Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުލީބިޔާގައި ފެންބޮޑުވި ކާރިޘާ

ފެންބޮޑުވި ކާރިޘާގައި މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުނު ދާރުނާގެ ރަށްވެހިން އާ ޙަޔާތެއްގެ އުންމީދުގައި...

4 އޮކްޓޯބަރު 2023 | ބުދަ 16:55

އަހަރަމެން ނިންމީ ތަންތަން ސާފުކޮށް، އާ ޙަޔާތެއް ފެށޭތޯ މަސައްކަތް ކުރަން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 4 އޮކްޓޯބަރު 2023 | ބުދަ 16:55
ދާރުނާގެ ރަށްވެހިން އާ ޙަޔާތެއްގެ އުންމީދުގައި

ދާރުނާގެ ރަށްވެހިން އާ ޙަޔާތެއްގެ އުންމީދުގައި

ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން މާ ގިނައިން ފެންނަމުން ނުދިޔަ ކަމުގައި ވީ ނަމަވެސް، ލީބިޔާގެ ދާރުނާގައި ހިނގާ ދިޔަ ފެންބޮޑުވުމުގެ ކާރިޘާއަށް ފަހު އެ ސަރަޙައްދުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް އަދިވެސް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް ހިތްވަރު ހުރި މީހަކު ވިއްޔާ ދަނީ، އާ ޙަޔާތެއްގެ އުންމީދުގައި ގެތަކާއި ފިހާރަތައް ސާފުކޮށް، ދިރިއުޅުމުގެ ކަންކަން އަލުން ފަށައިގަތުމަށް ގަދަ އަޅާ، މަސައްކަތް ކުރަމުންނެވެ. އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިދިޔަ ފެންބޮޑުވުމުގެ ކާރިޘާގައި، ބައެއް އަވަށްތައް ވަނީ މުޅިންހެން ދޮވެލާފައޭވެސް ދެންނެވި ދާނެއެވެ.

ކޮންމެ ދިމާއަކުންވެސް ފެނިގެން ދަނީ ހިތްވަރާއި ސާބިތު ކަމެވެ. ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރަމުން ދިޔަ މީހެއްގެ ފިހާރައަށް ދިޔަ މީހަކަށް އޭނާ މަރުހަބާ ކިއެވެ. ގައިގާ ބައްދާލުމަށް ފަހު، ކޮންމެވެސް އެއްޗެއް ކިޔައި ތުންތަޅުވަމުން ނުކުމެގެން ދިޔައެވެ. އޭނާ ކިޔަމުން ދިޔައީ، ﷲ އަށް ޙަމްދު ހުއްޓެވެ. އަހަރެން ދިރި އެބަ ހުރީމެވެ. މިހެންނެވެ.

އޭނާގެ ބޭބެ، ޢުމުރުން 49 އަހަރުގެ މުޙައްމަދު އަލް-ޣައިލް ވަނީ، އެ ސަރަޙައްދުގެ ރަށްވެހިން އުފުލަމުން ދާ ވޭނާއި ތަޙައްމަލު ކުރަމުން ދާ ހިތާމައިގެ ވާހަކަތައް ހިއްސާ ކޮށްފައެވެ.

ދިރިއުޅުމުގެ އެއްވެސް ނިޝާނެއް ނެތޭ ބުންޏަސް ހެޔޮ ވާ ފަދަ ފަޅުކަމެއް ވެރިވެފައި އޮތް އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއް މީހުންނަކީ ވަރަށް ރަނގަޅު ބައެއް ކަން ޣައިލް ފާހަގަ ކުރިއެވެ.

9 ދަރިންގެ ބައްޕަ، ޢުމުރުން 50 އަހަރުގެ ޚާލިދު އަލް ފިރުދައުސް އަވަދި ނެތި އުޅެމުން ދިޔައީ އެމީހުން ދިރިއުޅެމުން ދިޔަ ގެ ސާފު ކުރުމުގެ މަސައްކަތުގައެވެ. ފެންގަނޑު ބޮޑުވެގެން ދިއުމުގެ ތެރޭގައި އެތަނަށް ޖަމާވެފައި އޮތް އެކި ކަހަލަ ކުނިބުނިތައް ނަގާ، ސާފު ކުރުމުގެ މަސައްކަތުގައި ފިރުދައުސްގެ ބައެއް ދަރިންވެސް ދިޔައީ އަތްގާތް ކޮށްދެމުންނެވެ.

ތޫފާނީ ގަދަ ވިއްސާރާގައި ދާރުނާގެ ޑޭމްތަކެއް ފަޅަފަޅައިގެން ގޮސް، ރަށުތެރެއަށް ފެންގަނޑު ދެމިގެން ދިޔަ ހިތްދަތި ކާރިޘާގައި މަރުވި މީހުންގެ ކަށަވަރު ޢަދަދުތައް އުޅެނީ 11000 އަށް ވުރެ މަތީގައެވެ. މަރުވި މީހުންގެ ޢަދަދު 20000 އަށް އެރުން އެކަށީގެން ވާ ކަމުގެ ޚަބަރުތަކެއްވެސް ވަނީ ފެތުރިފައެވެ. ފެންބޮޑުވުމުގެ ކާރިޘާގެ ތެރޭގައި ބޮޑެތި ޢިމާރާތްތައް ހުރި ގޮތަށް ކަނޑަށް ދަމައިގެންފައި ވާ އިރު، އެތައް ހާސް ބަޔަކު އަދިވެސް ވަނީ ވީ ނުވީއެއް ނޭނގި ގެއްލިފައެވެ.

ދުނިޔެލީބިޔާގައި ފެންބޮޑުވުންދުނިޔެ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
22 ޖޫން 2024

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
19 މެއި 2024

އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟

19 މެއި 2024
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
18 މެއި 2024

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟

18 މެއި 2024
އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟
16 މެއި 2024

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

16 މެއި 2024
ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
16 މެއި 2024

މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ

16 މެއި 2024
މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ
11 މެއި 2024

އިޒްރޭލް ސިފައިންނަށް ހަމާސް ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވެ ރަފާ ސިޓީގައި ހަނގުރާމަ ހޫނުވަނީ

11 މެއި 2024
އިޒްރޭލް ސިފައިންނަށް ހަމާސް ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވެ ރަފާ ސިޓީގައި ހަނގުރާމަ ހޫނުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް