Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހަނިއްޔާ ޝަހީދު ކޮށްލުމުން ވެސް ސަރުކާރުން ހަނު

ހަނިއްޔާ ޝަހީދު ކޮށްލުން، ދިވެހި ސަރުކާރު އޮތީ އިޒްރޭލާ އެކުގައި ކަމެއް ފަލަސްތީނާ އެކުގައި ކަމެއް ނޭގުނު!

މިއީ ފަލަސްތީނު ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކޮށްދޭން ސަރުކާރަށް ލިބުނު ފުރުސަތެކެވެ. ޓެރަރިޒަމް އާއި ގައުމުތަކުގެ އިސްތިގްލާލަށް އަރައިގަތުން ކުށްވެރިކުރަން ޖެހޭ ހާދިސާއެކެވެ. މިއީ މިނިވަން ކަމާއެކު ބަސް ބުނާ ގައުމެއްކަން ދައްކާލަން ލިބުނު ފުރުސަތެކެވެ.

ރާއްޖެ އެމްވީ | 31 ޖުލައި 2024 | ބުދަ 19:19
ދުނިޔޭގެ އެތައް މިތަނުން މި ހަމަލާ ކުށްވެރި ކުރަމުން ދިޔަ އިރު ދިވެހި ސަރުކާރުން މިހާތަނަށް ހަމަލާ ކުށްވެރިކޮށް އެއްޗެއް ބުނެފައެއް ނުވޭ

ދުނިޔޭގެ އެތައް މިތަނުން މި ހަމަލާ ކުށްވެރި ކުރަމުން ދިޔަ އިރު ދިވެހި ސަރުކާރުން މިހާތަނަށް ހަމަލާ ކުށްވެރިކޮށް އެއްޗެއް ބުނެފައެއް ނުވޭ

ބުދަ ދުވަހަށް އަލިވިލިގެން އައީ މުޅި ދުނިޔެ ސިއްސައިގެންދާ ފަދަ ބޮޑު ޚަބަރަކާ އެކުގައެވެ.

އެ ޚަބަރަކީ ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް ޔަހޫދީ ދައުލަތުން ހަމަލާދީ ކުށްލި ގޮތަކަށް އަވަހާރަ ކޮށްލި ޚަބަރެވެ.

ހަނިއްޔާ ޝަހީދު ކޮށްލި ޚަބަރާއެކު ދުނިޔޭގެ އެތައް މިތަނުން އިޒްރޭލުގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުން ގެންދިޔައެވެ. އޭގެ ތެރޭގައި މުސްލިމް ގައުމުތަކާއި އެނޫން ގައުމުތައްވެސް ހިމެނޭ ގޮތުގައެވެ. ރަޝިއާ، ޗައިނާ، ތުރުކީ، މެލޭޝިއާ، ގަތަރު ފަދަ ގައުމުތަކުން ގޮސް ރާއްޖެ އާ އަވައްޓެރި ސްރީލަންކާގެ ރައީސްވެސް ވަނީ ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ހަމަލާ ކުށްވެރި ކުރައްވާފައެވެ.

ހަމަލާގެ ހާދިސާ އާ ވަރަށް ގާތުގައި ރާއްޖޭގެ އެންމެ އިސްވެރިންގެ ފެންވަރުގައި ބޭފުޅުން ތިއްބެވި ނަމަވެސް އެބޭފުޅުންނަކަށް އެ މަންޒަރު ފެންނަ ކަމަކަށް ނުވިއެވެ. ހަނިއްޔާ އަވަހާރަ ކޮށްލި ނިރުބަވެރި އަމަލު ކުށްވެރި ކުރި ގައުމުތަކުގެ ލިސްޓަކަށް ރާއްޖެއެއް ނޭރިއެވެ.

އިޒްރޭލުން ހަނިއްޔާ އަވަހާރަކޮށްލަން ހަމަލާ ދިން ދަނޑިވަޅާ ދިމާވީ ރާއްޖޭގެ އިސްވެރިއަކު އީރާނަށް ދަތުރު ނުކުރައްވާތާ އެތައް ދުވަހެއް ފާއިތުވީ ފަހުން ރާއްޖޭގެ މަތީ ފަންތީގެ ވެރިއެއްގެ ހައިސިއްޔަތު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އީރާނަށް ވަޑައިގެން ހުންނަވަނި ކޮށްނެވެ.

2016 ވަނަ އަހަރު އީރާނާ އެކު އޮންނަ ސިޔާސީ ގުޅުން ރާއްޖެއިން ކަނޑާލުމަށް ފަހު، 2023 ވަނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު އަލުން ގުޅުން ގާއިމް ކުރި ފަހުން، ރާއްޖޭގެ ނައިބު ރައީސް އީރާނަށް ވަޑައިގަތީ ހަނިއްޔާ ވެސް ވަޑައިގެންނެވި އީރާނުގެ އައު ރައީސް މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ހީނަރުވެފައިވާ ސިޔާސީ ގުޅުން ނައިބު ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން ބަދަހި ވާނެ ކަމަށް އުއްމީދު ކުރެވިފައި ވިޔަސް، އީރާނުގެ ފަސްގަނޑަށް ބޭރުގެ ގައުމަކުން ހަމަލާ އެއް ދިނުން އެއީ ކުށްވެރި ކުރަން ޖެހޭ ކަމެއް ކަމަކަށް ދިވެހި ސަރުކާރަކަށް ނުފެނުނެވެ. އެއް ގައުމުން އަނެއް ގައުމަށް ކްރޮސްބޯޑަރ ހަމަލާތައް ދިނުމަކީ އަދި ވަކިން ޚާއްސަކޮށް ސިޔާސީ ފަރާތަކަށް ޓާގެޓް ކޮށް މަރުގެ ހަމަލާ ދިނުމަކީ ބައިނަލް އަގްވާމީ ގާނޫނުތަކުން ކަނޑައެޅިގެން މަނާ ކަމެއް ކަމުގައި ވިޔަސް ރާއްޖޭއިން ނިންމީ އިޒްރޭލުގެ ހަމަލާ އަށް އެއްޗެއް ނުބުނެ ހަނު ހުންނާށެވެ.

ކޮންމެއަކަސް ހަނިއްޔާ އަވަހާރަކޮށްލުމުގެ އުފާ އިޒްރޭލުގައި ދަނީ ފާހަގަކުރަމުންނެވެ. މަގުތަކުގައި ހިލޭ ފޮނިކާއެއްޗެހި ޔަހޫދީން ގެންދަނީ ބަހަމުންނެވެ. ހީވަނީ ބޮޑު އީދެއް އައިސްގެން އުޅޭހެންނެވެ. އަނެއްކޮޅުން ފަލަސްތީނުގެ ރައްޔިތުން ދެކޭ ގޮތުގައި ގެއްލިގެން އެ ދިޔައީ އެމީހުންނަށް ޓަކައި އެތައް ގުރުބާނެއްވީ ލީޑަރެކެވެ. ހެޔޮ މިޒާޖެއްގެ އެންމެންނާ ވެސް ގުޅޭ ފަލަސްތީނުގެ އެތައް ބައެއްގެ ލޯބި ހޯދާފައިވާ ހިތްވަރުގަދަ ފަހުލަވާނެކެވެ.

މިއީ ފަލަސްތީނު ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކޮށްދޭން ސަރުކާރަށް ލިބުނު ފުރުސަތެއް ނޫން ބާވައެވެ؟ ޓެރަރިޒަމް އާއި ގައުމުތަކުގެ އިސްތިގްލާލަށް އަރައިގަތުން ކުށްވެރިކުރަން ޖެހޭ ހާދިސާ އެއް ނޫން ބާވައެވެ؟ މިއީ މިނިވަން ކަމާއެކު ބަސް ބުނާ ގައުމެއްކަން ދައްކާލަން ލިބުނު ފުރުސަތެއް ނޫން ބާވައެވެ؟

ސުވާލުތަކުގެ ޖަވާބު ފެންނަން އޮތްލެއް ސާފު ކަމުން ފަލަސްތީނުގެ ދިފާއުގައި އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރުން އަބަދުވެސް ދެމި އޮންނަމޭ މި ބުނާ ބަހުގެ މާނަ އަކީ ވެސް ތާކުންތާކުން ނުޖެހޭ އެއްޗެއް ކަން އެނގިއްޖެއެވެ. އެ ބުނާ މިނިވަންކަމާ އެކު ބަސް ބުނުމުގެ މިނިވަންކަން އޮތް ސަރުކާރެކޭ ބުނެވޭނެ ޖާގަވެސް ނެތިއްޖެއެވެ. މިކަންވެސް މިދިޔައީ އިޒްރޭލް ޕާސްޕޯޓަށް ވީގޮތް ވެގެންނެވެ. ހުސް ވާހަކަ ދައްކާފައި ތާކުން ތާކުން ނުޖެހިއެވެ.

ހަނިއްޔާ އަވަހާރަކޮށްލުމުގެ ހާދިސާ ހިނގުމުން އިންސާފާ ހަމައަށް ލޯބިކުރާ އަދި ފަލަސްތީނު ރައްޔިތުންނާ މެދު ހަމްދަރުދީ އޮންނަ އާންމުންގެ އެތައް ބަޔަކު އިންޓަނެޓްގައި އިޒްރޭލުގެ އެ އަމަލު ކުށްވެރިކޮށް ޝުއޫރު ފާޅު ކުރަމުން ދިޔައިރު ދިވެހި ސަރުކާރަށް ކަމެއް ދުނިޔޭގައި ހިނގައިގެން އުޅޭހެން ހީވެސް ނުވިއެވެ.

މީގެ އަރަތަކީ ފަލަސްތީންގެ ހައްގުގައި އޮތްކަމަށް ބުނެފައި، މިނިވަން އެހެން ގައުމެއްގެ ސިޔާދަތު ފޫ އަޅުވާލުމަށް ފަހު ނިރުބަވެރި ހަމަލާދީ ފަލަސްތީނުގެ އިސް ލީޑަރަކު ޝަހީދު ކޮށްލުން އެއީ ކަމަކަށް ނުވާ ކަމެވެ. ދެން ކަމަކަށް ވާނީ ކޮން ކޮންކަމެއް ބާވައޭ ހިތައް ނާރާ ވަރެއްވެސް ނޫނެވެ.

ގުޅުން އޮންނަ ދޭދޭ ގައުމުތަކުގެ މެދުގައި އާންމުކޮށް ކަން ހިނގާ މޭރުމުން ވިސްނިޔަސް ހަނިއްޔާ އަވަހާރަ ކޮށްލުމުން އެކަން ކުށްވެރި ކުރާނެ ކަން ޑިޕްލޮމެސީގެ ހަމަތަކުން ވިސްނާލިޔަސް ދޭހަވެއެވެ. ހަނިއްޔާ އަކީ ފަލަސްތީނުގެ ބޮޑު ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހި ރާއްޖެއިން ފަލަސްތީނަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަނެއެވެ. ހަނިއްޔާ އަކީ އަސްކަރީ ވެރިއެއް ނޫނެވެ. އަނެއްކޮޅުން އޭނާ އަވަހާރާ ކޮށްލި އިރު އެއީ ގާޒާގެ އެތައް މިލިއަން ފަލަސްތީން ރައްޔިތުންގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ސަރުކާރު ހިންގާ ހަމާސްގެ ސިޔާސީ އެންމެ އިސް ލިޑަރެކެވެ. ފަލަސްތީނުގެ މިނިވަންކަމާއި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދިގު މުއްދަތަކަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ފަލަސްތީނުގެ ރައްޔިތުން ދެކޭ ގޮތުގައި އޭނާ އަކީ ހަމަ އެކަނި ހަމާސް ގެ ލީޑަރެއް ނޫނެވެ. އެއީ ފަލަސްތީނުގެ ވެސް ލީޑަރެކެވެ.

މި ކަމުގައި ހަނުއޮތުމަކީ މާ ސްމާޓް ގޮތެއް ނޫނެވެ. އެއީ ޝައްކެއްވެސް ނެތް ގޮތުގައި ޖަރީމާ ހިންގި އިޒްރޭލަށް ލިބޭނެ ހިތްވަރެކެވެ. އެއީ އަނިޔާ ލިބުނު ފަރާތައް ހަމްދަރްދީ ވުމުގެ ބަދަލުގައި އަނިޔާ ދިން ފަރާތައް ހަމްދަރުދީ ވުމެވެ. ރަތްރޮނގޭ މިނިވަންކަމޭ އިސްތިގްލާލޭ ކިޔަނީއެވެ. ފެންނަ މަންޒަރަކީ އެއްޗެއް ބުނަނަ ޖެހޭ ވަގުތު އެކަން ނުކުރެމުވެ. ފިނޑިވުމެވެ. ސިއްރުން ކޮންވެސް ބައެއްގެ ދަށުވެފައި އޮތުމެވެ. މުސްލިމް ދިވެހި ރައްޔިތެއްގެ ގޮތުން ބުނާން ޖެހެނީ ހަނިއްޔާ ޝަހީދު ކޮށްލި ހާދިސާ ގައި، ދިވެހި ސަރުކާރުން އޮތީ އިޒްރޭލާ އެކުގައި ކަމެއް ފަލަސްތީނާ އެކުގައި ކަމެއް ފާޅުގައި އެނެގެން ނެތް ކަމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

06 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު