Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޯގަންނު ގަބުރުސްތާނަށް ގެއްލުންދިނުން

ކޯގަންނު ގަބުރުސްތާނަށް ގެއްލުންދިން މައްސަލަ: ޒިންމާވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ

މި މައްސަލަ ބަލައިދިނުމަށް އެދި މިހާރު ވާނީ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2023 | އާދީއްތަ 11:40
ކޯގަންނުގެ ބައެއް މަހާނަ ގާތަކަށް ވަނީ ގެއްލުން ދީފައި

ކޯގަންނުގެ ބައެއް މަހާނަ ގާތަކަށް ވަނީ ގެއްލުން ދީފައި

އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުރި ދުވަސްވީ މަހާނަގައުތަކަކަށް ގެއްލުންދީފައިވާ މައްސަލަ ބަލައިދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށާއި، ޒިންމާވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނީ 22 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުރި ދުވަސްވީ މަހާނަގައުތަކަކަށް ގެއްލުންދީފައިވާ މައްސަލަ ސަމާލުކަމާށް އައިސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހު މިކަން އެ މަރުކަޒުގެ ސަމާލުކަމަށް އައުމާއިއެކު އެވަގުތުން ފެށިގެން އައްޑޫ ސިޓީ ކައުންސިލާއި، ފުލުހުންނާއި ގުޅިގެން މިކަން ހިނގާދިޔަ ގޮތާއި އަދި ކޯގަންނު ގަބުރުސްތާނުގެ އާސާރުތަކަށް ގެއްލުން ދިނުމުގައި ޒިންމާވާ ފަރާތްތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ މަރުކަޒުން ބުނެއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު އާ އެއްގޮތަށް މި މައްސަލަ ބަލައިދިނުމަށް އެދި މިހާރު ވާނީ ރަސްމީކޮށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ކަމަށެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި ކަމުގައި ޒިންމާވާ ފަރާތްތަކާއިމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު އާ އެއްގޮތަށް ފިޔަވަޅުއެޅުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ އާސާރީ ސަރަހައްދެއް ކަމުން، މިކަމާއި ގުޅިގެން އެ މަރުކަޒުން ދަނީ ދުނިޔޭގެ ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރާ، ކަމާއިބެހޭ ބައިނަލްއަގުވާމީ އިދާރާތަކަށް މި މައްސަލައާއި ގުޅޭ މައުލޫމާތު އަދާހަމަކޮށްދެމުންނެވެ.

އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނަކީ ދިވެހި ކާބަފައިންގެ މަސައްކަތްތެރިކަން ފެންނަންހުރި، ހިރިގަލުގައި ކަނޑާނަގާފައިވާ، ދިވެހިރާއްޖޭގެ އެހެން އެއްވެސް ރަށަކުން ނުފެންނަ ވަރުގެ ބޮޑެތި މަހާނަގައުތަކެއް ހުރި ގަބުރުސްތާނެކެވެ. މިތަނަކީ އައްޑޫ ސިޓީގެ ތާރީޚާއި ތަރިކަ ފެންނަންހުރި މުހިންމު ސަގާފީ ތަރިކައެކެވެ. މިތަންތަނަކީ އިތުރަށް ދިރާސާ ކުރެއްވިޖެނަމަ، ދިވެހިރާއްޖޭގެ ތާރީޚަށް އަގުހުރި އައު މައުލޫމާތުތަކެއް ލިބިދާނެ ތަނެކެވެ.

އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނަކީ، 2022 ވަނަ އަހަރު ވޯލްޑް މޮނިއުމަންޓް ފަންޑުން އެކުލަވާލި ވޮޗްލިސްޓުގައި ހިމަނާފައިވާ އާސާރީ ސަރަހައްދެކެވެ. ވޯލްޑް މޮނިއުމެންޓް ފަންޑުގެ ވޮޗްލިސްޓަކީ އާސާރީ ސަރަޙައްދުތަކުގެ ސަގާފީ އަގާއި، މޫސުމީ ބަދަލުތަކަށް އެތަން ހުށަހެޅިފައިވާ ނުރައްކާތެރި މިންވަރަށް ބަލައި ކޮންމެ 2 އަހަރަކުން އެކުލަވާލާ 25 އާސާރީ ސަރަޙައްދުގެ ލިސްޓެކެވެ. މީގެ އިތުރުން އެ މަރުކަޒުން ގެންދަނީ އެ ސަރަޙައްދުގައި ހުރި އާސާރީ މިސްކިތެއް ކަމުގައިވާ ފަނޑިޔާރު މިސްކިތް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނު ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް، މިތަނުން ދެމެހެއްޓެނިވި އިޖްތިމާއީ އަދި އިގްތިސާދީ ފައިދާތައް ލިބޭގޮތަށް ތަން ތަރައްގީ ކުރުމުގެ މަސައްކަތްތައްވެސް އެ މަރުކަޒުގެ ފަރާތުން ގެންދަނީ ކުރަމުންނެވެ. އެގޮތުން މި ސަރަހައްދުގެ ކުރިމަތީގައި އޮންނަ ހުސްބިމުގައި ސައިޓް މިއުޒިއަމެއް ތަރައްގީ ކުރުމަށް އެ މަރުކަޒުގެ ފަރާތުން ކޮންސެޕްޓާއި ކުރެހުންތައް މިހާރު ވަނީ ތައްޔާރުކޮށްފައެވެ.

ދިވެހިންގެ ތާރީޚާއި ތަރިކަ އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަމާނާތަކަށް ވާއިރު، އެ އަމާނާތް އަދާކުރުމުގައި ފަރުދީ ފެންވަރުގައްޔާއި، ކަމާއި ގުޅޭ އިދާރާތަކުގެ ފެންވަރުގައި އެ މަރުކަޒަށް އެއްބާރުލުންދީ، ގުޅިގެން މަސައްކަތް ކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވަނީ ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު