Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލީބިޔާ

ފަރުދެއްގެ ސައި ކަޑަ: ބައިބައިވެފައި އޮތް ގައުމެއް އެއްބައިވަންތަ ކުރުމުގެ ކިއްލާ

24 ސެޕްޓެމްބަރު 2023 | އާދީއްތަ 12:55

ވިޔަފާރިއެއް ކުރުމުގެ މަގުސަދުގައެއް ނޫން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 24 ސެޕްޓެމްބަރު 2023 | އާދީއްތަ 12:55
ލީބިޔާ

ލީބިޔާ

ގައުމެއްގެ ގޮތުގައި އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު އޮންނަ އަޚުވަންތަކަމުގެ ގުޅުމަކީ ހީކުރާވަރަށް ވުރެ މާ ބާރުގަދަ ގުޅުމެކެވެ. ތަރައްގީއާއި ތަހުޒީބާއި ތަނަވަސްކަން އޭގެ ބޮންތީގައި ނެތެއް ކަމަކު، ގައުމިއްޔަތުގެ ތެރެއިން އުފެދިގެން އަޚުވަންތަކަމުގެ ރީތި މިސާލުތައް މި ދުވަސްވަރު އެންމެ އާންމުކޮށް ފެންނަމުންދާ އެއް ގައުމަކީ ލީބިޔާއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ތޫފާނީ ގަދަ ވިއްސާރައިގެ ކޮޅިގަނޑުގައި ޑޭމްތަކެއް ފަޅަފަޅައިގެން ގޮސް، ދާރުނާ ސިޓީގެ ބޮޑުބައެއް ދޮވެލި ހިތްދަތި ކާރިސާގެ ތެރެއިން، އަޚުވަންތަ ލޯބީގެ އެތައް މިސާލެއް ދަނީ ފެންނަމުންނެވެ. އުފަލާއި، އަރާމާއި، ލައްޒަތުގެ ފޮނި މީރުކަން ދެކެމުންދާ އެތައް ބަޔަކަށް މިސާލު ދައްކައިދެމުންނެވެ.

އަވާދު އަބްދުﷲއަކީ މި ދެންނެވި ފަދަ ބަތަލެކެވެ. ދާރުނާގައި އޭނާ ދިރިއުޅެމުންދާ ގޭގެ ދޮރުމަތީގައި އަވާދު ހުޅުވީ ވަގުތީ ސައި ކަޑައެކެވެ. ފަހަރެއްގައިވެސް މި ވަގުތުގެ ނާޖާއިޒު މަންފާއެއް ހޯދައި، ވިޔަފާރިއެއް ކުރުމުގެ މަގުސަދުގައެއް ނޫނެވެ. ނަމަވެސް، ހާލުގައި ޖެހިފައިވާ އެތައް ބަޔަކާއެކުގައި އޭނާވެސް ހުރިކަން ސާބިތުކޮށްދިނުމުގެ ގޮތުންނެވެ. އަވާދުގެ ސައި ކަޑައިން ބޯލާ ސައިފޮދަކަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހެއެވެ.

ހާލުގައި ޖެހިފައި އޮތް ދާރުނާއަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ޒިޔާރަތްކުރާ ދަރުމަވެރިންނަށް ސައި ދިނުމުގައި އަވާދު އަވަދިނެތި އުޅެނީ އަޚުވަންތަ ލޯބީގެ ބާރުގައެވެ. މުޅި ދުވަސް އޭނާ ހޭދަކުރަނީ އެ ގޮތުގައެވެ.

ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ލީބިޔާގައި ކުރިއަށް ގެންދިޔަ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ވެސް އަވާދު ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. އެ މަސައްކަތުގައި އުޅުމަށްފަހު ސައި ކަޑައެއް ހުޅުވުމުގެ ޚިޔާލު އައީ، ސުންނާފަތިވެފައި އޮތް އޭނާގެ ސިޓީގައި ކެފޭއެއް ހުޅުވައިގެން ޚިދުމަތް ދެވޭނެފަދަ ހާލެއްގައި ތިބި ބަޔަކު ނެތްކަން ފަހުމުވީ ހިސާބުންނެވެ.

ސައި ކަޑައަށް އަންނަ މީހުންގެ ވާހަކަތަކުންވެސް، އެއީ މިއަދު ދާރުނާއަށް ކިހާ މުހިންމު ތަނެއްކަން އަންގައިދެއެވެ.

މި ފަހުގެ ތާރީޚުގައި ލީބިޔާ ދުށް އެންމެ ގެއްލުންދެނިވި ކާރިސާގައި މަރުވި މީހުންގެ ކަށަވަރު އަދަދުތަކެއް އަދިވެސް ނޭނގެއެވެ. އެތައް ބަޔަކަށް ވީ ގޮތެއްވެސް އަދި ނޭނގެއެވެ. ކަނޑުންވެސް އެތައް ބައެއްގެ ހަށިގަނޑުތައް ވަނީ ނަގާފައެވެ. ދާރުނާއިން އެކަނިވެސް 11000ށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައި ވާކަމަށް ޚަބަރު ލިބެއެވެ. ބައެއް އާއިލާތަކުގެ ހުރިހާ މެންބަރުން މި ދުނިޔެއާ ވަކިވެ ގޮސްފައި ވާކަމަށްވެސް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ރޯލު ކުޅޭނީ ޝްރައްދާ

29 އެޕްރީލު 2017
ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ރޯލު ކުޅޭނީ ޝްރައްދާ
20 އެޕްރީލު 2017

ވިހާފައި މަރާލަން ވަޅުލާފައި އޮތް ކުއްޖަކު 3 ދުވަސް ފަހުން ދިރި އޮއްވާ ކޮނެގެން ނަގައިފި

20 އެޕްރީލު 2017
ވިހާފައި މަރާލަން ވަޅުލާފައި އޮތް ކުއްޖަކު 3 ދުވަސް ފަހުން ދިރި އޮއްވާ ކޮނެގެން ނަގައިފި
17 އެޕްރީލު 2017

ސުއިސައިޑް ސްކޮޑް ގެ ތަރި ކާރާގެ ބޯ ބާލައިފި

17 އެޕްރީލު 2017
ސުއިސައިޑް ސްކޮޑް ގެ ތަރި ކާރާގެ ބޯ ބާލައިފި
07 އެޕްރީލު 2017

އަނެއްކާވެސް ދުނިޔެއާއި އެއްވައްތަރުގެ ޕްލެނެޓެއް ސައިންސް ވެރިން ހޯދައިފި

07 އެޕްރީލު 2017
އަނެއްކާވެސް ދުނިޔެއާއި އެއްވައްތަރުގެ ޕްލެނެޓެއް ސައިންސް ވެރިން ހޯދައިފި
13 މާރިޗު 2017

ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

13 މާރިޗު 2017
ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ
08 މާރިޗު 2017

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
24 ފެބުރުއަރީ 2017

"ތައިމުރު" ގެ ނަން ބަދަލުކުރަން އުޅުނިން: ސައިފް

24 ފެބުރުއަރީ 2017
"ތައިމުރު" ގެ ނަން ބަދަލުކުރަން އުޅުނިން: ސައިފް
20 ފެބުރުއަރީ 2017

ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!

20 ފެބުރުއަރީ 2017
ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް