގެ ފޮކްސް ނިއުސް އިން ބުނީ އުތުރު ކޮރެއާ އިން އެމެރިކާގެ ރައްޔިތުންނަށް ބިރު ދައްކަމުން ދަނީ، އެގައުމުން އެމެރިކާގެ ރައްޔިތުންނަށް "ރަހްމަތެއް ނެތި އަދަބު ދިނުން" ހައްގު ކަމަށް ބުނެކަމަށެވެ.

އުތުރު ކޮރެއާ އިން ހައްޔަރުކޮށްފައިވާ ކޮރެއާ- އެމެރިކާ ރައްޔިތެއް ކަމަށްވާ ކިމް ހަކް ސޯންގް ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޕިޔޮންޔަންގް ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި ކިޔަވައި ދިން ހަކް ސޯންގް ހައްޔަރުކޮށްފައި ވަނީ އުތުރު ކޮރެއާގެ ދައުލަތާ މެދު ރުޅިވެރިކަމުގެ އަމަލުތައް ހިންގުމުގެ ތުހުމަތުގައެވެ. އިތުރަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އޮޓޯ ވާމްބިއާ ނަމަކަށް ކިޔާ ކޮލެޖު ދަރިވަރަކާއި، ކޮރެއަން-އެމެރިކަން ޕްރޮފިސަރެއް ކަމަށްވާ ޓޯނީ ކިމް އާއި، ވިޔަފާރިވެރިއެއް ކަމަށްވާ ކިމް ޑޮންގް ޗުލްއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭ އާއި ހަވާލާދީ ފޮކްސް ނިއުސް އިން ބުނީ އުތުުރު ކޮރެއާގެ ހައްޔަރުގައި ތިބި، އެންމެ ފަހުން ހައްަޔަރު ކުރެވުނު މިހުން ހައްޔަރު ކުރެވުނު ސީދާ ސަބަބު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލެއް ފޮކްސް ނިއުސްއަށް ވިދާޅުވީ އެމެރިކާ ރައްޔިތުން އުތުރު ކޮރެއާ އަށް ދިއުމާ ދޭތެރޭ ސަމާލުވާން ޖެހޭ ކަމަށެވެ.

ދެކޮރެއާ މައްސަލާގައި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ދެކޮރެއާ ސަރަހައްދު ހަލަބޮލިވެފައި ވާއިރު، އުތުރު ކޮރެއާ އިން ހަވަނަ ނިއުކްލިއާ ޓެސްޓެއް ކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ. އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން ވެގެން އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަވަހާރަކޮށްލަން އުޅޭ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން ދާދި ފަހުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު