Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނިއްޔާ އަވަހާރަކޮށްލުން

ހަނިއްޔާ އަވަހާރަ ކޮށްލަން މާ ކުރިން ގެސްޓްހައުސް ތެރޭގައި ގޮވާތަކެތި ފޮރުވާފައި ހުރި: ނިއުޔޯކްޓައިމްސް

އަދި މި ހަމަލާގެ ފަހަތުގައި ވަނީ އިޒްރޭލް ކަމަށާއި، ބޮން ގޮއްވާލީ ހަނިއްޔާ ކޮޓަރީގައި އުޅުއްވާކަން ޔަގީންވުމުން ކަމަށް ރިޕޯޓް ތަކުން ބުނެއެވެ.

ރާއްޖެ އެމްވީ | 1 އޯގަސްޓު 2024 | ބުރާސްފަތި 16:08
ހަނިއްޔާ އަވަހާރަކޮށްލި އިރު އޭނާ ހުންނެވި އިމާރާތް

ހަނިއްޔާ އަވަހާރަކޮށްލި އިރު އޭނާ ހުންނެވި އިމާރާތް

ހަމާސް ގެ ސިޔާސީ އެންމެ އިސް ލީޑަރ އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލަން އޭނާ ތެހެރާނުގައި ހުންނެވި ގެސްޓް ހައުސްގެ ތެރޭގައި ގޮވާތަކެތި ފޮރުވާފައި ހުރި ކަމަށް ނިއުޔޯކް ޓައިމްސް އިން ބުނެފިއެވެ.

މެދުއިރުމަތީގެ އަދި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބުރާސްފަތި ދުވަހު ނިއުޔޯކް ޓައިމްސްގައި ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ ބުދަ ދުވަހުގެ ހާދިސާ ހިނގުމުގެ ދެ މަސް ދުވަސް ކުރިން އިމާރާތުގެ ތެރެއަށް ބޮމެއް ސްމަގްލް ކޮށްގެން ވައްދާފައިވާ ކަމަށެވެ. އަދި ބޮން ގޮއްވާލީ ހަނިއްޔާ ކޮޓަރީގައި ހުންނެވި ކަން ޔަގީން ވުމުން ރިމޯޓް ކޮށް ކަމަށްވެސް ބުނެފައިވެއެވެ.

ތެހެރާން ގައި ހަނިއްޔާ ހުންނެވި ގެސްޓް ހައުސް އަކީ ތެހެރާންގެ އުތުރު ގައި ނިޝާތު ނަމަކަށް ކިޔާ ކޮމްޕައުންޑެއް ގައި ހުރި ގެސްޓް ހައުސް އެކެވެ. އެތަނަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ހިމާޔަތް ކޮށް ބަލަހައްޓާ އިމާރާތެއް ކަމަށް ވެސް ނިއުޔޯކް ޓައިމްސްގައި ބުނެފައިވެއެވެ.

މީގެ ކުރިންވެސް ތެހެރާން އަށް ހަނިއްޔާ ކުރެއްވި ދަތުރުތަކުގައި އެތައް ފަހަރެއްގެ މަތިން އެ ގެސްޓް ހައުސްގައި އޭނާ ހުންނެވި ކަމަށް މި ރިޕޯޓްގައި ވެއެވެ.

ނިއުޔޯކް ޓައިމްސް އިން ބުނެފައިވަނީ މި ހަމާލާގެ ފަހަތުގައި ވަނީ އިޒްރޭލު ކަމަށާއި، މި ހާދިސާ ހިނގިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އިޒްރޭލުގެ ޖާސޫސީ އޮފިޝަލުން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ކަމާބެހޭ އޮފިޝަލުންނަށް ހާދިސާގެ މައުލޫމާތު ހިއްސާ ކުރި ކަމަށެވެ.

އީރާން އާއި ހަމާސް އިން ވަނީ މިއީ އިޒްރޭލުން ދިން ހަމަލާ އެއް ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އިޒްރޭލުން ހަމަލާ އާ ބެހޭ ގޮތުން ސީދާ ގޮތުން އެއްޗެއް ނުބުނެއެވެ.

ހަނިއްޔާ ހުންނެވި އިމާރަތަކީ އީރާނުގެ އަސްކަރިއްޔާ އިން ބަލަހައްޓާ އިމާރާތަކަށް ވުމުގެ އިތުރުން މި ތަނަކީ ސިއްރު ބައްދަލުވުންތަކާއި، މުހިންމު މެހުމާނުންނަށް މެހުމާންދާރީ ދޭ ތަނަކަށް ވުމާއެކު މި ހާދިސާ އަކީ އީރާނަށް ކުރިމަތިވި ވަރަށް ބޮޑު ފެއިލިއަރ އެއް ކަމަށް އީރާނު އޮފިޝަލުން ބުނެފައިވާ ކަމަށް ވެސް ނިއުޔޯކް ޓައިމްސް ގައި ވެއެވެ.

މި ހާދިސާ އާ ގުޅިގެން އީރާނުގެ ރޫހާނީ ލީޑަރ އަލީ ޚާމަނާއީ ވަނީ ސީދާ ހަމަލާ އިޒްރޭލަށް ދިނުމަށް އީރާނުގެ އަސްކަރިއްޔާ އަށް އަންގަވާފައި ކަމަށް އީރާނުގެ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް ގައި ބުނެފައިވެއެވެ.

އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލީ އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން ރައީސް ކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ތެހެރާން އަށް ވަޑައިގެން ހުންނަވަނިކޮށްނެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ޕެނަމާގެ ކުރީގެ ވެރިޔާ މެނުއެލް ނޮރިއެގާ އަވަހާރަވެއްޖެ

30 މެއި 2017
ޕެނަމާގެ ކުރީގެ ވެރިޔާ މެނުއެލް ނޮރިއެގާ އަވަހާރަވެއްޖެ
18 މެއި 2017

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ
05 މެއި 2017

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު