Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހަނިއްޔާ އަވަހާރަކޮށްލުން

އިޒްރޭލުން ދިން ޙަމަލާ ކުށްވެރިކޮށްލަން ކެރިވަޑައިނުގަތް، މިއީ މިނިވަން ޚާރިޖީ ސިޔާސަތު؟

1 އޯގަސްޓު 2024 | ބުރާސްފަތި 08:48

ފަލަސްތީނު މިނިވަން ކުރުމަށްޓަކައި ހަމާސް އިން އިޒްރޭލާ ކުރަމުން އަންނަ ހަނގުރާމަ ޓެރަރިޒަމާ ގުޅުވައިގެން ނުވާނެކަމަށް ވަރަށް ސާފުކޮށް ރައީސް ވިދާޅުވެފައިވޭ، އެއީ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިންނެވެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 އޯގަސްޓު 2024 | ބުރާސްފަތި 08:48
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައިގައިވެސް ސަރުކާރުން ފަހަތު ފަޔަށް ބުރަވި

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައިގައިވެސް ސަރުކާރުން ފަހަތު ފަޔަށް ބުރަވި

ވެރިކަމުގެ ހުވާ ކުރައްވަން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ޗެނަލް ނިއުސް އޭޝިއާ'އަށް ދެއްވި އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވަނީ ފަލަސްތީނު މިނިވަން ކުރުމަށްޓަކައި ހަމާސް އިން އިޒްރޭލާ ކުރަމުން އަންނަ ހަނގުރާމަ ޓެރަރިޒަމާ ގުޅުވައިގެން ނުވާނެކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފައެވެ.

ފަލަސްތީނު މިނިވަން ކުރުމަށް ޙަމާސް ޖަމާއަތުން ކުރަމުންދާ މަސައްކަތް އެއީ އެއްވެސް ޙާލެއްގައި ޓެރަރިޒަމާ ގުޅުވައިގެންވާނެ ކަމެއް ނޫންކަމަށް އެ ދުވަހު އެ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިއަދު އުފެދޭ ސުވާލަކީ ފަލަސްތީނުގެ ޙައްޤުގައި ވެރިކަމުގެ ފުރަތަމަ ކޮޅުގައި، ކެމްޕޭނުގައި އަދި ވެރިކަމުގެ ހުވާ ކުރެއްވުމުގެ އެއް ދުވަސް ކުރިން އެ ދެއްކެވިހާ ވާހަކަތައް މިއަދު ކޮބައިބާއެވެ. ހުރިހާ ދިމާލަކުންވެސް ފެންނަނީ އެ ދުވަހު ދެއްކެވި ވާހަކަފުޅުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމެވެ.

ހަމާސް ޖަމާއަތުން ކުރާ މަސައްކަތަކީ ޓެރަރިޒަމާ ގުޅުވޭނެ ކަމެއް ނޫންކަމަށް އިންތިޚާބީ ރައީސްކަމުގައި ހުންނަވައި ރައީސް އެ ވަނީ ވިދާޅުވެފައެވެ. އެހެންވިއްޔާ މިއަދު އެ ޖަމާއަތުގެ އެންމެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަ ކޮށްލުމުންވެސް ކުޑަމިނުން އެކަން ކުށްވެރިކޮށްނުލައްވައި ރައީސް ހުންނަވަނީ ކީއްވެބާއެވެ.

ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕު އަވަހާރަ ކޮށްލަން މީހަކު ދިން ހަމަލާއަށް ބަލާއިރު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރައީސް ވަނީ އެ ހަމަލާ ކުށްވެރި ކުރައްވާފައެވެ. އަނިޔާވެރިކަމަށް ޖާގަ ދެވިގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

ނުވިތާކަށް ހަނިއްޔާ އަވަހާރަ ކޮށްލެވުނު ދުވަހު ރައީސް ވަނީ އަވައްޓެރި އިންޑިއާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި ޙާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށްވެސް ތައުޒިޔާ ވިދާޅުވެ ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރަށް ފޮނުއްވެވި މެސެޖުގައި ރައީސް ވަނީ އެ ޚަބަރާއެކު، ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރައްވާފައެވެ. އެއީ ހިތްޕުޅަށްވެސް ގެންނަވަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

އޭރު އެކި ޤައުމުތަކުން ވަނީ ހަނިއްޔާ އަވަހާރަކޮށްލުމަށް ދިން ޙަމަލާ ކުށްވެރި ކުރައްވާފައެވެ. ނަމަވެސް ރާއްޖެއިން ހަމަ ބަހެއްވެސް ބުނެ ނުލައެވެ.

އެހެންކަމުން މިއަދު ގިނަ ބަޔަކު ގެންދަނީ އެކަމަށް ފާޑު ކިޔަމުންނެވެ. ސަރުކާރުން ދައްކާ ވާހަކައާ، އަމަލު ދިމާ ނުވާކަމަށް ބުނަމުންނެވެ. އޭގެ އަނެއް ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ދައްކަނީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލެވެ.

އެކަން ސަރުކާރަށް ކުރަން ނުކެރިގެން މިހާރު އެންމެ ފަހުން ވަނީ މަޖިލީހުގެ ކޮމިޓީއަކަށް އެ ބިލު ފޮނުވާފައެވެ. ކޮމިޓީގައި އެ ބިލު އޮންނަތާ 50ށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ރައީސް ވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރާއްޖެ އޮތީ އަދި އޮންނާނީވެސް ފަލަސްތީނާ އެކުކަމަށް ވިދާޅުވެ، ރައްޔިތުންނަށް މަންޒަރު އޮޅުވާލެއްވެވޭތޯ މަސައްކަތް ކުރައްވާފައެވެ.

އެ ޙަމަލާ ކުށްވެރިކުރި ޤައުމުތަކުގެ ތެރޭގައި މުސްލިމު ނޫން ޤައުމުތައްވެސް ހިމެނެއެވެ. ވީއިރު ރާއްޖެއިން ކުޑަމިނުން އެކަމާ ބަހެއް ނުބުނަނީ ކޮން މަޖުބޫރުކަމެއް އޮވެގެންބާއެވެ.

ވަކިން ޚާއްސަކޮށް މި ސަރުކާރަކީ މިނިވަން، ސިޔާދަތީ ބާރު ލިބިގެންވާ ޚާރިޖީ ސިޔާސަތެއް އޮންނަކަމަށް ދައުވާ ކުރާ ސަރުކާރެކެވެ. ވެރިކަމަށް އައުމަށްވެސް އެންމެ އަޑުހަރުކޮށް ދެއްކި ވާހަކައަކީ އެއީއެވެ. ނަމަވެސް މިއަދު މި ފެންނަނީ ރާއްޖެއިން ކޮންމެވެސް ސަބަބަކާހުރެ، އެ ވިދާޅުވާ ޚާރިޖީ ސިޔާސަތު "ކޮމްޕްރޮމައިޒް" ކުރާ މަންޒަރެވެ. ކޮންމެވެސް ބައެއް ދެކެ ބިރުން އުޅޭ މަންޒަރެވެ. އެހެންވިމާ މިނިވަން، ޚާރިޖީ ސިޔާސަތެއް ނެތެއްނޫންތޯއެވެ؟

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

19 ޖޫން 2017

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
07 އެޕްރީލު 2017

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
16 ޖެނުއަރީ 2017

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!
11 ޖެނުއަރީ 2017

ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!

11 ޖެނުއަރީ 2017
ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް