Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުލީބިޔާގެ ފެން ބޮޑުވުމުގެ ކާރިސާ

"އަހަރެން މިހާރު މުޅިން އެކަނިވެއްޖެ… މީ އެންމެ ފަހު ވަގުތުކޮޅު"

މަންޒަރު ސިފަވާގޮތަށް ދަންނަވާނަމަ، ޗަކަ ކިސަޑު ބޯވެ، މުށިކުލައިގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 ސެޕްޓެމްބަރު 2023 | ބުދަ 11:07
ލީބިޔާގެ ދައުލަތުގެ މީޑިޔާއިން ހާމަކޮށްފައިވާގޮތުގައި ދާރުނާ ސިޓީގެ 891 އިމާރާތެއް ވަނީ ސުންނާފަތިވެފައި

ލީބިޔާގެ ދައުލަތުގެ މީޑިޔާއިން ހާމަކޮށްފައިވާގޮތުގައި ދާރުނާ ސިޓީގެ 891 އިމާރާތެއް ވަނީ ސުންނާފަތިވެފައި

ކިސަޑު ބޯވެ، ހަލާކުވެ، ސުންނާފަތިވެފައި އޮތް ގޭތެރޭގައި އިށީނދެލައިގެން އެ އިނީ އުމުރުން 69 އަހަރުގެ ހަސަން ކައްސާރެވެ. ހިފެހެއްޓުމެއް ނެތި، އޭނާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ގައިބާރު ދެރަވެ، މުސްކުޅިވީ ދުވަހު އޭނާ މިއަދު މުޅިން އެކަނިވެއްޖެއެވެ. މީގެ ހަފުތާއެއް ކުރިން ލީބިޔާއަށް ކުރިމަތިވި ތޫފާނީ ގަދަ ވިއްސާރާގައި ހިނގި ފެންބޮޑުވުމުގެ ހިތްދަތި ކާރިސާގައި، ހަސަންގެ 4 ދަރިން މި ދުނިޔެއާ ވަކިވެހިނގައްޖެއެވެ.

ރުއިމުގެ ތެރެއިންވެސް ހަސަން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ދަރިންގެ ވާހަކަތައް ހިއްސާކުރެވޭތޯއެވެ. އޭނާގެ ދަރިންކޮޅު މި ދުނިޔެއާ ވަދާއުގެ ސަލާމްކުރި ހަނދާން ކިޔައިދެވޭތޯ ބަލަމުން ދިޔައެވެ. އެ ވާހަކަތަކުގެ ތެރޭގައި ޙަސަންގެ ދުލުން، އެއް ޖުމުލައެއް ތަކުރާރުވަމުން ދިޔައެވެ. "އަހަރެން މިހާރު މުޅިން އެކަނިވެއްޖެ" އޭ ދޭތެރެ ދޭތެރެއިން ބުނެލައެވެ.

ފެންބޮޑުވުމުގެ ކާރިސާގައި ހަސަންގެ ފުރާނަ ސަލާމަތްވީ، ގަދަ ވިއްސާރައިގެ ތޫފާން ކުރިމަތިވިއިރު އޭނާ ރަށުގައި ނެތުމުގެ ސަބަބުންނެވެ. އޭރު އޭނާ ހުރީ ބޭސްފަރުވާގެ ދަތުރެއްގައި މިސްރުގައެވެ.

ދާރުނާއަށް އެނބުރި އައީ އޭނާގެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާކަމަށް ބުނެ، ލިބުނު ފޯނު ކޯލަކާ ގުޅިގެންނެވެ. ހަސަންގެ 2 ފިރިހެން ދަރިންނާއި 2 އަންހެން ދަރިންގެ އިތުރުން، އޭނާއަށް ކާފަކިޔާ އަންހެން ދަރިފުޅުވެސް މި ދުނިޔެއާއި ވަކިވެއްޖެކަން އޭނާއަށް އެނގުނީ އެނބުރި ރަށަށް އައި ފަހުންނެވެ.

ކުރިއަށް އޮތް އޮކްޓޯބަރު މަހަކީ ހަސަންގެ އަންހެން ދަރިންގެ ކައިވެނި ކުރަން ހަމަޖައްސާފައި އޮތް މަހެވެ. ނަމަވެސް، އޭނާއަށް އެނބުރި ގެއަށް އާދެވުމުގެ ކުރިން، އެ ދަރިންގެ ކަށުކަމާކެމީގެ ކަންކަންކޮށް، ވަޅުލައިވެސް ނިންމައިފިއެވެ.

ގާތްގަނޑަކަށް 120000އްހާ މީހުންގެ އާބާދީއެއް އޮތް ދާރުނާ މިހާރު އޮތީ މުޅިންހެން ދޮވެލާފައެވެ. މަންޒަރު ސިފަވާ ގޮތަށް ދަންނަވާނަމަ، ޗަކަ ކިސަޑު ބޯވެ، މުށި ކުލައިގައެވެ. އާންމުކޮށް ހިކި ދިޔަވަރެއްގައި ހިކިފައި އޮންނަ ސަރަހައްދުގައި ފެންބޮޑުވެގެން ދިޔައީ، ތޫފާނީ ގަދަވިއްސާރައިގެ ތެރޭގައި 2 ޑޭމެއް ފަޅައިގެންގޮސް، ރަށުތެރެއަށް ފެންގަނޑު އަރައިގެން އައި ހިސާބުންނެވެ.

ލީބިޔާގެ ދައުލަތުގެ މީޑިޔާއިން ހާމަކޮށްފައިވާގޮތުގައި ދާރުނާ ސިޓީގެ 891 އިމާރާތެއް ވަނީ ސުންނާފަތިވެފައެވެ. ސިޓީގެ މޭޔަރު ވިދާޅުވިގޮތުގައި، ފެންބޮޑުވުމުގެ ކާރިސާގައި އެ ސިޓީން 20000އެއްހާ މީހުންގެ ފުރާނަ ގެއްލިފައި ވުން އެކަށީގެންވެއެވެ.

ލީބިޔާގައި ފެންބޮޑުވުންދުނިޔެ

އިތުރަށް ކިޔާލަން

07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
22 ޖޫން 2024

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
19 މެއި 2024

އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟

19 މެއި 2024
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
18 މެއި 2024

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟

18 މެއި 2024
އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟
16 މެއި 2024

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

16 މެއި 2024
ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
16 މެއި 2024

މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ

16 މެއި 2024
މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ
11 މެއި 2024

އިޒްރޭލް ސިފައިންނަށް ހަމާސް ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވެ ރަފާ ސިޓީގައި ހަނގުރާމަ ހޫނުވަނީ

11 މެއި 2024
އިޒްރޭލް ސިފައިންނަށް ހަމާސް ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވެ ރަފާ ސިޓީގައި ހަނގުރާމަ ހޫނުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު